ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ މަސައްކަތް ދެ މިނިސްޓްރީއަކަށް ބަހާލުމުން އެތަނުގެ ޒިންމާތައް އޮޅުންބޮޅުންވެ، ދެމިނިސްޓްރީ އިން ކުރަންޖެހޭ މަސައްކަތް ސާފުނުވެ، އަދި ދެމިނިސްޓްރީގެ މަސައްކަތްތަކުގައި އަރަމުން އައި ފުށުންއެރުންތައް ސަރުކާރުން ހައްލުކޮށްފިއެވެ.

ހައުސިން މިނިސްޓްރީގެ މެންޑޭޓް އަލުން ކަނޑައެޅިއިރު އެމަނިސްޓްރީ އަށް އޮތީ ހަމައެކަނި ބޯހިޔާވަހިކަމެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ފެށިގެން މިހާތަނަށް ހައުސިން މިނިސްޓްރީ އަކީ މާލެ އާއި އަތޮޅުތައް ހިމެނޭ ގޮތަށް، ބޯހިޔާވަހިކަމުގެ މައްސަލަތަކާއި އިމާރާތް ކުރުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުން ފަދަ ޒިންމާ ބޮޑު ތަނެކެވެ.

އާ ސަރުކާރުން ވަނީ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްގެ ނަމުގައި މިނިސްޓްރީއަކާއި ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމުގައި ވެސް މިނިސްޓްރީއެއް އުފައްދައިފަ އެވެ.

ރައީސް އޮފީހުން މިހާރު ވަނީ ދެ ތަނުގެ ވެސް ޒިންމާތައް ވެސް ކަނޑައަޅައިފަ އެވެ. މި ބަދަލުގައި، ހައުސިން މިނިސްޓްރީން ކުރިން ކުރަމުން އައި ގިނަ މަސައްކަތްތައް އޮތީ ޕްލޭނިން މިނިސްޓްރީ އަށެވެ. އެމިނިސްޓްރީ ހަވާލު ކުރައްވާފައި ވަނީ އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި އެވެ. ހައުސިން މިނިސްޓަރަކީ އާމިނަތު އާތިފާ އެވެ.

ހައުސިން މިނިސްޓްރީން ކުރަން ޖެހޭ މައިގަނޑު ކަމެއްގެ ގޮތުގައި އޮތީ، ރާއްޖޭގެ ބޯހިޔާވަހިކަމާ ބެހޭ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ތަންފީޒު ކުރުމެވެ. އެ ސިޔާސަތުގެ ދަށުން ރައްޔިތުންނަށް ދޭ ހިޔާވަހިކަމުގެ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި ދިރިއުޅެން އެކަށީގެންވާ ހިޔާވައްސެއް ކޮންމެ ރައްޔިތަކަށް ހޯދައި ދިނުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް، ކަމާ ގުޅޭ އިދާރާތަކާ އެކު އެކުލަވާލައި ހިންގުން ހިމެނެ އެވެ.

މިއީ ވެރިކަމަށް ދެމަސް ފުރިހަމަ ނުވާ ސަރުކާރުން މިނިސްޓްރީއެއްގެ މަސައްކަތައް ބަދަލު ގެނައި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Miadhu

    ހައުސިންމިނިޓްރީއަކީ ރައިސް މައުމޫނަށް ވެދުމަށްއެރުވި ފޮޓޯގަޑެއް ކަމެއްދިނުން ބޭނުމެއްނޫން ނަމެއްދިނުމުން ފުދޭ

  2. ފުލެޓް

    ހުރިހާ ކަމެއްވެސް އޮޅުން ބޮޅުން...ހަފްތާއެއްގެ ތެރޭ އާއްމު ކުރާނަމޭ ބުނި ފުލެޓް ތަކުގެ ހައްލީ ލިސްޓް ވެސް އޮޅުން ބޮޅުން...

  3. ަީައީސަ

    މިހާރު ގޮތް ހުސްވަނީ ހުރިހާ ރައްޔިތުން ބަލަން ތިބޭ