ރާއްޖޭގެ ސްކޫލުތަކުގެ އަހަރީ ޗުއްޓީ ދުވަސްވަރާ ގުޅިގެން، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުން އުފުލަމުންދާ ޝަކުވާތަކާ ގުޅޭގޮތުން، މިނިސްޓަރ އޮފް ޓޫރިޒަމް، އަލީ ވަހީދު، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު އަލީއާ ބައްދަލު ކުރައްވައިފިއެވެ.
މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ދެ މިނިސްޓަރުންގެ އިތުރުން، މިނިސްޓްރީތަކުގެ އެހެން އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުންވެސް، ޓޫރިޒަމް މިނިސްޓްރީ އިން ވިދާޅުވި ގޮތުގައި، ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދިނުމަށް ބޭނުންކުރާ މަންހަޖު (ސިލަބަސް) ގައި ޓްރެވެލް އެންޑް ޓޫރިޒަމް އިތުރަށް ހިމެނޭނެ ގޮތްތަކާ ބެހޭގޮތުންވެސް ދެ މިނިސްޓަރުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
ސްކޫލުތަކުގެ ބޮޑު ބަންދު ދުވަސްވަރުކަމުގައިވާ ނޮވެމްބަރު މެދުތެރެއިން ފެށިގެން ޖަނަވަރީ މަހުގެ ކުރީކޮޅާ ހަމައަކީ ރާއްޖޭގެ ރިސޯޓުތަކުގެ ސީޒަން ދުވަސްވަރެވެ. އެދުވަސްވަރަކީ އެހެން ސަރަޙައްދުތަކަށް ފިނި މޫސުންކަމަށްވުމާއި، ކްރިސްމަސް އާއި އައު އަހަރުކަމުން ކޮންމެ އަހަރަކުވެސް އެތައް ފަތުރުވެރިން ރާއްޖެއަށް އާދެއެވެ.
އެހެންކަމުން، ރިސޯޓުތަކާއި އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އެދުވަސްވަރު ޗުއްޓީ ހޯދުމަކީ ދަތި ކަމެކެވެ.
ނަން ބަދަލު ކުރުމާއި ދުވަސް ބަދަލު ކުރުމުގެ ސަރުކާރު.
ސަމާސާ ނުކޮށް ކޮމިޓީ އެއް އުފައްދާ.
އޭގެ މާނަ އަކީ ސްކޫލްތަކުގެ ބޮޑު ޗުއްޓީ ޓޫރިޒަމް ދާއިރާގެ ފެސްޓިވް ސީޒަނާ ދިމާނުވާ ގޮތަށް ހަމަޖެއްސުންބާ؟؟؟
