މާލޭގެ ބައެއް ހިސާބުތަކުގައި އަނިޔާވެރިގޮތަކަށް ބުޅާ މަރަމުންދާ މައްސަލަތަކެއް ފެންމަތިވެ ރައްޔިތުންގެ އެތަށް ބަޔަކު އަންނަނީ މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރާއްޖޭގެ ގާނޫނުލް އުގޫބާތުގައި، ޖަނަވާރުންނަށް އަނިޔާ ކުރުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު ބުޅާ މަރަމުންދާ މައްސަލަ ފުލުހުން ބަލަންޖެހޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ޖަނަވާރަށް އަނިޔާ ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުން އެއް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލެވިދާނެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގައި ފަހަކަށް އައިސް ބުޅާ މަރާ މައްސަލަ ފުލުހުން ނުބަލަނީ އެއްވެސް ފަރާތަކުން މައްސަލަ އެ މުއައްސަސާއަށް ހުށަހަޅާފައި ނެތުމުން ކަމަށެވެ.

މީގެ ކުރިންވެސް ބުޅާތައް މެރި މައްސަލަތަކެއް ފުލުހުން ބަލާފައިވާނެ ކަން ފާހަގަ ކުރައްވާ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބުޅާ މަރާ މައްސަލަ އެ އިދާރާއަށް ހުށައަޅައިފިނަމަ ބަލާނެ ކަމަށެވެ.

ބުޅާތައް މަރަމުންދާ މައްސަލައިގައި، ރާއްޖޭގައި ގެންގުޅޭ ޖަނަވާރުތަކުގެ ހިމާޔަތުގައި މަސައްކަތް ކުރާ ހިމޭން ސޮސައިޓީ އޮފް މޯލްޑިވްސް އިން ވަނީ މާލޭ ސިޓީ ކައުންސިލާ ހޮނިހިރު ދުވަހު ބައްދަލުކޮށް، އެކަމަށް ހައްލެއް ހޯދުމަށް މަޝްވަރާ ކޮށްފައެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައި ވަނީ ފާއިތުވި ދުވަސްތަކުގައި ވަރަށް ގިނައިން މާލޭ މަގުމަތިން މަރުވެފައިވާ ބުޅާ ފެނިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖިންނި

    ޝުކުރިއްޔާ ފުލުސް ޝުކުރިއްޔާ ތި ހާމަކުރީ ކަލޭމެންގެ އަސްލު ސިފަ އަސްލު މަސައްކަތް ކުރާގޮތް ބޭކާރު މުޢައްސަސާއެއް ބޫން ބޫން ޖަހާފަ ތިޔަ އޮފީސް ކުރިމަތިންވެސް ސައިކް ދުއްވާ މީހުން ނުހުއްޓުވަނީ ބަޔަކު ރިޕޯރޓް ނުކުރާތީ ކަން އަދިކިރިޔާ މި އެނގުނީ …… މިކަހަ އެތައް ކަމެއް އަދިވެސް ޝުކުރިއްޔާ !

  2. އާތު

    ބުޅާތަކަށް އަނިޔާކޮއް ބުޅާމަރަބަޔަކު ހޯދަންޖެހޭ

  3. ބުޅާ

    މަރަން ބޭނުންނުވާ މީހުން ބުޅާތައް ހިފައިގެން ގޭގަ ކާންދީފަ ގެންގުޅެބަލަ. ބުޅާތީ ހަމަ ބަލާއެއް

  4. މަ

    ޓު ޕްރޮޓެކްޓް އެންޑް ސާރވް

  5. ބުޅާ

    ލިއަން ކިއަން ނޭގޭ އަޅުގަނޑަށް.