ދިވެހިރާއްޖޭގެ ޗާޕުގެ މަސައްކަތް އެންމެ ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ނޮވެލްޓީގެ ވެރިޔާ އަލީ ހުސެއިން އަވަހަރާވެއްޖެ އެވެ.
އަލީ ހުސައިން އަކީ ގިނަ އަދަދެއްގެ ފޮތް ހާއްސަކޮށް ތާރީޚީ ގިނަ ފޮތްތަކެއް އަމިއްލަފުޅު ޚަރަދުގައި ޗާޕް ކޮށްދެއްވާ ދިވެހި ތާރީޚަށް ފަހުގެ ތާރީޚެއްގައި އެންމެ ގިނަ ޚިދުމަތް ކޮށްދެއްވި އެއް ޚިދުމަތްތެރިޔާ އެވެ.
ޗާޕް ކުރުމުގެ އިތުރުން ޢަލީ ޙުސައިން އަކީ ތާރީޚަށާއި އަދަބިއްޔާތައް ލޯބިކުރާ، ތާރީޚީ ގިނަ ލިއުންތަކެއް އެއްކުރައްވައި ތާރީޚީ ފޮތްތަކެއްވެސް ޕަބްލިޝް ކުރައްވާފައިވާ ޚިދުމަތްތެރި ބޭފުޅެކެވެ.
އަލީ ހުސައިން ވަނީ ކުރިން ސަރުކާރުގައި ވެސް މަސައްކަތް ކުރައްވާފައެވެ. އޭނާ ސަރުކާރުގެ ޚިދުމަތް ފެއްޓެވީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައެވެ. ރައީސް ނާސިރުގެ އޮފީހުގައި އަލީ ހުސައިން މަސައްކަތް ކުރެއްވިއެވެ.
ދިވެހިރާއްޖޭގައި ޗާޕުގެ މަސައްކަތް ތަރައްޤީކުރުމުގެ ދާއިރާއިން އަލީ ހުސެއިނަނަށް ސަރުކާރުން ވަނީ އާއްމު ހިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމް 2003 ވަނަ އަހަރު ދެއްވާފައެވެ. އަދި ހިތްވަރު ދިނުމުގެ އިނާމާއި މިނިވަން 25 ގެ އިނާމް ވެސް ވަނީ އޭނާ ދެއްވާފައެވެ.
އަލީ ހުސައިން އާއި ބެހޭ ގޮތުން ލިޔެފައި ހުރި ބައެއް ލިޔުންތަކުގައި ބުނެފައިވާ ގޮތުގައި އަލީ ހުސައިން އެންމެ އުފާފުޅު ވަނީ އޭނާ އަށް "ވާރެޔާފުށި އަލީ ހުސެއިން" ގެ ނަމުގައި މުހާތަބު ކުރެއްވުމުންނެވެ. އަލީ ހުސައިން އަކީ މ.އަތޮޅު ވަރޭޔާފުށްޓަށް އުފަން ބޭފުޅެކެވެ. މިހާރު އެރަށުގެ ގިނަމީހުން ދިރިއުޅެމުން ގެންދަނީ މ.އަތޮޅު ކޮޅުފުށީގައެވެ.
ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ނިމުމާއެކު ރާއްޖޭގެ ފުރަތަމަ ބޯރޑިންގ ދާރުލްއިގާމޭގެ ނަމުގައި ހުޅުވުނެވެ. އަދި ކޮންމެ އަތޮޅަކުން ދެކުދިން މާލެ ގެނެވުނެވެ. އޭރު މުލަކު އަތޮޅުން ގެނެވުނު ދެކުދިންގެ ތެރެއިން އެއްކުއްޖަކު ދުންފަތުގެ އިސްތިއުމާލްކުރުމަށް ހިފާފައި ހުރި ފޯރިއަކުން އަނބުރާ ރަށަށްފޮނުވާލެވުނެވެ. އަދި ބަދަލުގައި އަލީ ހުސެއިން މާލެ ގެންނަވާ ބޯރޑިންގ އިން އޭނާ އަށް ފުރުސަތު ދެއްވިއެވެ.
إنّ
إنّاللّه وإنّاإليه راجعون މަރުޙޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން
ޔާﷲ އާމީން
އިންނާލިއްލާހި ބައިންނާ އިލައިހި ރާޖިޢޫން
ފިސާރި ޙިދުމަތްތެރި ބޭފުޅެއް އަޅުގަނޑުމެންނާ ތިޔަ ވަކިވެދިޔައީ. ހަގީގަތަށް ބުނަންޏާ، ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް މުޅި ރާއްޖެއަށް.
ޢަލީ ޙުސައިން ދިވެހި ކުޔުންތެރިންނަށް ކޮށްދެއްވީ އަގުހުރި ޚިދުމަތުގެ ހެޔޮޖަޒާ މިންވަރު ކުރައްވާށިއެވެ. އެއީ ވަރަށް މަޢުލޫމާތު މުއްސަނދި މޮޅު ލިޔުއްވުންތެރިއެކެވެ.
