ގދ. ތިނަދޫގެ ދެ ތަނަކުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ގިނައަދަދެއްގެ ކަރަންޓު ސާމާނު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ މިތަކެތި ހޯދާފައިވަނީ، ތިނަދޫގެ ދެ ތަނަކުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކަރަންޓު ސާމާނުތަކެއް ތިނަދޫގެ ގެއެއްގައި ހުރި ގުދަނެއްގައި ރައްކާކޮށްފައިހުރި ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

ތިނަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ޖަނަވަރީ މިމަހު އައްވަނަ ދުވަހު ހިންގި މިއޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައިފާސްކުރިއިރު، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނައަދަދެއްގެ ކަރަންޓު ސާމާނުވަނީ ފެނިފައެވެ.

މިމައްސަލައިގެ ތުހުމަތުގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މިމައްސަލަ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު