އައިޖީއެމްއެޗްގައި މިހާރު ފަރުވާ ހޯއްދަވަމުންދާ ކުރީގެ ނައިބު ރައީސް އަދި އެމްޓީޑީގެ ރައީސް އަޙުމަދު އަދީބުގެ ޞިއްޙީ ހާލުކޮޅާ ބެހޭ މައުލޫމާތު، މޯލްޑިވްސް ތާޑްވޭ ޑިމޮކްެރަޓްސް އިން އަވަށްޓެރި ސްރީ ލަންކާ އަށް ފޯރުކޮށްދީފައެވެ.

މި މައުލޫމާތު އެޤައުމަށް ފޯރުކޮށްދިނުމުގެ ގޮތުން އެޕާޓީން މިއަދުވަނީ ލަންކާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ބީ.އާރ.ޑަބްލިއު.އެމް.އާރ.އޭ.ބީ. ތޮރަޑެނިޔައާ ބައްދަލު ކުރައްވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި އެމްޓީޑީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެޕާޓީގެ ނައިބު ރައީސް ޔާމީން ރަޝީދާއި، ކައުންސިލް މެމްބަރު ވިޖްނާ މުޙައްމަދު އަދި އަބްދުއް ރަޝީދު ނާފިޒު އެވެ.

ކިޑްނީ އިން ހިލަ ނެގުމުގެ އޮޕަރޭޝަނަށްފަހު އަދީބު ގެއަށް ބަދަލުކުރުމަށް ޑޮކްޓަރުން ލަފާ ދިނުމުން އެމަނިކުފާނު ވަނީ އޮކްޓޯބަރު މަހުގެ ތެރޭގައި ގޭ ބަންދަށް ބަދަލު ކޮށްފައެވެ. އެހެންނަމަވެސް، ކުއްލި ގޮތަކަށް އަނެއްކާވެސް މިދިޔަ ހަފްތާގެ ތެރޭގައި އެމަނިކުފާނު ވަނީ ޖަލަށް ގެންގޮސްފައެވެ. އަދި ޖަލަށް ގެންދިޔަތަނާ ޞިއްޙީ ހާލުކޮޅު ސީރިޔަސްވެގެން އައިޖީއެމްއެޗް އަށް ގެނެސް ދަނީ ފަރުވާ ދެމުންނެވެ.

އަދީބު ގޭ ބަންދުން ޖަލު ބަންދަށް ބަދަލު ކޮށްފައިވަނީ އުސޫލުތަކާއި، ޑޮކްޓަރުންގެ ލަފަޔާ ޚިލާފަށްކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިންވެސް ވަނީ ބުނެފައިވެއެވެ.

އަދީބުގެ ޞިއްޙީ ހާލުކޮޅުގެ މައުލޫމާތު، އެމްޓީޑީ އިން ވަނީ އިންޑިޔާ އަށްވެސް ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތެދު

    މިމީހުންވެސް މޑޕ މީހުންކައިރިންދަސްކޮއްފި ދާހިލީކަންކަމުގެތެރެއައް ބޭރުމީހުން ބާނަން...މެމްބަރު ޔާމިން އަކީ މޑޕ ގެއުފެއްދުމެއް...ލަނޑަޔާވާނީލަނޑަޔާ.

  2. ާއދ.

    ކޭވެބާ ކަމެއްވާއިރައް ބޭރުމީހުންގެ ފައިބުޑައްމިދާންޖެހެމީ ؟؟؟؟

  3. ޙހަހަ

    ޙަހަހަހަހަ

  4. عبدالله

    ވެރިކަން ބަދަލުވުމާ ގުޅިގެން މުރާޖަޢާ ކުރަންޖެހޭ މައްސަލަތައް ކަނޑައެޅުމުގައި އިހުމާލެއްވާ ކަމަށް ޤަބޫލުކުރެވެއެވެ. އެހެނީ، ކުރީގެ އުއްތަމަ ފިނޑިޔާރު ޢަބްދުﷲ ސަޢީދުއާއި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބަކީވެސް ރައީސް ޔާމީނުގެ ވެރިކަމުގައި އަނިޔާ ލިބިފައިވާ ދެބާފުޅުންނެވެ.