އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވިއިރު އެސްއޯއެފް އަކީ ކޮން ކުންފުންޏެއްކަން ނުވެސް އެނގޭކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާ އަށް ވަޑައިގެންނެވުމަށްފަހު، އެތަނުން ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެސްއޯއެފުން އެމަނިކުފާނުގެ އެކައުންޓަށް ފައިސާ ޖަމާކުރިކަން ސަމާލުކަމަށް ގެނައީވެސް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންކަމަށެވެ.

"އަދީބު އަޅުގަނޑު ކައިރީ ދެންނެވި މިހާރު ކޮންމެސް ލާރިއެއް، އެއް މިލިޔަން ރައީސްގެ އެކައުންޓަށް ޖަމާކޮށްފައޭ. ދެން އޭގެ ދުވަސްކޮޅެއްފަހުން އޭސީސީން ގުޅާފައި ބުނީ ރައީސްގެ އެކައުންޓަށް އެސްއޯއެފުން ފައިސާ ޖަމާވެފައި އެބަ ހުއްޓޭ. ދެން އޭރު އެސްއޯއެފަކީ ކޮން ކުންފުންޏެއްކަމަށް އަޅުގަނޑަކަށް ނުވެސް އެނގޭ." ޔާމީން ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވީ އެސްއޯއެފުން ޔާމީނަށް ފައިސާ ދޭން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެކަމުގައެވެ. ހަމައެހެންމެ، އެކައުންޓަށް ވަތް ފައިސާ އަކީ އެސްއޯއެފުން ދިން ފައިސާކަން އެނގޭނެ ގޮތެއްވެސް ނޯންނާނެކަމަށާއި، ކުރިން ކެމްޕޭނު ފައިސާ ބަލަހައްޓަނީ އަޙުމަދު އަދީބުކަމަށްވެސް ކުރީގެ ރައީސް ވިދާޅުވިއެވެ.

"އެސްއޯއެފުން އަޅުގަނޑަށް އެއްވެސް ލާރިއެއް ދޭން ޖެހޭ ސަބަބެއް ނޯންނާނެ. އެއީ އެސްއޯއެފުން ދިން ލާރިއެއްކަމެއް އެނގޭނެ ގޮތެއްވެސް ނެތް. އަޅުގަނޑުގެ އެކައުންޓަށް ވަދެފައި ހުރި ފައިސާއެއް ވަދެފައި ހުރީ މީގެ ކުރީގައި އަޙުމަދު އަދީބު ހައްޔަރު ކުރަންދެން އަޅުގަނޑަށް ކެމްޕޭން ކުރަން ލިބޭ ފައިސާ އެއީ ހަމަ ރާއްޖެއިން އެކި އެކި ފަރާތްތަކުން ކެމްޕޭނަށް ލިބޭ ފައިސާ މެނޭޖް ކޮށްދެއްވަނީ އަދީބު. އެހެންކަމުން އަދީބު އަތްޕުޅުގައި ހުރީ އަޅުގަނޑުގެ ކެމްޕޭނަށް ލިބިފައި ހުރި ފައިސާ." ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުންވެސް ޔާމީން ވިދާޅުވީ އެއްވެސް ގޮތަކުން މަނީ ލޯންޑްރިންގ ގައި ބައިވެރިވެފައި ނޯންނާނެކަމަށާއި އެއީ ދެކޮޅަށް އޮންނަ ކޮންސެޕްޓް އެއް ކަމަށެވެ. ހަމައެހެންމެ، އެސްއޯއެފްގެ ހުރިހާ ފައިސާއަކީ އެމްއެމްޕީއާރްސީގެ ފައިސާ ނޫންކަމަށްވެސް މިރޭވެސް ވިދާޅުވިއެވެ.

"މަނީ ލޯންޑްރިންގ އަކީ ދެކޮޅަށް އޮންނަ ކޮންސެޕްޓެއް. އެއް ކޮޅުގައި އޮންނަ ކޮންސެޕްޓަކީ ލޯންޑަރ ކުރާ މީހާ. އަނެއް ކޮޅުގައި އޮންނަ ކޮންސެޕްޓަކީ އެފައިސާ ލިބޭ މީހާ. އެކަމުގައި އެހީވިތޯ ނޫންތޯ. މިހާތަނަކަށް ނޯންނާނެ ރާއްޖޭގެ ޝަރުއީ ކޯޓަކުންވެސް އަދި އެއްވެސް ތަހުގީގީ އިދާރާއަކުންވެސް ނިންމާފަކާއެއް އެސްއޯއެފްގައި ހުރި ހުރިހާ ފައިސާ އަކީ އެމްއެމްޕީއާރްސީ ފައިސާކަމަކަށް. އެއްވެސް ތަހުގީގީ އިދާރާއަކުން ނުވަތަ ޝަރުއީ ކޯޓަކުން ނޯންނާނެ ނިންމާފަކާ އެސްއޯއެފްގެ އެކައުންޓަކުން ދީފައި ހުރި ހުރިހާ ޗެކް ތަކަކީ މަނީ ލޯންޑްރިންގެ ގޮތުގައި ބެލެވޭނެ ޗެކްތަކެއްކަމަށް." ކުރީގެ ރައީސް ވިދާޅުވިއެވެ.

