ޝަރުޢީ ދާއިރާ އާއި ބެހޭ ގޮތުން ހުސްނުއް ސުއޫދު ދެއްކެވި ވާހަކަފުޅުގެ ތަފްސީލް ސުޕްރީމް ކޯޓާއި ހިއްސާކުރަން މަރާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤު ރިޔާސީ ކޮމިޝަނުން ދެކޮޅުހަދައިފިއެވެ.

މިހާރު ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ އަހްމަދު މާޖިދު ވިދާޅުވީ ކޮމިޝަނުން ދެއްކެވި ވާހަކަފުޅުގެ ތަފްސީލް މިމަހުގެ 06 ވަނަ ދުވަހުގެ ކުރިން ސުޕްރީމް ކޯޓާއި ހިއްސާކުރަން ސުޕްރީމް ކޯޓުން ކޮމިޝަނުގައި އެދުނު ކަމަށާއި އެސިޓީގެ ޖަވާބު އިއްޔެ ކޮމިޝަނުން ސުޕްރީމް ކޯޓަށް ފޮނުއްވާފައިވާ ކަމަށެވެ. އެމައުލޫމާތު ހިއްސާ ނުކުރައްވާނެކަން އިއްޔެ ކޮމިޝަނުން ސުޕްރީމް ކޯޓަށް އަންގާފައިވާ ކަމަށް މާޖިދު ވިދާޅުވިއެވެ.

މާޖިދު ވިދާޅުވީ ސުއޫދު ދެއްކެވި ވާހަކަފުޅުގެ ތަފްސީލް ހިއްސާ ނުކުރެއްވުމުން އެއީ އެކަށީގެންވާ ހެކި ހުރެގެން ދެއްކެވި ވާހަކަފުޅެއް ނޫންކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި މައުލޫމާތު ހިއްސާ ނުކުރެއްވުމުގެ ސަބަބުން ސުއޫދުގެ އިހްލާސްތެރިކަމާއި މެދު ދިވެހި ރައްޔިތުންނާއި ޝަރުއީ ދާއިރާ އިން ސުވާލު ކުރައްވާ ކަމަށް ވެސް މާޖިދު ވިދާޅުވިއެވެ.

ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ މާޖިދު – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ މާޖިދު – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"ތަފްސީލް ސުޕްރީމް ކޯޓާއި ހިއްސާ ކުރައްވަން އަލްއުސްތާޛް ހުސްނުއް ސުއޫދު އިންކާރު ކުރެއްވި ކުރެއްވުން އެއީ ރައްޔިތުންގެ މެދުގައި ވެސް އަދި އަޅުގަނޑުމެންގެ މެދުގައި ވެސް ސުވާލު އުފެދޭ ކަމެއްކަން ފާހަގަ ކުރަން. އެއީ ހަރުދަނާ ހެކިތަކެއްގެ މައްޗަށް ރަނގަޅު އަސާސްތަކެއްގެ މައްޗަށް ބިނާކޮށް ދެއްކެވި ވާހަކަފުޅުތަކެއް ނަމަ އެކަންކަން ސުޕްރީމް ކޯޓާއި ހިއްސާ ކުރަން ދެކޮޅު ހައްދަވަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަކަށް ގަބޫލެއް ނުކުރަން. މައުލޫމާތު ހިއްސާ ކުރައްވަން އިންކާރު ކުރެއްވި ކުރެއްވުމަކީ އެދެކެވި ވާހަކަފުޅު ތަކަކީ ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއްކަމާއި ރަނގަޅު ނިޔަތެއް ނެތި ދެއްކެވި ވާހަކަފުޅުތަކެއް ކަމަށް ގަބޫލު ކުރެވޭ." މާޖިދު ވިދާޅުވިއެވެ.

މާޖިދު ވިދާޅުވީ ހުރިހާ ތަނެއްގައި ވެސް މައްސަލަތައް ހުންނާނެ ކަމަށާއި މައްސަލަތައް ހައްލު ކުރަން ޖެހޭނީ ހުރިހާ ފަރާތްތަކަކުން ގުޅިގެން ކަމަށެވެ.

"ހުރިހާތަނެއްގައި ވެސް މައްސަލަތައް ހުންނާނެ. މައްސަލަތައް ހައްލު ކުރަން މަސައްކަތް ކުރަންވާނީ ގުޅިގެން އިހްލާސްތެރިކަމާއި އެކު." މާޖިދު ވިދާޅުވިއެވެ.

