"ލާދީނީ" މިބަސް ބޭނުން ކުރާ މީހުން 15 އަހަރަށް ޖަލަށް ލާނެ ޤާނޫނެއް މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ކުރީގެ ރައީސް އަދި މާލޭ މެންބަރުކަން ވެސް ކުރިން ކުރެއްވި އިބްރާހިމް އިސްމާއިލް (އިބުރާ) ކެމްޕޭނެއް ފަށައިފިއެވެ.

ހުރިހާ މިސްކިތެއް ބަންދުކޮށް ނަމާދު ކުރާނެ ބޮޑު ދެ އިމާރާތް އަޅަަން އިބުރާ ޚިޔާލުފާޅު ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާ އަށް ވަނީ އަމާޒުވެފައެވެ. އަދި އިބުރާގެ ވާހަކަތަކަކީ ލާދީނީ ވާހަކަތަކެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ފާޑުކިޔުންތަކާއި ގުޅިގެން ރުޅިގަދަވެފައި ހުރި އިބުރާ ކުރި ޓްވީޓެއްގައި ބުނީ "އަހަރެން މިފަހަރު ވޯޓް ލާއިރު އިސްކަން ދޭނީ އެއްވެސް މީހަކާއި ދިމާއަށް "ލާދީނީ" އޭ ބުނުމަކީ 15 އަހަރުގެ ޖަލު ޙުކުމެއް އަންނަ ކުށެއް ކަމަށް ބުނާ ޤާނޫނެއް ހުށަހަޅައިދޭނެ މީހަކަށް" ކަމަށެވެ.

އިސްލާމްދީނާއި ޚިލާފު އެތައް ވާހަކައެއް ތަކުރާރުކޮށް އެތައް ފަހަރަކު ދައްކަވާފައިވާ ކުރީގެ ފޮރިން މިނިސްޓަރ ޑރ.އަހްމަދު ޝަހީދު ވެސް ވަނީ އިބުރާގެ ވާހަކަތަކަށް ތާއިދުކޮށް ޓްވީޓެއް ކޮށްފަައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އެކްޓިން ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ޓެގް ކުރުމަށް ފަހު ޝަހީދު ކުރި ޓްވީޓްގައި ބުނީ ކަޓަރު އެޅުން ހުއްޓުވަން ބޭނުން ނަމަ އެކަކު އަނެކަކަށް "ލާދީނީ" އޭ ގޮވުން މަނާ ކުރާނެ ޤާނޫނެއް ފާސްކުރަން ޖެހޭ ކަމަށެވެ.

ލާދީނީވުމަކީ ސެކިއުލާ (ދީނާއި ސިޔާސަތު ވަކިކުރުމުގެ ފިކުރު)، ނޫނީ އަރަބި ބަހުން މިކިޔާ އަލްމާނީ ފިކުރު ކަމަށާއި އޭގެ މާނައަކީ ފަހަރެއްގައި ވެސް މުރުތައްދުވުން ނުވަތަ ދީނުން ބޭރުވުމެއް ނޫން ކަމަށް ދީނީ އިލްމުވެރިން ވިދާޅުވެއެވެ.

ލާދީނީއޭ ކިޔާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޑުކުރަމުން ދާއިރު އިސްލާމްދީނާއި ހިލާފު ވާހަކަތައް ދައްކާ މީހުންނަށް ވަރަށް ބޮޑަށް ފާޑުކިޔާ ސިރޫ އާޓްސްގެ ނަމުގައި ފޭސްބުކް ޕޭޖެއް ހިންގަމުން އަންނަ މުހައްމަދު ސިރުހާން ފުލުސް އޮފީހަށް ހާޒިރުކޮށް ވަނީ ސުވާލު ކޮށްފައެވެ.

ސިރުހާން ފުލުސް އޮފީހަށް ހާޒިރު ކުރި ނަމަވެސް މުސްލިމުން ހިތްހަމަނުޖެހޭ ގޮތައް ވާހަކަތައް ދެއްކުމުން ގިނަ ބައެއްގެ ނުރުހުން ލިބިފައިވާ އައިޝަތު އާނިޔާ އާއި އިބުރާ ފުލުސް އޮފީހަށް ހާޒިރު ކުރިކަމުގެ މައުލޫމާތެއް ލިބިފައެއް ނެތެވެ.

