ޔޫރަޕްގެ ޑެންމާކުގެ ކޯޕަންހޭގަން ކައިރީގައި ނުވަ ޖަޒީރާ ރަށެއް ތަރައްގީ ކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ކޯޕަން ހޭގަން އަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލު ކުރުމަށް ނުވަ ރަށް ހެދުމަށް ނިންމާފައިވަނީ ކޯޕަންހޭގަންގެ ދެކުނު ފަރާތުގަ އެވެ.ރަށްތައް ހެދުމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރު އެވެ. އަދި އެ ޕްރޮޖެކްޓުގެ ދަށުން ތިން މިލިއަން ސްކުޔާ މީޓަރުގެ ސަރަހައްދެއް ހިއްކާނެ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

ޑެންމާކްގެ ބިޒްނަސް މިނިސްޓްރީން ބުނި ގޮތުގައި 400 ކުންފުންޏަކަށް އެ ސަރަހައްދުގައި މަސައްކަތް ކުރުމުގެ މަގު ހުޅުވާލެވޭނެ ކަމަށާއި އަދި 12،000 ވަޒީފާ ވެސް އުފެދިގެންދާނެ ކަމަށެވެ.

އެޕްރޮޖެކްޓަށް ފައިސާ ހޯދަން ހަމަޖެހިފައި ވަނީ އަލަށް ހަދާ ރަށްތަކުން ބިން ވިއްކައިގެންނެވެ.މި މަޝަރޫއު ފެށޭނީ ޑެންމާކުގެ ޕާލިމެންޓުގެ ރުހުން ލިބުމުންނެވެ.

އެނުވަ ރަށް ބޭނުން ކުރަން ފެށުމުން ގައުމުގެ އިގުތިސާދަށް އަށް ބިލިއަން ޑޮލަރު ލިބޭނެ ކަމަށްވެސް ސަރުކާރުން ލަފާ ކުރާއިރު ސަރުކާރުން އުއްމީދު ކުރަނީ 2022 ވަނަ އަހަރު ރަށް ހިއްކުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު