1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިންގައިފައިވާ ކޮރަޕްޝަނާއި ގުޅުންހުރި މައްސަލަތަކުގެ މަޢުލޫމާތު ހުށައެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުއްވާލައިފިއެވެ.

ރައީސް އޮފީހުން މިގޮތަށް ހުޅުވާލާފައި ވަނީ ދައުލަތުގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވެފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާއިހުރެ ތަޙުޤީޤު ކުރެވިފައިނުވާ މައްސަލަތަކާއި، އެކަށީގެންވާ މިންވަރަށް ތަޙުޤީޤުކޮށްފައިނުވާ މައްސަލަތަކުގެ ތެރެއިން މިދިޔަ ސަރުކާރާއި ހިނގާފައި ހުރި ކޮރަޕްޝަންގެ މައްސަލަތަކުގެ މައުލޫމާތު ހިއްސާކުރުމަށެވެ.

ރައީސް އޮފީހުން ވިދާޅުވީ، އެފަދަ މައްސަލަތައް ހުށައަޅަން ބޭނުންވާ ފަރާތްތަކުން، 24 ފެބުރުވަރީ 2019 ގެ 14:00 ގެ ކުރިން، "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އަށް ލިޔުމުން މައުލޫމާތު ހުށައެޅުއްވޭނެ ކަަމށެވެ،

ކޮމިޝަނަށް ހުށަހަޅުއްވަން ބޭނުންފުޅުވާ މައްސަލަތައް ފޮނުއްވުމަށް ހަމަޖެހިފައިވަނީ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އަށް އެޑްރެސްކޮށް ޣާޒީ ބިލްޑިންގުގައި ހުންނަ ކޮމިޝަނުގެ އޮފީހަށެވެ. އީމެއިލްގެ ޒަރީޢާއިން މައްސަލަ ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، [email protected] އަށް ވެސް ފޮނުއްވޭނެއެވެ.

އަދި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި، "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ވެބްސައިޓުގައިވާ ޕޯޓަލް މެދުވެރިކޮށް، މައްސަލަ ހުށަހަޅާ ފަރާތް ނޭނގޭގޮތަށް ކޮމިޝަނަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުއްވައިލައްވާނެކަމަށްވެސް އެ އޮފީހުން ވިދާޅުވިއެވެ.

ދައުލަތުގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހާއްސަ ކޮމިޝަނެއްވެސް އުފައްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. މިއަދު

  މިއަދުގެ ރައީސް ސޯލިހޫ 17 ނޮވެމްބަރ 2018 ވަނަ ދުވަހު މާތްﷲ ގަންދީ ހުވަކުރީ ރައިސްޔާމީނުގެމައްސަލަ ބަލަންތަ؟ އެހުވާގައި ލިއެފައި އެބައޮވޭނޫންތޯ ރަޢިއްޔަތުންގެ ޙައްތައް ރައްކާކުރުމަށާއި ދިވެހި ގައުމަށް އިހުލާސްތެރިވުމަށް މިރައިސްގެ ޢަމަލުފެންނަނީ ރަޢިއްޔަތުންގެ ޙައްގުތައް ފެށޭ ހިސާބަކީ 2012 ވަނައަހަރާއި ހިސާބުކަމުގައި އެއިގެ ކުރިން މިގައުމުގައި ހުޅުނު ރަޢިއްޔަތުންގެ ޙައްގެއްނެތްތޯ

 2. މިއަދު

  ރިސްވަތުގެ ފައިސާއިން އޮޅުވާލިވޯޓަކުން ވެރިކަމަށް އެރި ރައީސަކަށް ދުލުކޮޅުން ބަސްބުނެ ކޮށްލަހުވަޔަށް ކުރަނީ ކޮންގަދަރެއްދޯ؟ އެއީ މިޒަމާނުގެ ބަހުންނަމަ ޕާޓޭންގެ ދަރަޖާއި ހުރިފަދަ މިރައިސްވެސް

 3. ޙާލިދު

  އޯކޭ ރައީސް ޔާމީން ކޮރަޕްޝަން ވިއްޔޯ. މައްސަލައެއް ނެތް ބަލަންވީ. ދެން ކޮބާހޭ އެހެން ރައީސުން. މައުމޫނާ ނަޝީދާ ވަހީދާ މި މީހުންގެ ހަމަ އެއްވެސް ކަމެއް ނެތީތޯ. ޒާތީ ވިޔަސް ތީދެން ފުކެއް ބޮޑުވަރު.

 4. ޢައްޔަ

  ޞ ބަލަގަ ގަންޖާބޯސަރުކާރުގެ ކޮރަޕްޝަންވެސް ބަލާބަލަ

 5. އަބޯ

  11 ނޮވެމްބަރު 2008 ންފެށިގެން 2012 ފެބްރުއަރީއާ ހަމަޔަށް ދޫކޮށްލީ ކީއްވެ. އޭރު ކަރެޕްސަން ނެތީތަ ؟ ބްލެކްމާކެޓަށް ނެރެ ވިއްކި ޑޮލަރުތަކުގެ ކަރެޕްސަނާ ޑިޒަސްމެނޭޖް މަންޓްގެ 60 މިލިއަނާ ހެލްތުގެ 12 މިލިއަނާ ހައުސިން 713 މިލިއަނާ މިހެންގޮސް ހާދަކަމެކޭހުރީ ބަހާލ ފަޅުރަށްތަކާ ވީމާ 11 ނޮވެމްބަރު 2008 ން ފެބްރުއަރީ 2012 އަށް ކަރޕްޓް 5 ބިލިއަންގެ މައްސަލަ ބަލަން ޖެހޭނެ.

 6. ފީރު

  1 ޖަނަވަރީ 2012 ގެކުރިން މިގައުމުގައި އެއްވެސް ކަރަޕްޝަނެއް ނުހިނގާތޯ؟

 7. 2018 ކާފަބޭ

  ސަރުކާރުގެފައިސާއެއް ގެއްލިފަވަނީހަމައެކަނި ތިޔަވުދާޅުވީ ތާރީޚުގަތޯ؟ އެއަރމޯލްޑިވްސް ބަނގުރޫޓުކޮށްލިމީހުންކޮބައިތޯ؟ ކޫއްޑޫތިޖޫރީއަށް ވަގުފައިސާއެޅީކާކުތޯ؟މުޅިއޭޝިޔާގަނެއްވަރުބޮޑު ޝިޕިންގލައިނަށްވީކިހިނެއްތޯ؟ ޖީއެމްއާރުންދެއްކި ލިޔެކިޔުންތަކުންމަދުވާކަމަށްބުނާ 27މިލިއަންޑޮލަރު ވަނީކޮންތާކަށްތޯ؟ މިއަދަދުތަކަށްބަލާއިރު ތިޔަ އިސްކުރެވެނީ ޙަސަދަވެރިކަން ޙަސަދަވެރިކަމަކީ ކިހާވަރެއްގެ ކަމެއްކަން ޝޭޚުއިމްރާން ވިދާޅުވެދެއްވަފާނަންތޯ؟