ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްއަށް ދެ މެންބަރުން އައްޔަނުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ދެ ބޭފުޅަކު އައްޔަނުކުރައްވައިފިއެވެ.

ވަޒީފާއާއި ބެހޭ ޓްރެއިބިއުނަލްއަށް އައްޔަނުކޮށްފައިވަނީ މއ. އާޕިއާ އަލްއުސްތާޛު މުޙައްމަދު ޒާހިރު އާއި ހ. އެލިއަތުވިލާ މަރްޔަމް ޝަމްޢާ އިބްރާހީމްއެވެ،

މި ދެބޭފުޅުން ވަޒީފާއަށް އައްޔަނުކޮށްފައިވަނީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 89 ވަނަ މާއްދާގެ (ހ) ގެ ދަށުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޢައްޔަނު ކުރެއްވި އަލްއުސްތާޛު މުޙައްމަދު ޒާހިރު އަކީ ޔުނިވަރސިޓީ އޮފް ލަންޑަންއިން "ބެޗްލަރ އޮފް ލޯ" ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މެންބަރުކަމަށް އައްޔަނުކުރެއްވި މަރްޔަމް ޝަމްޢާ އަކީ ވިލާ ކޮލެޖުން "މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން" ހާސިލް ކުރައްވާފައިވާ ކަނބަލެކެވެ.

ޝަމްޢާ ވަނީ 2014 ވަނަ އަހަރުވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަންއަދާކުރައްވާފައެވެ. މީގެ އިތުރުން ޝަމްޢާ ވަނީ މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލސ، ޕެރެޑައިސް ހޮލިޑޭ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ ފަދަ އިދާރާތަކުގައި މަސައްކަތްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާކަދުރު ފާތުމަ

    މެންބަރުކަމަށް ޢައްޔަނު ކުރެއްވި އަލްއުސްތާޛު މުޙައްމަދު ޒާހިރު އަކީ ޔުނިވަރސިޓީ އޮފް ލަންޑަންއިން "ބެޗްލަރ އޮފް ލޯ" ހާސިލް ކުރައްވާފައިވާ ކަނބަލެކެވެ. އޭނަ އެއީ ޝީމޭލް އެއްތަ..