މީސް މީޑިއާގައި ވާހަކަ ދެކެވޭ ދެފަރާތުން ވެސް އަނިޔާ އަދި ނަފްރަތު އުފެދޭ ވާހަކަތަކާއި ހާއްސަކޮށް ބިރުދެއްކުން ފަދަ ކަންތައްތައް ނުކުރަން ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. މޫސަ

    ލާދީނީ، ލާދީނީ، ލާދީނީ، ލާދީނީ، ޖަލަށް. ކޯބްރާ ކިޔައިފުިއްޔާ އޮތީ ކޮން ގޮތެއްބާ؟ ބޯގަމާރު

  2. އަބުޅޯ

    ތިއީ ހަމަ "ލާދީނީ" ބައިގަނޑެއް. ޖަލަކަށްނޫން ވަލަށް ލިޔަސް މިހެން ކިޔާނަން.

  3. އިބްރާހިމް މުހައްމަދު މަނިކު

    އަހަރެން 100 އަހަރަށް ޖަލަށް ލިޔަސް ކިޔާނީ ކިޔާނީ އެއްޗެއް. އެކަމެއް ނުހުއްޓުވޭނެ.

  4. މަގުބޫލް

    ބަލަ މި އިސްލާމީ ގައުގައި މުސްލިމުންގެ ޔުނީފޯމުގައި ތިބެ މާތްވެގެންވާ އިސްލާމް ދީނާ އަދި އެދީނުގެ ތަނބުކަމުގައިވާ މިސްކިތަކަށް ފާޅުގައި ފާދުވިދާޅުވާ ފަރާތްތައް އެއްވެސް ތަނަކަށް ހާޟިރެއްނުކުރެއެވެ. ދީންނަގަހައްޓައި ހިމާޔަތް ކުރަންޖެހޭ އޮފީސްތައް މި ދަރަޖައަށް ނުކަމެތިވީތޯ؟

  5. ނަންނަ

    ލާދީނީ ބައިގަނޑު. ދެން ޖަލަށްލާބަލަ

  6. ދޮން

    މީ މުސްލިމް ގައުމެއް. އެހެންކަމުން އަސްލުގަ ޖަލަށް ލާން ޖެހޭނީ ލާދީނީ ވާހަކަ ދައްކާމީހުން. ވައްކަން ކުރީމަ ވައްކަން ކުރާމީހާ އަށް އަދަބުދޭން ޖެހޭނީ. ޥަގަކާދިމާއަށް ވަގެކޭ ގޮވާމީހާއެއްނޫން ހިފާހައްޔަރު ކުރަންވީ. ލާދީނީ ވާހަކަނުދެއްކީމަކާ ނޮގޮވާނެ އެހެންނެއް.

  7. ޙުސައިން

    އަސްލު ސިފަ އެބަ ފާޅުވޭ..
    ލާދީނީވިއްޔާ ކިޔާނީ ހަމަ ލާދީނީ..
    އިބުރާ ހުރޭ އަނގަ ހިމޭނުން ލައިގެން..
    އެހެން ނޫނީ ހަމަ ކިޔާނަން ، ލާދީނީ އޭ.....

  8. Anonymous

    ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ އިބުރާ

  9. އޮޅުންއަރާމީހާ

    ހަހަ! ވައްކަންކުރި މީހުން ފަޅާއަރުވާލާފަ ވަގަށްގޮވިމީހުން ނޫނޯ ހައްޔަރު ކުރަންވީ ވައްކަން ކުރިމީހުންނޯ ހައްޔަރުކުރަންވީ އެހެންކީމީހުން އެއީ "ގައުމުގެ ބަޠަލުން" ނަށް ހެދި މީހުން މިހާރު މިކިޔަނީ ކީކޭ؟! އަނެއްކޮޅަށް: ލާދީނީ ކިޔާމީހުންނޯ ހައްޔަރު ކުރަންވީ ލާދީނީވާހަކަ ދައްކާމީހުންނެއް ނޫނޯ! ހެހެ!

  10. އވަސް

    ލާދީނީ މީހުން 25 އަަރަށް ޖަލަށްލާން ބިލެއް ހުށަހަޅަންޖެހޭ

  11. ޜާއްޖެ އިސްލާމް

    ހަޖަމެއް ނުވާނެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ މި މީހުން ހިންހަމަޖެހޭ ގިތަށް ވާހަކަ ދެއްކުން. ޟީހުންނަށް ވަގަށް ގޮވިޔަސް، މަރަންގޮވިޔަސް އަދި އިސްލާމްދީނަށް ފުރައްސާރަކުރިޔަސް މައްސަލަ އެއްނޫން އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން.

  12. ގަބުރޭ

    ގޭކުރިމަތީ މިސްކިތެއް ހުރެފަ ފަސްވަގުތު ބަންގީގެ އަޑުއިވޭތީ ތިޔާއުޅެނީ. އިބިލީސް ވެސް ބަންގީގެ އަޑުއިވުމުން ދެކަމު އެއްފަހަރާ ހާޖަތައް ދެވޭކަމަށް ވަނީ. މިކަލޭގެޔަށް ތިންކަމުދެވެޔޯ ބަންގީގެ އަޑުއިވުމުން .