އަދުލްއިންސާފު ގާއިމް ކުރުމަށްޓަކައި ހުރި މުއައްސަސާތަކުގައި ހުރުމަތަކާއި ގަދަރެއް ވެސް އޮންނަ ކަމަށާއި އެގަދަރާއި ހުރުމަތް ރައްކާތެރިކަން ކުރެވެނެ އުސޫލުތައް އެބައޮތް ކަމަށް މާޖިދު ވިދާޅުވިއެވެ.

ސުއޫދު ދެއްކެވި ވާހަކަފުޅަކީ ކޯޓުތަކުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައި ބެލޭނެ ކަމަށާއި ނަމަވެސް ފިޔަވަޅު އަޅުއްވާނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ލާމު

    ސުޢޫދަކީވެސް ކަންކަން ރަނގަޅުކުރަން އުޅޭމީހެއްނޫންކަން އެނގިއްޖެ. ކޮންމެވެސް ބައެއްގެ ރުހުން ހޯދަން މޮޅު ވާހަކައެއް ދައްކާލީބާ. އެކަމަކު އެއީ ކޮންމެވެސް ވަރެއްގެ ހަގީގަތެއް އެކުލެވޭ ވާހަކައެއްކަމަށް ގަބޫލުކުރެވޭ. ފަހަރެއްގައި ހެކި ނުހުރެދާނެ.

  2. ބެއްޔާ

    ސުޕްރީމް ކޯޓަށް ވުރެ ކޮމިޝަން މަތިވީތަ؟

  3. އިންސާފް

    ތި ސުއޫދު ހައްޔަރުކުރަންވީ ހުސްދޮގު ހަދާމީހެއް ތީ ރައްޔިތުން ބޮލަށް ޗިޕް ޖެހުން ނޫން އެހެންކަމެއް ތީނަގެ ނެތް

    • ސަޕްނާ

      ލަސްވެސް ވެއްޖެ

  4. ލިން

    ރަނގަޅު ތަހުޤީޤުތައް އެއްކޮށް ނުނިމެނީސް އެކައްޗެއްވެސް ނުދޭތި ލީކުކުރާނެ..އިތުބާރެއް ނެތް...

  5. 1ފެބް

    ދެން އަހަރުން ނުކުންނަންވީދޯ މަގުމައްޗަށް ސުޕްރީމް ކޯޓުން އެދުނު މައުލޫމާތު ދޭށޭ ކިޔާފަ. ގާނޫނުތަކަށް ބޯލަނބާ ސަރުކާރޯ.

  6. މޫސަ

    ސުޢޫދަށްވުރެ ސްޕްރީމް ކޯޓް ބަލިވެއްޖެ. ސަރުޢީ އެންމެ މަތީ ކޯޓަށްވުރެ ރައީސް އުފައްދަވާ ކޮމިސަނެއްގެ ބާރު މާގަދަވެއްޖެ ރައީސުލް ޖުމުހޫރިއްޔާއަށްވުރެ ދިވެޖިރައްޔިތުންގެ މައްޗަށް ބަސް ބުނުމުގައި އެމް ޑީ ޕީގެ ރައީސްގެ ބާރު މާގަދަވެއްޖެ

  7. މުހައްމަދު

    ސްޕްރީމްކޯޓް ގަދައީޔާ ނިކަން ތިޔަކޮމިށަން އުވާލަބަލަގަ.

  8. އަދަބު

    ސޫދު އަވަހަށް ހައްޔަރުކުރަން ސުޕްރީމް ކޯޓުން އަމުރެއް ނެރެންވީ. އެއަށްވުރެ މައްޗަކު ނުހުރެވޭނެ ސޫދަކަށްވެސް. ކޮމިޝަނުން މަޢުލޫމާތު ނުދިނަސް ސޫދަށް މަޢުލޫމާތު ދެވެން ޖެހޭނެ. ނުދިނުމަކީ ކުށަކަށްވާނީ

  9. ލަބީބު

    ބަލަގަ އެއީ ބަޔަކު ލޔެފައިދީފަ މިގޮތަށް ކިޔާށޭ ބުނެފައި ދިން ލިޔުމެކެވެ. ދެން އަލުން އެވާހަކަކިޔަން އުދަގޫވާނެއެވެ. އެއީ ހެއްކެތް ޤަރީނައެއް އތް އެއްޗަކަށް ނުވާތީއެވެ،

  10. ޙަސަން

    އަވަހަށް މިކަލޭގެ ހައްޔަރުކޮށް ކޯޓު ތަކުގެ ހުރުމަތް ކެޑި މައްސަލަ ބަލަން ޅިޔަނު ޕޮލިސް ކޮމިސަނަރަށް ދެ އަތް އުފުލާ ގޮވާލަން.

