ރާއްޖޭގައި މިހާރު ބަނދަރުތައް ހަދާ ގޮތް ރަނގަޅު ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވާ ގާނޫނީ ވަކީލު ހިސާން ހުސައިންގެ ކެމްޕޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ބަނދަރުތައް ހަދަން ޖެހޭނީ ރަށް ވަށައި ވެލި އެނބުރޭ ގޮތަށް ކަމަށާއި ބަނދަރުތައް މިހާރު ހަދާ ގޮތް ކަމަކު ނުދާ ކަމަށެވެ.

"މިހާރު މި ރާއްޖޭގައި ހަދަމުން އަންނަ ބަނދަރުތައް ހެދެމުން އެ އަންނަނީ މާކުރީ ޒަމާނުގައި ވެސް ތޮއްޓަށް ގާ ޖަހައިގެން އެ ބަނދަރު ހެދި އުސޫލުގައި" ނަޝީދު ވިދާޅުވިއެވެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ދުނިޔެ ޓެކްނޮލޮޖީ ގޮތުން ކުރިއަރާފައިވާ އިރު ބަނދަރު ހެދޭނެ އާ ޓެޖްނޮލޮޖީ އެބަހުރި ކަމަށެވެ.

"ސުނާމީއަށް ފަހުގައި ބަނދަރު ހަދަން ފެށީ ވަރަށް ގިނަ ކޮންކްރީޓާއި ވަރަށް ބައިވަރު ހިލަ ބޭނުންކޮށްގެން, ބަނދަރު އަޅުގަނޑުމެންނަށް ހެދެން އެބަ އޮތް ރަށުގެ ވަށައިގެން އެނބުރޭ ވެލި، އެނބުރި އެނބުރި ބަހައްޓައި ވެސް،" ނަޝީދު ވިދާޅުވިއެވެ.

ނަޝިދު ވިދާޅުވީ އިތުރަށް ވިދާޅުވީ ރާއްޖޭގައި ބަނދަރުތައް ހަދަން ހޭދަވާ އަގު ބޮޑުވުމުގެ އިތުރުން އެ ބަނދަރުތައް ބޭނުން ނުކުރެވޭ ތަން ވެސް އަންނަ ކަމަށެވެ.

ބަނދަރުތަކުން ރައްޔިތުންނަށް ލިބޭ ފައިދާ ވެސް އެންމެ ރަނގަޅު ގޮތުގައި ނުހިފޭ ކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވީ ބަނދަރު މި ހަދާ ގޮތުގެ ސަބަބުން ރަށްތަކަށް ލިބެމުން އަންނަ ގެއްލުން އިންތިހާއަށް ރާއްޖޭގެ ރައްޔިތުންނަށް އެބަ ފެންނަ ކަމަށެވެ.

"އެންމެ ފުރަތަމަ ވެސް އަޅުގަނޑުމެން މިކުރާ ކަމަކީ ފިތުރަތުގެ އުސޫލަށް ހުރަސްއަޅަނީ. ގުދުރަތުން ރަށް ވަށާ އެނބުރި އެނބުރި މިއޮންނަ ފަސްކޮޅު ހިފަހައްޓަނީ. ރަށުގެ އެއް ދިމާލުން ކަނޑާލައި، އެ ދިމާލުން ބައްދާލަނީ،" ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް މިހާރު ބަނދަރު ހަދަމުން އަންނަ ގޮތް މިސަރުކާރުން ބަދަލު ކުރާނެ ކަމަކަށް ނަޝީދު ވިދާޅެއްނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ޢަހދބދބ

    އަޅެ މީ ކޮންހައިސިއްޔަތެއް އޮތް ކާކުތަ؟ބައެއްފަހަރު ހީވޭ މީނަޔަށއ ހިވާހެން މީ ގައުމުގެ ރައީސް ހެން އަނެއްބައިފަހަރު މަޖިލިސްރައީސް ހެން އަނެއްބައިފަހަރު ވަރަށް މޮޅު ޕްރޮފެސަރެއްހެން. ޢަސްލު މީ މީނަގެ ކޮއްކޮ ޑރ ނާޝިދު ދޭ ލަފާ. މީނަޔަކަށް ތިމާވެއްޓާ ބެހޭ އަލިފް ވެސް ނޭނގޭ

  2. މޫސާ

    ތިމީހުންނަކަށް އެއްކަމެއްވެސް ނުކުރެވޭނެ. ކުރެވޭނެ ކަމަކީ އިދިކޮޅު ސިޔާސީ މީހުން ފަހާދުވުން.