ޢަލީ ޙުސައިން ދިވެހި ކުޔުންތެރިންނަށް ކޮށްދެއްވި އަގުހުރި ޚިދުމަތުގެ ހެޔޮޖަޒާ މިންވަރު ކުރައްވާށިއެވެ. އެއީ ވަރަށް މަޢުލޫމާތު މުއްސަނދި މޮޅު ލިޔުއްވުންތެރިއެކެވެ.
ވާރެޔާފުށީގެ ނަން މިހާރު އެވަނީ ގެއްލި ގޮސްފައި. އެއީ ތަންތަނުގެ ކުރީގެ ނަން ބަދަލުކޮށް އާނަމެއް ދިނުމުން ތާރީޚަށް އޮޅުން އަރާ ގޮތުގެ ވަރަށް ހެޔޮ މިސާލެއް. ޙަޤީޤަތުގައި ކޮޅުފުށްޓާއި ވާރެޔާ ފުށްޓަކީ ޒަމާނުއްސުރެ ވަކި ދެ ރަށެއްގެ ލަޤަބު ލިބިފައި އޮތަސް ބޮޑު މާރަށެއްގެ ދެކޮޅު. މެދުގައި އޮތީ ބޯ ޖަންގަލި. އެރަށު އުތުރު ކޮޅަކީ ވާރެޔާ ފުށި. ދެކުނު ކޮޅަކީ ކޮޅުފުށި. ނަން ކިއިފައިފާ ގޮތާމެދު ވިސްނާލުމުން އަޅުގނަޑުގެ ހިތަށް އަރަނީ އެއް ޒަމާނެއްގައި އެތަނުން މައި އާބާދީއަކީ ވާރެޔާފުށިގެ އާބާދީއޭ. އަނެއް އާބާދީއަކީ އެ ރަށުގައި އަނެއް ކޮޅުގައި ފަހުން އުފެދުނު އާބާދީއެކޭ. ވަﷲއަޢުލަމު.
ދެންފަހެ ދެރަށަށް ވަކި ދެ މަދަރުސާ އެޅުމުގެ ބަދަލުގައި އެ ދެރަށުގެ މެދުގައި ވާ ބޯ ޖަންގަލީގައި މ. އަތޮޅު މަދަރުސާ ބިނާކުރެވުނީ އައްޑަިހައިގެ އަހަރުތަކުގެ ކުރީކޮޅުގައި. އެއަށްފަހު އެ ދެރަށުގެ ނަން އެއްކޮށްލާފައި ކޮޅުވާރެޔާފުށިގެ ނަމަށް ބަދަލު ކުރެވުނު. އަދި ކޮޅުފުށީ އަވަށައި ވާރެޔާފުށި އަވަށުގެ ގޮތުގައި ދެރަށް ބަދަލުވި. އަހަރުތައް ފާއިތުވަމުން ދިޔަދިޔަހެން މީސްތަކުންގެ ދޫމައްޗަށް ކޮޅުވާރެޔާފުށި މި ނަން ބަރުވެ ލުއިކޮށްލުމުގެ ގޮތުން 'ކޮޅުފުށި' މިނަން ދޫމަތީގައި ހަރުލި. ސުނާމީ އެރި އިރުވެސް އަދި އޭގެ ފަހުން ވެސް ވާރެޔާފުށީ މީހުން އެ އުޅެނީ އެމީހުންގެ އަވަށުގައި. ކޮޅުފުށި މީހުން ވެސް އުޅެނީ އެމީހުންގެ އަވަށުގައި.
ވާރެޔާފުށި އެއީ އޮންނަ ރަށެއްނޫން، އޮންނަނީ ހަމައެކަނި ކޮޅުފުށި
ސުނާމީގައި ކޮޅުފުށްޓަށް ލިބުނު ކޮންމެ ގެއްލުމަކީ ހަމަ ވާރެޔާފުށްޓަށް ވެސް ލިބުނު ގެއްލުމެއް. ސުނާމީއަށްފަހު ކޮޅުފުށި އަލުން ބިނާކުރުމުގައި ދިމާވި ގޮންޖެހުމަކީ ސަރުކާރުންނާއި ބޭރުގެ އެހީދޭ ޖަމާޢަތްތަކުން ވެސް ބޭނުންވީ ދެ އާބާދީގެ މެދުގައިވާ ހުސް ބިމުގައި ދެއަވަށުގެ މީހުންނަށްމެ އާ ގެފަތި ބިނާކޮށްދޭން. އެކަމު ކޮޅުފުށި މީހުން ވެސް ވާރެޔާފުށި މީހުން ވެސް ބޭނުންވީ އެމީހުންގެ ބޮޑަތި ގޯތިތައް ދޫކޮށްނުލާން. 3000 އަކަފޫޓުގެ ގޯތި ކަމުނުގޮސް، ކުރިންވެސް ދިރިއުޅުނު ބިމުގައި ގެ ޢިމާރާތްކުރަން. މައްސަލަ އެތައް އަހަރަކަށް ދިގުލައި ދިޔައީ މިކަމުގެ ބަހުސްގައި.
انا لله وانا اليه راجعون
انالله وانااليه راجعون