ތިމާވެއްޓަށް ލިބޭ ގެއްލުންތަކަށް ބަދަލު ހޯދުމުގެ ގޮތުން، ށ. ޅައިމަގު ކައުންސިލް، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ޖޫރިމަނާ ކޮށްފިއެވެ.
އީޕީއޭ އިން ބުނެފައިވާ ގޮތުގައި އެރަށު ކައުންސިލް ޖޫރިމަނާ ކޮށްފައިވަނީ އެރަށުން، ޤާނޫނުތަކާއި ޤަވާއިދާ ޚިލާފަށް ރުއްގަސް ކެނޑުމުގެ ސަބަބުންކަމަށެވެ.
މީގެއިތުރުންވެސް، އީޕީއޭ އިން ބުނެފައިވާ ގޮތުގައި އެރަށު ކައުންސިލް ޖޫރިމަނާ ކޮށްފައިވަނީ ނަމްބަރު 2011/R-9 ގެ ދަށުންނެވެ.
Under the Regulation for the determination of penalties and obtaining compensation for damages caused to the environment (no: 2011/R-9), Sh. Lhaimagu Council has been fined today for illegal vegetation clearance
— EPA Maldives (@EPAMaldives) January 9, 2019
އީޕީއޭ އިން މިއަދު ކައުންސިލެއް ޖޫރިމަނާ ކޮށްފައިވާއިރު، މި ހަފްތާގެ ތެރޭގައި މާލޭގެ އެކި ތަންތަނަށް ކުނި އެޅި ގިނަ ފަރާތްތަކެއްގެ ނަމާއި، އެފަރާތްތައް ދިރިއުޅެމުންދިޔަ ތަންތަން އީޕީއޭ އިން ހާމަކޮށްފައިވެއެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގައި ހުރި ރުއްތަކާއި ގަސްތައް ކަނޑައިގެން، ރާއްޖޭގެ ރިސޯޓުތަކަށާއި ރާއްޖެއިން ބޭރަށް ގެންދަން އުޅުނު މައްސަލަތަކެއް ދާދިފަހުން ފެންމަތިވެފައިވެއެވެ. ހަމައެހެންމެ، މިހާރުވެސް ބައެއް ރަށްރަށުގައި މިކަންތައް ކުރިއަށްދާކަމަށް މައުލޫމާތު ލިބެއެވެ.
ބައެއް ރަށްރަށުން ރުއްގަސް ކަނޑައިގެން ބޭރު ކުރަން އުޅެނިކޮށް އީޕީއޭ އިން އެކަން ހުއްޓުވާފައިވާއިރު، ރާއްޖެއިން ބޭރަށް ގެންދަން އުޅެނިކޮށް ކަސްޓަމްސް އިންވެސް ހިފަހައްޓާފައިވެއެވެ. އެރަށްރަށުން މިކަން ކޮށްފައިވަނީ ތަރައްޤީގެ މަޝްރޫޢަކަށްޓަކައި ކަމަށް ބުނެއެވެ.
ކިތައް ރުފިޔާއިން ކުރިޖޫރިމަނާއެއްބާ މިރަށަކީވެސް ވ ގިނައިން ރުއްބޭރުކުރާ ރަށެއް ބުނެލީމަތައެގޭނީ ކުރިން ސަމާލުވާން