ނޫސްވެރިޔާ ލަޔާލް މަނިކު ދިރިއުޅެމުންދާ ގެއަށް ފުލުހުން ވަދެ ފާސް ކުރަމުން އެބަދެއެވެ. ލަޔާން އުޅެމުންދަނީ ހ. ދޮންއަންނާރުގޭގައެވެ.

ދޮންއަންނާރުގެ ފާސްކުރަމުން ގެންދާކަން ފުލުހުން ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައެވެ. ފުލުހުން ވިދާޅުވީ އެގެ ފާސްކުރަމުން ގެންދަނީ ފުލުހުން ހިންގާ އޮޕަރޭޝަނެއްގައި ކަމަށާއި މިވަގުތު އިތުރު ތަފްސީލް ދެވެން ނެތް ކަމަށެވެ.

ލަޔާލް "ވަގުތު" އަށް ބުނި ގޮތުގައި ފުލުހުން މިހާރު ފާސް ކުރަމުން ދަނީ އެގޭގެ ފަސްވަނަ ފަންގިފިލާއެވެ. އަދި އެބަޔަކީ ކުއްޔަށް ދީފައި ހުންނަ ބައެއްކަމަށް އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި އެބައި ފާސް ކުރަމުން ދަނީ ކޯޓު އަމުރެއްވެސް ނުދައްކައެވެ. އަދި އެގޭގެ މީހުން ވައްދަންވެސް ފުލުހުން ދެކޮޅު ހަދާފައިވާކަމަށް އޭނާ ބުންޏެވެ. ހަމައެހެންމެ، ކުއްޔަށް އެބައިގައި އުޅޭ މީހުން އެތެރޭގައި ތިބިކަން ނޭނގޭކަމަށް ލަޔާލް ބުންޏެވެ.

ފާސްކުރަމުން ދާއިރު ގޮތް ނޭނގޭ އާއްމުންގެ ބަޔަކުވެސް އެބަޔަށް ވަންނަމުން ދާކަމަށް ލަޔާލް ބުންޏެވެ. އަދި އެމީހުންނަކީ ކުރިން އެބައިގައި ދިރިއުޅޭ ބައެއް ނޫންކަމަށްވެސް އޭނާ "ވަގުތު" އަށް ބުންޏެވެ.

އޭނާ ބުނީ އެގެ ފާސްކުރަން އައި ފުލުހުންވެސް ތިބީ ކުލަ ހެދުމުގައިކަމަށެވެ.

ލަޔާލް އިތުރަށް ބުނީ އެންމެ ފުރަތަމަ އެގެއަށް ގޮސް އޭނާގެ މަންމަ ދިރިއުޅޭ ގްރައުންޑް ފްލޯ އަށް ވަދެ ލަޔާލް އުޅޭތޯ ސާފު ކުރިކަމަށެވެ. އަދި ލަޔާލްއާއެކު އެގެއަށް އެހެން ބަޔަކު ވަދޭތޯވެސް ސުވާލު ކުރިކަމަށް ބުންޏެވެ. އެއަށްފަހު، ފަސްވަނަ ފަންގިފިލާ ފާސް ކުރަން ފެށީކަމަށް އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި މިރޭ އަށެއް ޖެހީންސުރެ ފުލުހުން ދަނީ އެގެ ފާސް ކުރަމުންނެވެ.

ލަޔާލް އުޅެމުން ދަނީ އެގޭގެ ދެވަނަ ފަންގިފިލާގައެވެ.

ލަޔާލް ދިރިއުޅޭ ގެއަށް ފުލުހުން ވަދެފައި ވަނީ ލަޔާލް އާއި ގުޅުން އޮތް މައްސަލައެއްގައި ނޫންކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ރާޅު ބޯއީ

  ފުލުހުންގެ ޕްރޮފެޝަލްކަން ދައްކަމުން ތިޔަދަނީ. މީހުންނަށް ބިރު ދެއްކުން ނޫންކަމެއް ނެތް. ބަލަ ގޭގެއަށް މީހުން ވައްދަން ވެސް ޖެހެނީ ފުލުހުންނަށް އަންގާފަކަމެއް މީގެ ކުރިއަކުން ނުދެނެހުރިން. ކުރާނެ ކަމެއް ނެތިއްޔާ ތިޔަށްވުރެ މާ ރަނގަޅެއްނު ދީނަށް ފުރައްސާރަ ކުރާ އެމްޑީޕީ ބައިގަނޑު ހިފާ ހައްޔަރު ކުރިއްޔާ.

  10
  1
 2. އެދުރު

  މީ ކޮންކަހަލަ އިންސާފެއް ، ސެކިއުލާ އެމްސީ ޙަމީދު އިސްތިޢުފާދޭންވީނު ދެން ، ފުލުހުން ލައްވާ ޤާނޫނާ ޚިލާފުކަންތައް ނުކުރުވާ ޑިމޮކުރަސީ ނެޓްވޯކްގަ އުޅުނިއްޔާ މާ ރަގަޅުވާނެ

  9
  1
 3. ނަޖާ

  މިއޮތީވާ ސަރުކާރެއް. ދީނަށް ފުރައްސާރަ ކުރުން ހަމައިން ނެއްޓިފައި. ގެދޮރުގެ ހުރުމަތް ކަނޑައިފި. އާންމުން ފަލީހަތްކޮށްފި މުވައްޒަފުން ވަޒީފާއިން ކަނޑާ ބިރު ދެއްކުން އާންމުކޮށްފި. މީހުންގެ ބޮލުގައި ދޮގު އިލްޒާމް އަޅުވަނީ. މިހެން ގޮސް ނުކުރާ ކަމެއް ނެތް.

