ދަރަނި އޮއްވާ ޕާޓީ ބަދަލު ކުރުމުގެ ސަގާފަތީ މީގެ ކުރިން ބޮޑުން ދަސްކޮށްދީފައިވާ ސަގާފަތެއްކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ރަޖިސްޓްރީ ކުރުމަށް މިއަދު 4000 ފޯމު ހުށަހަޅައިދެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަދުރޭ ވިދާޅުވީ ރައީސް މައުމޫން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ދޫކުރައްވާ ވަޑައިގެންނެވިއިރު 19 މިލިއަން ރުފިޔާ އަށްވުރެ ބޮޑު ދަރަންޏެއް އޮތްކަމަށެވެ.

"މި ސަގާފަތަކީ މާ ކުރިން އަޅުގަނޑުމެންގެ ބޮޑު މީހުން ދަސްކޮށްދީފައިވާ ސަގާފަތެއް. ޑީއާރުޕީ ދޫކުރައްވާ ރައީސް މައުމޫން ވަޑައިގެންނެވިއިރު 19 މިލިއަނަށްވުރެ ގިނަ ރުފިޔާ އެ ޕާޓީގެ ދަރަނީގެ ގޮތުގައި އޮތް. ހަމަ އެދަރަނި އެއޮތްގޮތަށް އޮށްވައި ތަސްމީން އަނެއްކާ އެ ޕާޓީ ދޫކުރައްވައި ވަޑައިގަތީ." އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ކުރިމަތީގައި މިއަދު މެންދުރުފަހު ވާހަކަދައްކަވަމުން އަދުރޭ އިތުރަށް ވިދާޅުވީ ކުރިއަށް އޮތް މުސްތަޤުބަލުގައި ޕީއެންސީ އަކީ ރާއްޖޭގައި ވެރިކަން ކުރާނެ ޕާޓީއެއްކަމުގައެވެ.

ޕީއެންސީ އުފެއްދުމަށްޓަކައި މަދުވެގެން 3000 މީހުންގެ ފޯމު ހުށަހަޅަން ޖެހޭއިރު އެޕާޓީން މިއަދު ވަނީ 4000 ފޯމު ހުށަހަޅާފައެވެ. ފޯމުތައް ޞައްހަކަން ކަށަވަރު ކުރެވުމުން ޕާޓީ އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ލިބޭނެއެވެ. ޕާޓީ ރަޖިސްޓްރީ ވާނީ އެއަށްފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Miadhu

    ތިފޯމުތައް ސައްހަ ކުރަންވާނީ ފޯމުގެ ވެރިފަރާތް ކޮމިޝަނަށް ހާޟިރުކޮށް ޝަރީފްގެ ކުރިމަތީ ބަޔާނެއް ނެގުމަށްފަހު ނޫންނަމަ އިންތިޚާބުގެކުރިން ރަޖިސްޓްރީ ކޮށްފާނެ

  2. ބަގުޑިބޭ

    ތިޔާއަކީ ދޮގެއް ކަމުގާއި އަޅުގަޑު ނުދެކެމެވެ.ކާފަބޭ ވެސް ވެރިކަން ނުލިބުމުން ބޮޑެތި ދަރަނިތައް އޮއްވާ ޕާޓީ ތަބަކަކަށް ލާފާއި ބޭފުޅަކާ ހަވާލު ކޮއްފާ އިސްތަށިފުޅު ދަމާއި ގެންނެވީއެވެ.ތަބަކުން ޕާޓީ ލިބިވަޑާއިގަތް ބޭފުޅާވެސް ޕާޓީ ގެ ދަރަނި ބޮޑުކޮށްލެއްވުމަށް ފަހު ބެއްލެވީ ވެލި ކެވޭތޯއެވެ. ދެން އަމިއްލަޔަށް ހަވާލުވި މީހާ ދަރަނިތައް އަދާކުރަމުން ގޮސް ހަލާސް ވާން ގާތްވުމުން ކާފަބޭ މޭކަރަންފަށާއިފިއެވެ.ދަރިން ނޭ ދަރިންނޭވެ ތިޔާހެންތިބެގެން ވާކަށް ނެތޭވޫ.ދެނޯ ދެނޯ ދެންވީ ކިހޮނެއްބާއެވެ. ކާފަބޭބުނޫ ވެރިކަމަކީ ދެވިހިފާކަމެކޯލަޔޯއެވެ.ޖުނުބުވެރިކަންވިޔަސްތިމަންނާބޭނުމޯއެވެ.

  3. ހަވާސް

    ސައީދު ލައިގެން ކިހިނެތް ތި ޕާޓީ ހިންގަނީ؟