މިނިސްޓަރ އޮފް ޓޫރިޒަމް، އަލީ ވަހީދު، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙުމަދު މަޙުލޫފާ ބައްދަލު ކުރައްވައިފިއެވެ. މި ދެ ވަޒީރުން ބައްދަލު ކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގައި، ޓޫރިޒަމް މިނިސްޓްރީގައެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި ދެ މިނިސްޓަރުން މިއަދު ބައްދަލު ކުރައްވާފައިވަނީ ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމް ކުރއަރުވާ ތަރައްޤީ ކުރުމުގައި، ދެ ވުޒާރާގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ވަރުގަދަކޮށް، ބަދަހި ކުރުމުގެ ގޮތުންނެވެ.

މި ބައްދަލު ކުރެއްވުމުގެ އިތުރު އެހެން ތަފްސީލެއް، ދެ މިނިސްޓްރީ އިންވެސް ދީފައި ނުވެއެވެ.

ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމް ތަރައްޤީ ކުރުމަށް ޓޫރިޒަމް މިނިސްޓްރީ އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މި މަސައްކަތް ކުރުމަށްޓަކައި މިނިސްޓަރު އަލީ ވަހީދުވަނީ ދާދި ފަހުން ރާއްޖެއަށް ފުޓުބޯޅައިގައި ދުނިޔެއަށް މަޝްހޫރު ފަރާތަކާވެސް ބައްދަލު ކުރައްވާފައެވެ.