  9
  1
 4. މިއަދު

  މިސަރުކާރުން މިއުޅެނީ ރައިސްޔާމީނުގެ ފަރާތުން މަޖިލިސްއިންޠިޚަބަށް ނުކުންނަންތިބި މީހުންނަށް ބިރުދައްކާ އެވެރިން ހައްޔަރުކުރަން ލަޔާލްއަކީ ރައިސްޔާމީނުފަދަ ހިއްވަރުހުރި ކަބަލެއް ލަޔާލް އަޒުމުގައި ފަހަތަށް ޖެހިނުލާ ނުރުމަށް ހިއްވަރުދެން

  5
  1
 5. އެކަނިވެރި...

  ވަރައް ރަގަޅު ކަމެއްތީ ކޮންމެވެސް އެއްޗެއް ހޯދާތި ??

  1
  3
 6. ހަހަ

  ހަމަ ރަނގަޅު މިނެދޭ ނާޅިން މިނެ ދޭންވާނީ

  1
  1
 7. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  ރައީސް ޔާމީނު މަޖިލިސް ޓިކެޓްދިން ހުރިހާއެންމެނަށްވެސް ތިކަހަލަ އެކިއެކި ބިރުވެރި ކަންކަމާ ކުރިމަތިލާންޖެހޭނެ ކުރިއަށް އޮތްތާންގަ.. މީ އިންސާފާ ވަކިބަޔެއް ބާކީނުވެ އޯގާތެރިކަމާއެކު ވެރިކަންކުރާ ބައިގަނޑު..

  4
  1
 8. ޙުސައިން

  ގޮތްހުސްވެގެން އެއުޅެނީ ލަޔާލް މަތިވެރިދާއިރާއަށް ކުރިމަތިލީމާ އެކަންހުއްޓުވަން އެއުޅެނީ މަގޭ ސަޕޯރޓް ކުރާނީ ލަޔާލް އަށް

  4
  1
 9. އަާތު

  މިހަަާރުތިބެޭނިިިީ ހުައްދަޔަާ އެކުގަ

  1
  1
 10. ލަޔަން

  ކޮން ލަޔާން އެއް ތަ؟

  1
  2
 11. މޯދީ

  ސާބަހޭ އިބޫ ސާލިހް
  ތިޔަކުރާވެރިކަން ނިމޭއިރު ކިހާވަރަކުން ދާނެބާ؛
  މިހާރު 1.4 ބިލިއަން ޑޮލަ ކައްވާލެވިއްޖެ
  ރައްޔިތަކަށް ވީކަމެއް ޤައުމަށް ކުރި ފައިދާއެއް ނެތް. މަޖާ ދަތުރެއް އިންޑިޔާއަށް .
  ދެން ލަޔާލް ޚިޔާލް ފާޅު ކުރާތީ ހަޖަމް ކުރަން
  އުދަގޫ ވަނީ ؛ ކީއް ކުރާނީ އަތަށް ގޮވަނީ

  4
  1
 12. ކިނބޫ ރައީސް

  ރީނދުލުން ކަޅި ވެފަ ތިބި ގުންޑާއިންތަކެއް އުޅޭ ގެއެއް ތީ. ލަޔާލް އުޅޭ ބަޔަށް ކޮންމެފަދަ އެއްޗެއްވެސް ލާފާނެ. އެހެން ނޫނަސް ކުރިންވެސް ތިބައިގަނޑުގެ ވެރިކަމުގަ ދައުލަތުގެ މުއައްސަސާތަކުން ކުރަން ޖެހޭ އާންމުންނާ ގުޅޭ ތިިބާވަތުގެ ކަންކަން ކުރުވަމުން ދިޔައީ ޕާޓީ އެކްޓިވިސްޓުން ލައްވާ. ތިގެއަށް ވަދެގެން ތިއުޅޭ ގޮތް ނޭނގޭ ގުންޑާއިިންނަކީ އޭގެ މީހުންކަން ކަށަވަރު.

  3
  4
 13. Miadhu

  މިސަރުކާރުން ކަމެއްކުރަންވީމަ ކޯޓްއަމުރެއް ޔުނީފޯމެއްބޭނުމެއްނުވާނެ ފަހުވަގުތު ލަޔާލް ހައްޔަރުކުރާނެ

  3
  1
 14. ބޮލި މުލައް

  ވެރިކަން ވައްޓާލަން ބޭނުންކުރާ ތަކެތި ހުރިތޯ ބަލަނީ، ވެރިކަން ވައްޓާލަފާނެތީ ލަޔާލް ދެކެ ގަންނަ ބިރުން

  3
  1
  • މަ ަ

   ދެރަކަމެއްނު މިދެން ކޮންކަމެއް.. ފުލުހުންގެ މަސައްކަތް އެމީހުން ކޮއްފާނު.. ހިޔާލް ފާޅު ކުރިޔަސް ތިދެން ތަންކޮޅެއް ބޮޑުވަރު... މިގައުމުގަ މިތިބީ ހަމަ އިންސާނުން.. ސިޔާސީ ވެގެން ގޮސް އެކަކު އަނެކަކަށް އައުގުރާނަ ގޮވާ ކިޔޭ ނުކިޔޭ އެއްޗެއް ނޭނގެ..އެކި މީހުންގެ ހިޔާލު ތަފާތުވާނެ.. އެކަކު އަނެކަކަށް އިހުތިރާމް ކުރަމާ.. ތިކީ އަދި މުޅިން ރަނގަޅު ގޮތެއް ނޯން...

   2
   3
 15. ސަޒުނާ

  ލަޔާލްއަކީ އަންހެނެއްތަ ނޫނީ ފިރިހެނެއްތަ؟