ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމަށް ހއ.ހޯރަފުށީގައި 2008 ވަނަ އަހަރު ދޭން އުޅުނު ހަމަލާ ހިންގުވި މީހުންގެ މަތިން މައުމޫންގެ އާއިލާ މީހުން ހަނދާން ނެތިއްޖެ ކަމަށް ޕީޕީއެމް ޕީޖީ ލީޑަރު އަހްމަދު ނިހާން ވިދާޅުވެއްޖެއެވެ.
ނިހާން އެހެން ވިދާޅުވީ ހެރިޓޭޖް މިނިސްޓަރު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން، 2008 ގެ ހަމަލާއާ ގުޅޭގޮތުން ކުރެއްވި ޓުވީޓެއް ރީޓުވީޓު ކުރައްވަމުންނެވެ.
މައުމޫނަށް 2008 ގައި ދޭން އުޅުނު ހަމަލާގެ ފޮޓޯއާއެކު ޔުމްނާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެފަދަ ނުރައްކާތެރި ހަމަލާއަކުން ބައްޕަ ސަލާމަތްކޮށްދެއްވީތީ މާތް ﷲގެ ހަޟްރަތަށް ހަމްދާއި ޝުކުރުކުރާ ކަމަށާއި އަދި ހިތްވަރުގަދަ ސްކައުޓް ޖައިޝަމް އިބްރާހީމްގެ މަތިން ހަނދާންކޮށް ޝުކުރުކުރާ ކަމަށެވެ.
ނިހާން ވިދާޅުވީ އެ ނުރައްކާތެރި ޖަރީމާ ހިންގުވި މީހުންގެ މަތިން ހަނދާންނައްތައި ނުލެއްވުން އެދޭ ކަމަށެވެ. "އެއީ ކޮން ބަޔަކު ލާފައިވާ ވިހައެއްގެ ސަބަބުން ޒުވާނަކު ހިންގި ޖަރީމާއެއް ކަން ތިޔަ އާއިލާ ހަނދާން ނެތިއްޖެ ކަމާއި މެދު ޝައްކެތް ނެތް." ނިހާން ވިދާޅުވިއެވެ.
Thiya Nurakkatheri Jareemaa Hinguvi Meehun ge mathin handhaan Nahthaa Nulehvun edhen. Eiee kon bayaku laafaivaa Viha eh ge sababun zuvaanaku hingi jareemaa eh kan thiya aailaa ah handhaan nethijje kamaa medhu shakkeiy neiy. https://t.co/bhJ5oaw9tt
— Ahmed Nihan (@ahmed_nihan) January 8, 2019
އެއީ ކޮން ބަޔަކު ލާފައިވާ ވިހައެއްގެ ސަބަބުން ޒުވާނަކު ހިންގި ޖަރީމާއެއް ކަން މައުމޫންގެ އާއިލާ ހަނދާން ނެތިއްޖެ ކަމާއި މެދު ޝައްކެތް ނެތް ކަމަށް ނިހާން ވިދާޅުވީ މައުމޫންގެ އާއިލާ އިން މިހާރު އެމްޑީޕީ އާއި އެކު މަސައްކަތް ކުރާތީއެވެ.
މައުމޫން އަވަހާރަކޮށްލަން ހޯރަފުށީ މުހައްމަދު މުރުޝިދު ވަޅިއަކުން އެމަނިކުފާނަށް ހަމަލާދިނީ 2008 ވަނަ އަހަރުގެ ޖަނަވަރީ 08 ވަނަ ދުވަހު އެވެ.
މައުމޫންއަށް ހަމަލަދޭން ރޭވުމުގެ ކުށުގައި މުރުޝިދު 12 އަހަރަށް އަދި ވަޅިއަކުން ރައީސަށް ހަމަލާ ދިނުމުގެ ކުށުގައި އެއް އަހަރަށް ޖަލަށްލާން ހުކުމްކުރި އެވެ. ޖުމްލަ 13 އަހަރުގެ ހުކުމެއް މުރުޝިދުގެ މައްޗަށް އިއްވި އެވެ. ހުކުމްގެ ބޮޑު ބައި ވަނީ ތަންފީޒުކޮށް ނިންމާފައި ވަނިކޮށް އޭނާއަށް މުރުޝިދުގެ މައްޗަށް ސާބިތުވި ހުކުމް މާފުކޮށްދިނުމަށް ނުވަތަ ލުއިކޮށްދިނުމަށް މައުމޫންގެ އިއުތިރާޒެއް ނެތް ކަމަށް ކްލެމެންސީ ބޯޑްގައި މައުމޫން ވަނީ މިދިޔަ އަހަރު ދަންނަވާފައިފައެވެ.
ނަމަވެސް މިހާރު މުރުޝިދު ހުރީ މިނިވަންކޮށްފައި ކަމެއް ދައުލަތުގެ އިދާރާއިން މިއަދު ސާފުވާގޮތެއް ނުވިއެވެ.