ސްކޫލް ކުދިންނާ ގުޅޭ ކަންކަމުގައި ޓީޗަރުންނާ ދަރިވަރުން އަދި ބެލެނިވެރިން ބާކީކޮށް އެހެން ބަޔަކާ މަޝްވަރާ ކުރަންޏާ ތީ ވަރަށް ޖޯކް ކަމެއް. މިހާރު ތިވާގޮތުން މަސްވެރިކަމާ ގުޅޭ ކަންކަމުގައި މަޝްވަރާ ކުރަންވާނީ ދަނޑުވެރިންނާ. އެހެންނޫނަސް ޖޫން ޖުލައި އަށް ސްކޫލް ޗުއްޓީ ހެދުމަކީ ސްކޫލް ކުދިންނަށް ދެވޭ އަނިޔާއެއް. ވެގެން އުޅޭގޮތަކީ ގެސްޓް ހައުސް ވިޔަފާރިވެރިންނާއި ރިސޯޓްތަކުގެ އޮފް ސީޒަން ދުއްވާލެވޭނެ ގޮތެއް ހޯދުން. ކޮންމެ ދުވަސްވަރަކަށް ޗުއްޓީ ހެދިޔަސް އެއްވެސް ތަނެއްގައި އެންމެންނަކަށް ނޫނީ ގިނަ އަދަދެއްގެ ބަޔަކަށް އެއްވެސް ތާކުން ޗުއްޓީއެއް ނުދެވޭނެ. މިހާރު ތިޔައުޅެނީ މާލޭ ބޭފުޅުން ބްރިޖްގައި ދަތުރުކޮށްލާފަ ގޮސް ހުޅުލޭން ފުރައިގެން ފަސޭހަކަމާއެކު ބޭރަށް ފުރައިގެން ދެވޭނެތީ، އަދި ޖޫން ޖުލައިއަކީ ޔޫރަޕް ކަރަތަކުގެ އެންމެ ރީތި ދުވަސްވަރު ވީމަ އެދުވަސްވަރަށް ދިމާކުރަނީ. އަހަރެމެން ރާއްޖެތެރޭ މީހުން ހުޅަނގު ދުއްޕާނުގައި ދަތުރު ނުކުރެވި، ދަރިންކޮޅު ގޮވައިގެން ގޭ ސިޓިންގ ރޫމުގައި ޗުއްޓީ ހަދަންވީ. ބަލަގަ ގަމާރުތަކާ. ޔަގީންވާ ކަމަކީ ތިޔަ ޖޫން ޖުލައިއަކަށް ޗުއްޓީ ހަދާފަ، ހަމަ ފުރަތަމަ އަހަރު ހަޅޭއްލަވަން ފަށާނެކަން. މާލެ ދަތުރުކުރާ ކަނޑު އުޅަނދުފަހަރާއި އެއަރޕޯރޓްތަކަށް ކަނޑުމަގުން ކުރާ ދަތުރުތައް ނުކުރެވި، ނޫނީ ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގުން ބޮޑުތަނުން ގިނަވެ އެތައް ތަކުލީފެއް ތިކަމުން މީހުންނަށް ޖެހޭނެކަން. އަނގައެއް އޮތިއްޔާ ނިކަން މޮޅުކޮށްކޮށްފަ ވާހަކަ ދެއްކިދާނެ، އަމުދުން އަމިއްލަ އެދުމެއް އިންތިހާއަށް އޮތިއްޔާ ވަރަށް ވަރުދައްކާނެ.
ތީ ހަމަ މަގޭ ވެސް ބަސް.?
ބަލަ! ޑިސެމްބަރ ޗުއްޓީގަވެސް އިރުވާގެ 3 ހަޅަޖަހާ ނިމޭއިރު އޮންންނީ ޗުއްޓީހުސްވެފައެވެ ރާއްޖެތެރޭ މީހުން އިރުވައިގެ ހަޅައިގެ ދުއްޕާނުގައި ދަތުރު ނުކުރެވި، ދަރިންކޮޅު ގޮވައިގެން ތިބުނާ ގޭ ސިޓިންގ ރޫމުގައި ޗުއްޓީ ހަދާށޭ ހަމަޖެހެނީ ކޮންތަކު އެޖުނީ !