  3. ކައުންސެލަރު

    ބަލަ ކަލެއަށްތަ ބަނދަރު ހަދަންވީގޮތް އެނގެނީ؟ ބަނދަރުހަދަންވީ އުޑާބިމާ ދޭތެރޭގަތަ؟ ގޮތްކުޑަ ހުންނަ ހަޔާތްކުޑަކަން

  4. ރައްޔިތުމީހާ

    ހަހަހާ ހަމަ ހިނިއަންނަނީ. ގުދޯގުދޯ ގޮވޭއިރުވެސް ނޭނގޭ

  5. ޖޮއްބެ

    ކެކެކެކެ މިއޮއްހުރިހާދުވަހު މީނާ މިދަސްކުރީ ރަށް ވަށައިގެން ވެލިއެނބުރޭގޮތަށް ބަނދަރުހަދަންދޯ. ހައްހައް ތާކުހުރި ގަމާރެއްވިއްޔަ.

  6. ވަނާޖުބޭސާ

    ބ އަތޮޅު ތުޅާދޫ މީހުންނަށާ ޅ އަތޮޅު ހިންނަވަރު މީހުންނަށް ބިން ހިއްކާދިން މޮޅު ގޮތް ދުވަހަކު ވެސް ހަދާނަކުން ނުފޮހެވޭނެ. ތޮއްޓަކާ ނުލާ ބޮޑު ފަސްފުންޏެއް ބާއްވާނެ ގޮތް އިޖާދު ކޮށްދީފަ ވެރިކަމުން ފޭބީ ލޮދިލޮދިކޮށް

  7. ނަސީދާ

    ފިތުރަތުގެ އޮވޭތޯ ރަސޫލާއަށް ހަޖޫ ޖެހުން؟

  8. ވާނުވާ

    ތީ ފައްކާ ބްރާންޗެށް. ކޮންމެ ރެޔަކު ކޮންމެވެސް މޮޅުވާހަކައެއް ފަޅާލާނެ. ކަލޭ ރަނގަޅުވާނެ ރޯދަމަހު ކުރުވާހަކަ ކިޔަން.

  9. އެބައުޅޭ،

    އަހަރުމެން ރަށުގެ ދެކުނުފަރާތައް ދުވަހަކުވެސް ފަސްލޮޅެއްނާދޭ، އުތުރު ފަރާތުގާ ވަރަށް ގިނައިން ފިނޮޅުތައް އުފެދޭ، ދެން ކިހިނެއްވެ ރަށްވަށާ ފަސްގަޑު ބުމަރެއްހެން އެބުރޭވާހަކަ ތިދައްކަނީ.

  10. ހަސަނާ

    މީނާ ބުންޏަސް އެއީ ހަމަ ރަނގަޅު ވާހަކައެއް.. ދެރައީ މި ބައިގަނޑުގެ މީހުންގެ ގައިގައި ދީނާއި ދުރުވިސްނުން ހުންނާތީ.. އެކަން ރަނގަޅު ނަމަ މިމީހުންނަކީ ހާދަ ކުރިއަރާދާނެ ބައެއްކޭ

  11. ޢަލީ

    ހުރިހާ ރަށެއްގެ ބަނދަރު މިހާރުހުރީ ހަދާނިމިފައި އެހެންވީމާ ތި ޕްރޮޖެކްޓް ހިންގޭނީ އަނެއްދިވެހިރާއްޖޭގަ. ވ ސަލާމް ކޮސްްބޭ

  12. މަދީހު

    ހަމަގައިމުވެސް އައްޑޫ ސިޓީގައި ހެދި 2 ދުވަހުގެ ކޮންވެންސެންޓަރ ހެދިގޮތް ރަގަޅުވެފައި ބަދަރުތައް ގޯސްވީ މީހަމަ ފައްކާ މަކުނެއް!

  13. މަދީހު

    ހަމަގައިމުވެސް އައްޑޫ ސިޓީގައި ހެދި 2 ދުވަހުގެ ކޮންވެންސެންޓަރ ހެދިގޮތް ރަގަޅުވެފައި ބަދަރުތައް ގޯސްވީ މީހަމަ ފައްކާ މަކުނެއް! ރާއްޖެތެރޭގެ ރައްޔިތުންގެ ބޯކެވޭނެހާ ވާހަކަތައް ތިލަކޮށް ދައްކަމުންދަނީ އެންމެބޭނުމެއްގައި ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ބޭނުންވާތީ! ރައްޔިތުންނޭވޭ ހޭއަރާތިބޭތި މިފަހަރުވެސް ޅައެއްޗެއް ނާޅާތި!