ނޫނޭ ހަނދާންއެބަހުރި
އެއްއިރަކު ޕޮލިހުން ކަންތަށްކުރުވުމަށް
މަޖބޫރުކުރާ ގޮތަށް ފްރެޝްކޮމް ފަރެންސް ތަށްނެރެ މައުމޫނު
އަތުއޮތްފޯނެއްކުށްވެރިކޮށްހެދުމުގަ އެއްމެ އިސް މީހަކަށްހުރީ ނިހާނު
އެއްމެނަަށްވެސް އެގޭ އެކަން
ކުށަކާނުލާ ކުސެއްއުފަަށްދާ އެކަން
ބޮލުގައަޅުވައިގެން އރފަކީރުމުސްކުޅިވިދުވަ މުސްކޅިސާރިދޯޅަކަށް ހަދާ ޖަލަށްކޮށްޕާލިހަނދާން ރީތިކޮށް
އެބަހުރި
ފުލުހުން ހެކީގެ ގޮތުގައި އެފޯނު ދިނުމަށް ކޯޓުއަމުރެއްގެ ދަށުން އެދުމުން ފޯނު ނުދިނުމަކީ ފުލުހުންގެ ގާނޫނުގައުވާ ގޮތަށް ކުށެއް. ފަކީރު ކުރިއަސް ފަގީރު ކުރިއަސް ކުށެއްވާނީ ކުށަކަށް.
މަޢުމޫނޭ ކިޔައިގެން ތިބޭފުޅާ އަނގަނުހުޅުވާ، ނިހާނު މާލޭގެ މަގުތަކުގަ ބިއްބިތަށްޖެހި ވާނުވާނޭންގޭ ހާލުގަހުއްޓާ މީހަކަށްހަދާދިނީމަ ރައީސްމައުމޫނު ގައިގާ ޖެހީކޮޅުފައިން.
ހަނދާނަކީ ވަރަށް އަވަހަށް ނެތިދާ އެއްޗެއް، ބައެއްމީހުނަށް، މިސާލަކަށް ނިހާނަށް މައުމޫއަކީ ކާކުކަން ހަނދާން ނެތުނީމަ ދެން ކާކު ، މީހެއްގެ މަތިން ހަނދާން ހުންނާނީ އަޅެ މީދޮގެއްތަ ؟ ނިހާނު ބުނެބަލަ.
އެހެންދޯ ވާނީ މަޢޫމޫނު އާއިލާއަށްވެސް އެނގޭ އެއީ އިންތިހާބާދިމާކޮށ ްހަމްދަރުދީ ހޯދަން ކުޅުނު ޑްރާމާއެއްކަން އޭރު ޑީއާރުޕީގަ މަޢުމޫނުގެ އަރިހުގަ އުޅުއްވި އެރަށުގެ ބޭފުޅުން ޑައިރެކްޓްކުރި ފިލްމެއްކަން.. ނިހާނަށް އެަކން އެންމެ ރަނގަޅަށް އެނގޭނީ..އެހެންވީމަ ދުންޏާ ވެސް ޔުމްނާވެސް އެަކން ކުރުވި މީހުންގެ ވާހަކައެއް ނުދައްކާނެއްނު..
ބަލަގަ ރައީސް މައުމޫނު މުސްކުޅިވި ދުވަހު ގައި ބާރު ދައްވެ ހަކަތަ މަދުވި ދުވަހު އެމަނިކުފާނު ނަގާ މަގުމައްޗަށް އެއްލައިލި މީހުން .އެމަނިކުފާނުގެ ސިޔާސީ މުދާ ނަހައްގުން ފޭރިގަތް މީހުން ވާހަކަ ވާހަކަ ދެއްކީމަ މިޔަށް ކިޔަނީ ޖޯކެއް ނޫންތަ.މަޖުލީސް އިންތިހާބު ގާތްވީމަ ފޮޓޯމަތިން ހަނދާންވެ ބިރުގަންނަ ބަޔަކު އުޅޭނެ.ެއެކަމު މިފަހަރު ހިލާ ނުވާނެ.
މައުމޫނުތީ ކިތައްމީހުން ނުހައްްޤުން ޖަލަށްލާފައި ހުރި މީހެއްކަން ހަނދާނެއް ނުނެތޭ.
ނިހާން ތިކަން ވީކީ ތިބުނާހެނެއްނޫން .ތިމާމެންގެ ސަޕޯޓް ނެތި ވެރިކަމާ މަގާމް ހޯދާދިންމީހުންގެ މަތިން ހަނދާން ނެތުނީ ނިހާނު މެން ބުޅަލެއްގެ ނިގުލުގަ ހިފާ ހޫރާލި ހެން އެއްލާލީމާ ދުސްމިނު މީހާ ގެ އަތުގާ ހިފައިގެން ނަމަވެސް ތެދުވާން ޖެހޭނެ. އެއީ ދުސްމަނުންކަން ހަނދާން ނެތުނީކީ ނޫން. އެވަގުތަކު އޮންނަ ދިޔަވަރެއްގާ ކަނބަން ނުދަންނަ މީހާއަޚީ އެއްވެސް މީހެއްނޫން.