  13. ފަހީ

    ލާދީނީ އިބުރާ

  14. މާރިޔާ ބާރަށް

    ތިޔަކަށް ނޫންހޭ ކިޔަނީ އަތަށް ގޮށްވާލި.

  15. ދަރީ

    މުސްލިމުން ބައިބައިކޮށް ގައުމު ފަސާދަކުރަން އުޅޭ މީހުންނަށް ތިވަރު އަދަބެއް ރަގަޅު

  16. ހުސޭނުބޭ

    ކޮބައިތަ އެއްކަލަ ޝައިޚް އިލްޔާސް! މިއީތަ ކަލޭގެ ދެއްކި ވެރިއެއްގެ ވެރިކަން އޮންނަ ގޮތަކީ! ކަންނެލި މަސްވެރިކަން ރަގަޅުކަމުން އެއްޗެއް ބުނާނެ ވަގުތެއް ނުވަނީތަ؟ ނޫނީ އިބުރާވެސް އެއީ ހަމަ އެފަދަ ވެރިއަކީތަ؟ ކީއްވެ ފިލާ ތި އޮންނަނީ!

  17. ހުޅުމީހާ

    ހުރަގެއަށް ލިޔަސް ބިރެއް ނުގަންނާނެ މުސްލިމުންނެއް އެނގިއްޖެތަ ލާދީނީ ޙައިވާނާ !

  18. Anonymous

    މިކަހަލަ ހިމާރުންނައް އުުމުރު ދުވަހު ޖަލުހުކުމެއް ކުރަންވީ

  19. ދާވޫދު

    އިބުރާ މޮޔަވީތަ؟ އިބްރާ އާއި ޑޮކްޓަރ ޝަހީދު އަކީވެސް ހަމަ ލާދީނީ ފިކުރުގެ މީހުން މީގެއިތުރުން، މި އުޅޭ ވެލި ޒީނި އަދި އާ .ނިޔާ އަކީވެސް ލާދިނީ ވިސްނުމާ ފިކުރު ގެ މީހުން.. މި މީސް މީޙުން ހައްޔަރުކުރަން ޖެހޭ.

  20. ބަރުބަރީ

    މިރާއްޖެއަށް ރަންނަމާރި އެރުމުގެ އެތައްހާސް އަހަރު ކުރީގައިވެސް މީ މުސްލިމު ގައުމެއްތަ؟

  21. ހެހެ

    ކޮރު އިބިލީސް

  22. އަޙްމަދު

    ދެން ނުކިޔާނެ ލާދީނީ! އަނިޔާ އަދި އެކޮމިއުނިޓީ މީހުން ވަރަށް އުފާވަނެ. އާނިޔާ ކިޔަފިއްޔާ 20 އަހަރުތަ؟

  23. އާދައިގެސޮރެއް

    ތިވީގޮތުން "ލާދީނީ" ރައިވަރާ، ޅެމާއި، ފަރިއްސާ ލަވަވެސް ހަދައިގެން ކިޔާނަން.

  24. ރާކަނި

    މިފަހަރު ރައީސް ނަޝީދަށް އަޅުގަނޑުގެ ވޯޓް ދޭނީ ލާދީނީ ޚިޔާލް ފާޅުކުރާ ފަރާތްތައް 10 އަހަރަށް ޖަލަށް ލުމަށް ޤާނޫނެއް ހުށަހަޅުއްވަން ވައުދުވުމުން. ނޫނީ ދެކޮޅަށް ކެމްޕޭންވެސް ކުރާނަން. މައްޗަން ގޮޅި މެދު ދާއިރާއަށް ހޮވާނީ ލާދީނީ ފިކުރުތަކާއި ދެކޮޅު މީހަކު

  25. ޙާގަރާ

    މި ލާދީނީ 4 މީހުން ދެވަންވީ

  26. މޯދީ

    ލާ ދީނީ އިބްރާ

  27. ހ

    ލާދީނީ ވާހަކަ ނުދަށްކާ އިބްރާ.... ބޯގޯސް އިބްރާ

  28. މޯދީ

    އިބުރާ މެންގެ ޚިޔާލު ގެންގުޅޭ ފަރާތް ތަތަށް

    ވަރަށް އަސަރު ކުރާ ލަފްޒެއްދޯ ލާދީނީ

    ލާދީނީ ފިކުރުގެ ރައީސް ލާދީނީ ފިކުރުގެ ޕާޓީ

    އެމް.ޑީ.ޕީ . މީހަޤީޤަތް.