ޔާމީން މިރޭ ވަނީ ފުލުހުންގެ އިދާރާގައި ފަސް ގަޑިއިރު ހޭދަ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. އަބްދުއްލާ

  ރައީސް އަބްދުﷲ ޔާމީނަ ސާބިތުކަން އިތުރަށް ދެއްވާށި آمين

  • ނޫރާ

   އާމީން

 2. ށަަމަސް

  ކެރޭ މީހެއް ނުލިބޭނެ ދެނެއް

 3. ޚަރާ

  ށާބަސް

 4. ވޯލްވޭ ސާލު

  އަދިވެސް ފައިސާގަ ބެއްދޭތޯތަ ބެލެނީ. ފައިސާ ފޮއްޗެއް ކާންދޭންފެނޭ. ހުކުމްކޮށްފަ އަވަހަށް ޖަލަށް ލާންވީ. ޖަލު ގޮޅީގަ ފާރުތަކުގައި ވެސް ޑޮލަރު ވޯލްޕޭޕަރ ހިއްޕާފަ އެތަނަށް އެމީހާ ލާންވާނީ ވެސް. ސީލިންގ އޮންނަންވާނީ ފައްސަތޭކަ ރުފިޔާގެ ވޯލްޕޭޕަރު ތަތް ކޮށްފަ. ބޯފެން ހުންނަންވާނީ ފަސްރުފިޔާގެ ނޫޓްގަ ފަނިގިރާފަ.!

 5. ބަނާނަ މޭން

  ފުރަތަމަ ތަހުގީގުކޮށްގެންތާ ކޯޓުން ނިންމެނީ

 6. ރަދުން

  ނޫނޭވާ........ ޢަބްދުލް ޤައްޔޫމް ސީދީގެ ފިރިހެންދަރީންނަށް މާތްﷲގެ ކުޅަދުންވަންތަކަމުން ދުލެއްދެއްވާފައި އެބައޮތް.

 7. އާޒިމާ އިސްކުރު

  ހައްހައްހާ! ތިނޫނީ ގެއަށް ޙަރާމް ފައިސާ ވެއްދިކަމަށް އެއްބަސްވި ވަގެއް މި ދުނިޔޭގަވެސް ނުހުންނާނެ!

 8. ރާޅު ބޯއީ

  މާތްﷲ މަނިކުފާނަށް ސާބިތުކަން ދެއްވައި އަދުއްވުން ބަލިކަށި ކުރައްވާނދޭ

 9. ޖާންޓޭ

  ޢެއްވެސް އެއްޗެއް މަށައްނޭނގި މަގޭ އެކައުންޓައްވެސް ފާސާޖަމާވާނެނަމަ.

 10. ކިނބޫ ރައީސް

  އެ ފައިސާ ޖަމާކުރީ ރީލޯޑު ވަޒީރު ފޮނުވި މީހެއް. ރީލޯޑޭ އަށް އެނގޭނެ އެކަން ހިނގައިދިޔަ ގޮތް. އެކަލޭގެ ހިފާ ހައްޔަރު ކޮށްގެން ތަހުގީގު ކުރޭ. ކެރޭނެތަ؟

 11. އާދަމްބެ

  ތިޔައީ ރާއްޖެ މިދެކޭ ޒަމާނީ ތަރައްގީގެ ބާނީ.
  މަނިކިފާނަށް ޒާތީވެގެން މިއުޅޭ ބައިގަނޑު
  ނިކަމެތި ކުރައްވާންދޭވެ..... އާމީން.

 12. ކެރަފާ

  ރައީސް ޔާމީނާ ނުކުޅޭތި އެއީ މިގައުމުދުއް ތަރައްގީގެ ބާނީ ބުރިޖަކީ އަހަރުމެންގެ ހިތް ހިތާނުކުޅޭތި .

 13. 3ނިރު

  ސާބަސް މަނިފާނު ނުހައްގުން ޖަލަށްލާ ސާބިތުކަންމަތީ ހުންނަވާ

 14. عبدالله

  ތިޔަ މައްސަލާގައި ހިމެނޭ މަދަނީ ކަންކަމުގައި ޝައްކުތަކެއް ހުރުމުން ކަންބޮޑުވާން ޖެހޭނެއެވެ. ތިޔަ މައްސަލައަކީ، ވަރަށްނުސާފު މައްސަލައެކެވެ. ނުސާފުކޮށް އޮތް މައްސަލައެއްނަމަ ކުރުޖުމުލައަކުން ފުއްދާލެވޭތޯ ބަލަންޖެހޭއިރު، ވާހަކަތައް ގިނަވެ އިތުރުވަމުން ދިޔުމަކީވެސް މައްސަލައެކެވެ.

 15. ޒާ

  ކުށެއް ނުކުރާނަމަ ޖެހިލުން ވާކަށް ނުޖެހޭނެ. ތިޔަ ކަމުގައި މާﷲ ޔާމީނަށް ސާބިތުކަން ދެއްވާށި. އާމީން.

 16. ޥގ

  ނޭގެޔޭ ބުނެގެން ނުނިމޭނެ

 17. ަީައީސަ

  ސާބަހޭ ރައީސް ޔާމީން މާތް ﷲ މަނިކުފާނަށް އަބަދުވެސް ސާބިތުކަން ދެއްވާށި އާމީން،،