ގޭބަންދުގައި ހުންނަވަނިކޮށް ޑޮކްޓަރުގެ އިރުޝާދާއި ހިލާފަށް އަބުރާ ޖަލަށް ގެންދިޔަ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މައްސަލާގައި ހައްލެއް ލިބެންދެން ހުއްޓާ ނުލާ 24 ގަޑިއިރު އެމްޓީޑީން މަސައްކަތް ކުރާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

މިއަދު އެމްޓީޑީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެއްގައި އެމްޓީޑީގެ ސީނިޔަރ ނައިބު ލީޑަރު އިސްމާއިލް އާސިފް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމުގެ ކުރިން އަދީބު ނެރުނު ސްޓޭޓްމެންޓްތަށް ވަރަށް ރަގަޅު ކަމަށާއި މިއަދު ވެރިން ބަދަލުވެ އަދީބު ގޭބަންދަށް އައިސް ސިޔާސީ ކަމެއްގައި ބައިވެރިވުމުން އަދީބު ވަރުގެ ގޯސް މީހަކު ނެތް ކަމަށެވެ.

"ވެރިކަން ބަދަލުވުމަށް ފަހު މިހާރު އަދީބު ވަރުގެ ގޯސް މީހަކު ނެތް އަޅުގަނޑު ޗެލެންޖް ކޮށްފައި މިބުނީ ޓުވިޓާގައި އާއި އަދި އެހެންވެސް ތަންތާގައު އަދީބު ޖަލުގައި އޮންނެއްވި އިރު ބަޔާން ނެރުނު އިރު މިހާރު ތިކިޔާ އެއްޗެއްހި ކިޔަން ނުކެރުނީ ކީއްވެ ކަން ވިދާޅުވާން ޖެހޭ" އާސިފް ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ ގޮޑިން ތެދުވެގެން ކުރެވޭނެ ބައިވަރު ކަންތަށްތަށްވެސް ހުންނާނެ ކަމަށާއި ހޯމް މިނިސްޓަރ އިމްރާން އަށް ޗެލެންޖް ކޮށްފައި އެމަނިކުފާނު އާައި އެކު ޑިބޭޓަކަށް އަރަން ވަޑައިގަތުމަށް ގޮވާލާ ކަމަށެވެ.

"އަދީބު މައްސަލާގައި ހައްލެއް ލިބެންދެން ހުއްޓާ ނުލާ މި ޕާޓީން 24 ގަޑިއިރު މަސައްކަތް ކުރާނެ , ޕާޓީގެ ވަރަށް ގިނަ މެންބަރުންގެ ޝަކުވާތަށް ވެސް އެބަހުރި ނަމަވެސް ކެތްތެރިވެގެން މިތިބެނީ އެހެން ގޮތެއް ނެތިގެން ނޫން ކަމަށް ހީކޮށްގެން ނުވާނެ " އާސިފް ވިދާޅުވިއެވެ.

އަދީބް މައްސަލައިގައި ހޯމް މިނިސްޓަރ ޝައިހު އިމްރާން ހެއްދެއްވީ އިތުރުފުޅެއް ކަން އެޗްއާރުސީއެމް އިން ކުރި ތަހުގީގުން ހާންމަވެފައިވާއިރު މިނިސްޓަރ އިމްރާން ވިދާޅުވީ އަދީބް އަބުރާ ޖަލަށް ގެންދެއްވީ ޑޮކްޓަރުން ދިން މުއްދަތު ހަމަވުމުން ކަމަށެވެ. އޭރު ޝައިހު އިމްރާން ވިދާޅުވެފައިވަނީ އަދީބް ގޭގައި ބަހައްޓަން ޑޮކްޓަރުން އިރުޝާދު ދީފައިވަނީ 24 އޮކްޓޯބަރުން ފެށިގެން ކަމަށެވެ.

އެޗްއާރުސީއެމް އިން ކުރި ތަހުގީގުން އެންގޭ ގޮތުގައި އޮކްޓޯބަރު 24 ވަނަ ދުވަހު އަދީބް ގޭ ބަންދަށް ބަދަލު ކުރަން ޑޮކްޓަރުން ލަފާ ދެއްވި ނަމަވެސް އެގޮތަށް އަމަލު ކޮއްފައެއް ނުވެއެވެ.

އެޗްއާރުސީއެމްއިން ކުރި ތަހުގީގުން އެންގުނު ގޮތުގައި ނޮވެމްބަރު 10 ވަނަ ދުވަހު އަދީބުގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗްގައި އެޑްމިޓް ކޮށް ފަރުވާ ދިނުމަށް ފަހު ޑިސްޗާޗް ކުރި އިރު ގެއަށް ބަދަލު ކުރަން ޑޮކްޓަރުން ލަފާ ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ބުހުތާނު

  ދިވެހިރާއްޖޭގެ ޖަލުތަކުގަ އެބަތިބި ސިޔާސީ މީހުންގެ އަވައިގަ ޖެހިގެން އުޅެވުނު ގޮތަކުން އަނިޔާލިބެމުންދާ ދިވެހިން. އެމީސްމީހުންބަލިވިއަސް ގޭބަންދަކަށް ބަދަލުކޮށްދޭތޯ ވާހަކަދައްކާ، މަސައްކަތް ކުރާތަނެއް ނުފެނޭ. އަދީބަކީ ކީއްވާމީހެއްތަ؟ އޭނާގެ އަތުގަ ދިވެހިރައްޔިތުންގެ ލާރިގަނޑު އޮވެގެން އެލާރިއާ ހެދި ހުރިހާމީހުންވެސް އުޅޭތީ ނޫން ނަމަ، ދެން ކީއްވެގެން ޖަލުގަތިބި އެހެން މީހުންގެ ވާހަކަ ނުދައްކަނީ؟

 2. މޮންޓް

  އަދީބުގެ އަތުން ކިހާބައިވަރު ފައިސާއެއް ބޭނުންކުރިންތޯ!

 3. ރަށްދު

  ވަގުން ސަލާމަތްކުރަން ޕާޓީއެއް އުފެއްދީ

 4. ޓަވަރު

  އެންމެ 24 ގަޑިއިރު ދޯ

 5. ަީައީސަ

  ތީ އަދީބް ބުރޯގެ ފަރާތުން ރާހަތެއް ކޮށްފަ ތހިބި ބަޔަކަށް ވެސް ވެދާނެ ...

 6. އަލީ

  ހާދަބައިވަރު ރުފިޔާއެއް ލިބިގެންދޯ ތިޔައުޅޭނީ 24 ގަޑިއިރު މަސައްކަތްކޮށްފައި ނިދާނެ، ކާނާކާނެ، ފެންވަރާނެ، ގަޟާހާޖަތްކުރާނެ ވަގުތެއްވެސް ނުލިބޭތާ!