ކުރީގެ ނައިބު ރައީސް އަދި އެމްޓީޑީގެ ރައީސް އަޙުމަދު އަދީބު އަބްދުކް ޣަފޫރު، ގޭބަންދުން ޖަލު ބަންދަށް ބަދަލުކުރީ އުސޫލުތަކާ ޚިލާފަކަށްކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިއަދު ހާމަކުރި ހާމަކުރުމާމެދު ކަންބޮޑުވުންތަކެއް ހުރިކަމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ބުނެފިއެވެ.

އެޗްއާރްސީއެމްގެ ބަޔާނާމެދު، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، އަލީ ނަޒީރު "މިހާރު" އަށް ވިދާޅުވީ ބަޔާނުގައި ކަންބޮޑުވާ ކަންތައްތަކެއް ހުރިކަމަށެވެ. އެހެންނަމަވެސް، އެކަންތައްތަކަކީ ކޮބައިކަމެއް އޭނާ ތަފްޞީލު ކޮށްދެއްވާފައި ނުވެއެވެ.

އެކޮމިޝަނުން މިއަދު ނެރެފައިވާ ބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުން، އައިޖީއެމްޗްގެ ޔޫރޮލޮޖީ ޑިޕާޓްމަންޓްގެ ޓީމަކުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު، އަދީބު "ހޯމްލީ އެންވަޔަރަމަންޓް" އެއްގައި ބެހެއްޓުމަށް ވަނީ އިރުޝާދު ދީފައެވެ. އެހެންނަމަވެސް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އެގޮތަށް އަމަލު ކޮށްފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.

ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު

މީގެއިތުރުންވެސް، އެޗްއާރްސީއެމްގެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން، އިންސާނީ ޙައްޤުތަކުގެ ނަޒަރިއްޔާއަކުން ބަލާކަމުގައިވާނަމަ، ޤައިދީއަކު ނުވަތަ ބަންދުގައި ހުރި މީހަކު ގޭބަންދުން ޖަލު ބަންދަށް ބަދަލު ކުރާއިރު، އެމީހެއްގެ ޞިއްޙީ ޙާލަތު ކަށަވަރު ކުރުމަކީ މުޙިއްމު ކަމެއްކަމުގައެވެ.

ހަމައެހެންމެ، އައިޖީއެމްއެޗްގެ ޑޮކްޓަރުން، އަދީބުގެ ޑިސްޗާޖް ޝީޓުގައި އާއިލާގެ ކައިރީގައި "ސްޓްރެސް ފްރީ" މާހައުލެއްގައި ދެ މަސް ދުވަހު ބަހައްޓަން އިރުޝާދު ދީފައިވާކަންވެސް އެޗްއާރްސީއެމްގެ ބަޔާނުގައިވެއެވެ.

ކުރީގެ ނައިބު ރައީސް އޭރު ގޭބަންދަށް ބަދަލުކޮށްފައިވަނީ އޮޕަރޭޝަނަކަށް ފަހުއެވެ. އެއީ އައިޖީއެމްއެޗްގައި ކުރެވުނު ކިޑްނީ އިން ހިލަ ނެގުމުގެ އޮޕަރޭޝަނެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބޯހަލާކު

    ކިޑުނީ އިން ހިލަނެގުން އެއީ އެހާ ބޮޑު އޮޕަރޭސަނެއް ނޫން

  2. ހެހެެހެެ

    ޤާނޫނާ ޤަވާއިދާ ޚިލާފް އެެއްވެސް ކަމެެއް މިސަރުކާރަކުން ނުކުރާނެ. އެފަދަ ކަންކަން ހުއްޓުވަން އައި ސަރުކާރެއްމީ... ދެން ކޮން ވާހަކައެއް.

  3. ގައިދީ

    "ސްޓްރެސް ފުރީ" އެންވައިރުމެންޓެއްގަ އަދީބު ބަހައްޓަންޖެހެނީ އަދީބަށް ނަފުސާނީ މައްސަލަތަކެއްދިމާވެގެންތަ މިއުޅެނީ!

  4. عبدالله

    އަދަބު ތަންފީޒު ކުރުމުގެ މަރްހަލާގައި ނުވަތަ އަދަބު ތަންފީޒު ކުރުމުގެ ތެރޭގައި ލާއިންސާނީ ކަންތައްތައް ކުރަމުންދާ ކަމުގެ ޝަކުވާތައް ދޭތެރެދޭތެރެއިން ލިބެމުން ދިޔަނަމަވެސް އެފަދަ ޝަކުވާތައް ބަރާބަރަށް ބަލަމުން ނުދާކަން ފާހަގަ ކުރެވޭއިރު، އަދި މިރާއްޖޭގެ ޖަލުތަކުގައި މަރުވާ ގައިދީންގެ ޢަދަދު އިތުރު ވަމުންދާއިރު، އޭގެތެރޭގައި ހިމެނޭ ޠަބީޢީ މަރުތައް ބަލައި އޮޅުން ފިލުވުމުގައި ޢާއިލާތަކުން ކަންބޮޑުވާ މިންވަރުގެ މައްޗަށް ކުރެވޭނެ މާގިނަ ކަންތައްތަކެއް ނުހުންނައިރު، ކިޑްނީގެ އޮޕަރޭޝަނެއް ކޮށްފައިވާ މީހަކާމެދު މިފަހަރު ކަންތައްތައް ކޮށްފައިވާ ގޮތުގެ މައްޗަށް ހިތާމަކުރަން މިޖެހެނީ، ޝޭޚް ޢިމްރާން ފަދަ ބޭފުޅެއްގެ މޭސްތިރިކަމުގެ ދަށުގައި ތިޔަފަދަކަމެއް ހިނގާފައިވާ ކަމަށް ވާހަކަތައް ދެކެވޭތީއެވެ.

  5. މަ

    އެޗްއާރްސީއެމް އިން އަދި އަދީބު ކަލަކަށް ވެސް ހަދާނެ

  6. ޜިޔާ

    ޑޮކުޓަރުން އެހެން ލިޔެދޭނެ ލާރި އަލާލީމަ އާއިލާއިން ބުނީމަ. ޢޭނަޔަށް ހައްގީ ހަމަ ޖަލު

  7. އިމްސާނާ

    އިމްރާނު ތިމާބޭނުންވާހާ ގިތަށް ކަންތަށްނުވުމުން ކަންބޮޑުވުންފާޅު ކުރާނީ ކޮން މަގްސަދެއްގަތަ ނިކަން ތެދުވެރިވެބަލަ ހަގީގަތާ ކުރިމަތިލާބަލަ އަމިއްލަ އެދުން ހާސިލުކުރުމަށްޠަކާ ގައުމުގަ ފިރުނަ ފަސާދަ އުފަށްފަން ނޫޅެބަލަ ބުނާބަހަކުން ނޫން އަމަލުން ﷲއަށް ބިރުވެތިވެބަލަ

  8. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ބަލަ މިކަލޭގެ ކުރި ބޮޑު ވައްކަމުވެ ވާހަކަ ނުދައްކާ މުޅިން އެހެން ވާހަކައެއް މިދައްކާއިރު މިކަލޭގެ ލަދުހަޔާތްވެސް ނެތީއޭދޯ!