ތިޔަ ބުނަން އުޅެނީ ރިސޯޓުތަކުގައި އުޅެނީ ބެލެނެވެރިންނެއް ނޫނޭތަ؟
ހުރިހާ ނަރުހުންނާ ސިއްޚީދާއިރާގެ ޝިފްޓް ޑިއުޓީ ހަދާ މުވައްޒަފުންނަށްވެސް ކޮންމެ ބޮޑު ޗުއްޓީއެއްގަ ދަރިންނާއެކު ޗުއްޓީ ލިބޭނެ ގޮތެއްހޯދަ ދީބަލަ. ޢީދެއް ރޯދައެއްގަ އޮފްނުލިބޭތާގަ ކޮންމެ ސްކޫލްޗުއްޓީއަކާ ދިމާކޮށް ރޯގާ ފެތުރޭތީ ދަރިން ޗުއްޓީގަ ގޭގަ ބައިތިއްބާފަ އުޅެންޖެހެނީ ޑަބަލްޑިއުޓީގަ. ހެލްތު މިނިސްޓަރ މިކަމަށްހައްލެއް ހޯދަދީބަލަ
ކެނޑިގެން ގޭގަ ހުރީމަ އޯކޭ ވާނެ
ރޯދަމަސް އެއްކޮށް ބަންދު ކޮށްލަދީބަލަ....އުމްރާ އަށް ދިޔުމާ ރޯދަ ހިފާލަން ރަށަށް ދިޔުން ވަރަށް މުހިއްމު...ރޯދަމަހު ކިޔަވައިދެނީވެސް ކުޑަވަގުތު ކޮޅަކަށްވެފައި ކިޔެވައިދިނުމުގެ މާބޮޑު ތަރުހީބެއްވެސް ލިބޭކަމަށް ނުވާތީ ރޯދައިގެ ފުރިހަމަ އިހްސާސް ލިބިގަތުމުގެ ގެ ބޭނުމުގައި ރޯދަމަސް އެއްކޮށް ބަންދުކޮށްދެއްވުން އެދެން.
ދުނިޔޭގެ އެކިކަންކޮޅުތަކަށް ފިނިމޫސުމާއި ދިމާކޮށް ސްކޫލްތައް ބަންދުކުރަނީ އެމީހުން އުފާކޮށްލަން އެހެންތަންތަނަށްދިޔުމަށްކަމަށްވާނަމަ، މި ރާއްޖޭގެމޫސުމް އެއްމެ ގޯސްވާ ވިއްސާރަ މޫސުމަށް ސްކޫލު ޗުއްޓީ ބަދަލުކުރުމުންް ދިވެހިންނަށް ލިބޭނީ ބޮޑުހިތާމައެކެވެ.
އަލީވަހީދު! ކަލޭމޮޔަވީތަ ކުރާނެ ކަމެއްނޭގުނީމަ މީހުން ކުރާކަމަކީ އިސްތިއުފާ ދިނުން.
މަސްވަރާ ކުރިޔަސް ނުކުރިޔަސް ހެޔޮ، ބޭނުނުމީ ޗުއްޓީ ދުވަސްވަރު ބަދަލުކުރަން.. ނުވަންޔާ އަންގާލާ އެއިރުން އަހަރަމެން ޗުއްޓީ ނަގާދުވަސް ބަދަލުކޮއްފާނަން..
ސުކުރިއްޔާ ކިނބޫ
ޙަޤީޤަތަކީ މިކަން ނިންމަންޖެހެނީ ވިޔަފާރިވެރިޔާ އަށް ރަނގަޅު ގޮތަކަށް ނޫން.އަސްލު ރޯދަ މަހުގެ ސަވާބާއި ދަރުމަ ކުޑަކުދިންނަށް ދަސްކޮށް ދެވޭނީ މައިންބަފައިން ގޭގަ ތިބެ އަދި އެކުދިން ގޮވައިގެން އަޅު ކަމަށް ދިއުމުން.ޓީޗަރު މީހާ އަށްނުލިބޭ ފުރިހަމައަށް ރޯދައިގެ ސަވާބު ހޯދަން ވަގުތު.އަނެއްކޮޅުން ކުދިން ސްކޫލަށް ނެރުމުން ވާގޮތަކީ ގިނަވަނީ އެބްސެންޓީސް.މިހެން ބަދަލު ކޮށްލުމުން އަމިއްލަ އެދުމެއްނެތް ކުދީން ބެލެނިވެރިން ޓީޗަރުން މިކަމާ ހެޔޮހިތުން އުފާވެ ރުހޭނެ
މިސަރުކާރުގެ 5 އަހަރު ނިމޭއިރު އަންހެނުން ފިރިހެނުންގެ ޖަމާޢަތުގެ އިމާމުންގެ ގޮތުގައި ނަމާދުކޮށް ޚުތުބާދިނުމަށް މެމްބަރަށް ނުއަރާނެބާ؟
ދެންކިހިނެއްތަނިމުނީ