  11. ޙުސައިން

    ޚިޔާލީ ވާހަކައެއް ސޫދު ދެއްކެވީ (އަތުގައި އެއްވެސް ސަލާމަތީއެއް އޮވެގެނެއްނޫންދޯ އެވާހަކަ ދެއްކީއަކީ)

  12. މަސްވެރިޔާ

    ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ވަކި ކަމަކަށް އެންގުމުން އެކަމެއް ނުކުރުމީ އެކޯޓަށާއި އުންތަމަ ފަނޑިޔާރާއި އެހެންފަނޑިޔާރުންގެ އަގުވައްޓާލުން 3 ބާރު ވަކި ކުރެވިފައިވާ ނިޒާމެއްގައި ސްޕްރީމް ކޯޓަށްވުރެ ރައީސް އައްޔަން ކޮށްފައިވާ ބޭފުޅެއްގެ ނުވަތަ އެކުލަވާލާފައިވާ ކަމިޝަނެއްގެ ބާރު ގަދަވެ ކޯޓަށް ގޮންޖެހޭނެ ގޮތެއް ނޮއޮންނާނެ. ސުއޫދު ކުރިމިނަލް ކޯޓްގެ ފަނޑިޔާރުންނާއި ބެހޭގޮތުން ދެއްކެވި ވާހަކަތަކަކީ އެކަމަށް ފިޔަވަޅު ނައަޅާ ދޫކޮށްފިނަމަ މިފަދަ ދޮގްވާހަކަ އެހެން މީހުން ދެއްކުމުގެ ފުރުސަތު އޮންނާނެކަމެއް.

  13. ބުރޯ

    މާގިނަ ވާހަކަ ބޭނުމެއްނުވޭ އެމްޑީޕީ ސަރުކާރުން މީގެ ކުރިން ކޯޓްތައް އުވާލުމުގެ ގަރާރެއް ނެރެން އުޅުނު ިކަމަށް ދެކެވުނު ވާހަކަ ހަނދާނަށް އާދޭބާ ؟މިފަހަރު މިފެއްޓީ އެކަން ތަންފީޒުކުރުމުގެ މަރުހަލާތަށް ވީމާ އަވަސް ފިޔަވަޅުއަޅައިގެން ސަރުއީނިޒާމް ސަލާމަތް ކުރައްވާ.

  14. ޒަކަރިބެ

    ކަލޯހުސްނޫނު ރައްޔިތުންނަން އޮޅުވާލަން ނޫޅުއްވާ!!

  15. Miadhu

    ހިފާހައްޔަރުކުރޭ ތިއީ މިގައުމުގެ ޝަރުއީދާއިރާއަށް ހުރި ނުރައްކަލެއް

  16. ދޮން ބައްޕަ

    ތިސުޢޫދަކީ ޙިކްމަތްތެރި ކަމުގެ ކަންފުޅެއްވެސް ނެތް މީހެއްކަން ސާބިތު ވެއްޖެ. އަދި ތި ކޮމިޝަނަކީ ޖުޑީޝަރީއަށް މަލާމާތް ކުރުމާއި އަގުވައްޓާ ލުމުގެ ބޭނުމުގައި އުފެއްދި ބައެއްކަން ވެސް ހާމަވެއްޖެ. ހަމަ އެއާއެކު ކޮމިޝަން ބޭޒާރު ވެއްޖެ.

  17. ރެކިބެއްޔާ

    ލައްކަ ދުވަހު ޝަރުއީ ނިޒާމު ހައިޖެކްކޮށްގެން އުޅެވިއްޖެނު. މިހާރު މިއޮތީ ރައްޔިތުންނިކުމެ ތިޔަ ތަން އިސްލާހުކުރުމަށް. ލައްކަ ދުވަހު ރިޝްވަތު ކައިގެން ދިވެހި ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެގެން އަންބޮޑި ބޮޑުކޮށްފި. ވަގަކަށް ހާސްދުވަސް ވެރިއަކަށް އެއް ދުވަސް.