ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތަކާ ބެހޭގޮތުން ދިވެހި ސަރުކާރުން އިންޑިޔާއަށް ކަނޑައަޅުއްވާފައިވާ ސަފީރާ މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައެވެ. މި މަޝްވަރާތައް ކުރިއަށްގެންގޮސްފައި ވަނީ ދިވެހި ސަރުކާރުން އިންޑިޔާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަލްފާޟިލާ އާއިޝަތު މުހައްމަދު ދީދީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާސިމް އިބްރާހީމްގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.
މި ބައްދަލުވުމުގައި އެކަމަނާ ވަނީ އިންޑިޔާއިން އިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތަކާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
އަދި މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު ޙިއްޞާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އިންޑިޔާގައި ހުންނަވާ ދިވެހި ސަފީރުގެ މަޤާމަށް އަލްފާޟިލާ އައިޝަތު މުހައްމަދު ދީދީ އައްޔަންކުރެއްވުމާއި ގުޅިގެން އެކަމަނާއަށް މަރުޙަބާ ވިދާޅުވެފައެވެ.
ރާއްޖެއާއި އިންޑިޔާއާ ދެމެދުއޮތް ރަހުމަތްތެރި ގުޅުން ކުރިއަށްއޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަން ހަމަކުރެއްވިއެވެ.
އަދިވެސް މަޖްލިހުގެ އިދާރާއަށް ބޭނުންވާ މާލީއެހީއޭ ކިޔައިގެން އިންޑިޔާއަށް ދަރާވިކެންތަ ތިއުޅެނީ؟ ބަލަގަ ރައްޔިތުންނަށް ލުއިގޮތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދެވޭތޯ އިހަށް ބަލާބަލަ...!!!!