  14. ތަންމަތި

    ރޯނުއެދުރުވެސް މީނަ ފެނުނީމަ މިހާރު ލަދުގަނޭ. އޭ ނަޝީދޫ، އިބޫ ބުނީ 1.4 ބިލިޔަން ޑޮލަރު ލޯނު ނަގާފަ، ދަރަނި އަދާކުރަމުން މިހާރު ހަރަދުކުރެވެނީ 5 ދުވަހަށް ބަހާލައިގެން 4ރ ޔޯ. އެހެންވެ ތިތަންތަން ހަދާވާހަކަ ނުދައްކާށޯ

  15. މޫސަ

    އެ ގޮތް ބުނެދޭކަށް ނޭންގޭނެ ކޮސް ގޮވަނީ ރައްޔިތުން ގަޅިހައްދަން

  16. ސޭޓުގެ އަނބިމީހާގެ ފިރިމީހާ

    ރޯނު އެދުރުގެ ހަރަދުގަ އެނބުރޭ ވެލީގެ ބަނދަރެއް ހަދާފަ ދައްކާލިނަމަ

  17. އަޙްމަދު

    ނަޝީދު ދެއްކިޔަސް އެއީ ރަނގަޅު ވާހަކައެއް. މިހާރުގެ ބަނދަރު ކޮންސެޕްޓަކީ ރަށްގިރުމަށް ދިމާވާ އެންމެ ބޮޑު ސަބަބު. އީ.ޕީ.އޭ ގެ ބަހެއް މިކަމުގައި ހޯއްދަވާ

  18. ލަބީބު

    މިޒަމާނުގައި ބަނދަރުތައް ހަދާއުޅެނީ މަތިން ތިރިޔަށެވެ. އެއްގަމު ތޮއްޓާ ގެބުރު ތޮށިލަނީ ބިއްލޫރިން އަރިހުރަހަށެވެ.

  19. عبدالله

    މިރާއްޖޭގައި ތަންދޮރު އޮޅުންފިލާ މީހަކަށް ހުރީ ހަމައެކަނި މިމީހާހެއްޔެވެ؟

  20. ޓުކުރި

    ރަނގަޅު ވާހަކައެއް،ބަނދަރު ހަދަންވީ ރަށާދުރުގަ..އޭރުން އޮންނާނެ ވެލިގަނޑު މޮޑެން
    ފްލޯޓިން ބަނދަރު،ދެން ބޮއްކުރާގައި ރަށަށް ފައިބާނީ އޭރުން މިކަލޭގެ ބޭނުންވާ ރާއްޖޭގައި އުޅެވޭނީ ހައްހައްހާ

  21. އަލަތު

    ތީ ޕްރޮފެސަރެއް ނޫން.........ޕްރޮސެސަރެއް ތީ

  22. ފަރީދު ޖައުހަރީ

    ހޫނ ދެން ކޮބަޔޯ ހަދަންވީ ގޮތަކީ. މިޔަސޮރެއް ބަލަން ޖެހިފަ އޮތް ގައުމެއްމީ.

  23. މަރީ

    މީނަ ބަނދަރު އަޅަން ތިއުޅޭގޮތަކީ އެއްވެސް ދިވެއްސަކު މިހާރު ޤަބޫލުވާނެކަމެއްނޫނެވެ. ރުކުފަނާއި ދަނޑިޖަހައިގެން ކޭބަރު ވިއްދައިގެން މިހާރާކުބަނދަރު އަޅަން އެއްވެސް ރައްޔިތަކު ޤަބޫލެއްނުވާނެ.އަތިރިއަށް ފާޚާނާ އަށް ދާން އެއްވެސް ބަޔަކު މިހާރަކު ބޭނުމެއްނުވާނެ.ރުކުފަނާއި އިލޮށި ބޭނުންކޮށްގެން ގެއް އަޅަން އެއްވެސް ބަޔަކު ބޭނުމެއްނުވާނެ.މަގޫ ފަތް ކާން އެއްވެސް ބަޔަކު އެއްބަހެއްނުވާނެ. މީނަ ޔާމީން މިުރާއްޖެއަށް ގެނެސް ދެއްވާފައި ހުރި ތަރައްޤީ ގެ އަގުވައްޓާލަން ކިތައްމެ ވާހަކަ އެއްދެއްކިޔަސް އެކަމެއް މިޤައުމަކުން ފޮހެވިގެން ނުދާނެއެވެ.