ރާއްޖޭގައި ދޫކުރަމުންދާ ޑްރައިވިން ލައިސަންސް އިންޓަރނޭޝަނަލް ލައިސަންސް އަކަށް ބަދަލުކުރުމަށް މަސައްކަތްކުރާނެ ކަމަށް، ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މެލޭޝިއާގައި ބޭރު ގައުމުތަކުގެ ޑްރައިވިން ލައިސެންސް ބޭނުންކުރުމާ ބެހޭ އުސޫލްތައް ހަރުދަނާ ކުރުމަށް އެ ގައުމުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓްއިން ފަށާފައިވާ މަސައްކަތްތަކާއި ގުޅިގެން މެލޭޝިއާގައި ބޭރު ގައުމެއްގެ ޑްރައިވިން ލައިސެންސް ބޭނުން ކުރުމާއި ކޮންވާޓް ކުރުން ވަގުތީގޮތުން ހުއްޓާލާފައިވާކަން ދިވެހި އެމްބަސީއަށް އަންގާފައި ވެއެވެ. އެހެންކަމުން މިހާރު ދިވެހިންނަށް ރާއްޖޭގައި ހެދި ޑްރައިވިންގ ލައިސަންސް މެލޭޝިއާގައި ބޭނުން ނުކުރެވޭނެއެވެ.

އެކަމާއި ގުޅިގެން "ވީޓީވީ"އިން ގެނެސްދޭ ޚަބަރަށްފަހު ގެނެސްދޭ އެތެރެފަރާތް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލް ވިދާޅުވީ، މިހާރު ރާއްޖޭގައި ބޭނުން ކުރާ ލައިސަންސް އަކީ އިންޓަނޭޝަނަލް ލައިސަންސްއެއް ކަމަށް ދެންނެވެން ނެތް ކަމަށެވެ. އެހެންކަމުން އެ މިނިސްޓްރީގެ ވިސްނުން ހުރީ ރާއްޖޭގެ ލައިސަންސް އިންޓަނޭޝަނަލް ލައިސަންސްއަކަށް ގެންދިއުމަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހެން ތިބެފައި އިންޓަނޭޝަނަލް ލައިސަންސް އެކޭ ކިޔާފައި އިޝޫއެއް ނުކުރެވޭނެ. އެ ސްޓޭންޑާޑްތަކަށް ފައްތަން އެބަ ޖެހޭ". އާދިލް ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން ފެށި އެއްލަކިން ލައިސަންސް ޕްރޮގްރާމްގައި ދޫކޮށްފައިވާ ލައިސަންސްއަކީ އިންޓަނޭޝަނަލް ލައިސަންސްއެއްގެ ގޮތުގައި ގަބޫލުކުރާނީ ކިހިނެއްތޯ ސުވާލު އުފައްދަވަމުން އާދިލް ވިދާޅުވީ، އެ އެއްޗެހި އެގޮތަށް ހުރުމުން އިންޓަނޭޝަނަލް ލައިސަންސް އެކޭ ކިޔާފައި ލައިސަންސް ދޫނުކުރެވޭނެ ކަމަށެވެ.

"އިންޓަނޭޝަނަލް ވެއްޖެއްޔާ އިންޓަނޭޝަނަލް ސްޓޭންޑާޑްއެއް މެއިންޓެއިން ކުރަން އެބަޖެހޭ. އެއާއެކު އެ ރޫލްސްތައް ފޮލޯ ކުރަން އެބަ ޖެހޭ". އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެއްލަކިން

    ފާޑު ފާޑުގެ ހުވަފެން ދައްކާނެކަމެއްނެތް، އަހަރަމެން ތިބޭނައް ތިކަންވާނެ ދުވަހެއް ބަލަން..

  2. ހުންގާނު

    ބަލަ ކަލޯ އާދިލޫ އިންޓަނޭޝަނަލް މިންގަނޑޭ ކިޔާއިރު އިނގޭތަ މިރާއްޖޭގަ ގަވާއިދުތައް ފުރަތަމަ އެކަން ރަނގަޅު ކޮއްފަ އަންޓަނޭޝަނަލް އޭކިޔަންވީނު.....

  3. ޢަހްމަދު

    މިހާރުވެސް ގިނަ ގައުމުތަކުން ރައްޖޭގެ ލައިސަންސް ގަބޫލް ކުރޭ