ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ (މ) – ފޮޓޯ: ރައީސް އޮފީސް
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ (މ) – ފޮޓޯ: ރައީސް އޮފީސް

އިސްލާމް ދީނަށް ފާޑު ކިޔާ އަދި ދީނީ ޝިއާރުތަކާއި އުސޫލުތަކަށް ފާޑު ކިޔާ ފަރާތްތަކަށް އިންޒާރު ދޭކަމުގައިވާނަމަ ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމް ދީނަށް ފާޑު ކިޔުމާއި، ދީނީ ޝިއާރުތަކާއި އުސޫލުތަކަށް ފާޑު ކިޔާ ފަރާތްތަކާއި އަދި އެފަދަ އަމަލުތަކާއި ގުޅިގެން ވަކި ވަކި ފަރުދުންގެ މުދަލާއި ނަފްސާއި މުދަލަށް ގެއްލުން ދިނުމަށް ގޮވާލާ ފަރާތްތަކުގެ ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ފުލުހުންގެ ބަޔާނުގައި ވިދާޅުވީ މިފަދަ މައްސަލަތަކާއި ގުޅިގެން ވަކި ފަރުދެއްގެ ނަފްސަށް ނުވަތަ މުދަލަށް ގެއްލުން ވެދާނެކަމުގެ އިންޒާރު މީސް މީޑިޔާގެ ޒަރީއާއިންނާއި އެނޫން ގޮތަކުން ލިބިފައިވާނަމަ އެކަން ފުލުހުންނަށް ހުށަހެޅުމަށް އެދޭކަމުގައެވެ.

ފުލުހުން މިހެން މި ވިދާޅުވީ، އިސްލާމް ދީނަށް ފާޑު ކިޔުމުގެ ކަންކަން ވަރަށް ބާރަށް ކުރިއަށް ގެންދާ ދުވަސްކޮޅެއްގައިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ބައެއް ފަރާތްތަކުން މީސް މީޑިޔާގައި އަދި ވަކީން ޚާއްޞަކޮށް ޓްވިޓަރ ގައި ދަނީ ދީނާ ޚިލާފު އެތައް ވާހަކައެއް އާއްމު ކުރަމުންނެވެ. އެގޮތުން، މިސްކިތްތަކާއި ބެހޭގޮތުންނާއި ދީނީ ޢިލްމުވެރިންނާ ބެހޭގޮތުން ދައްކަން ނުވާނެފަދަ އެތައް ވާހަކަތަކެއް އެތައް ފަރާތަކުން ދަނީ ދައްކަމުންނެވެ.

ހަމައެހެންމެ، ދީނުގައި ޙުކުމް ކަނޑައެޅިފައިވާ ބައެއް ކަންކަމާ ދެކޮޅަށްވެސް ވަރަށް ގިނަ ފަރާތްތަކުން ދަނީ ވާހަކަ ދައްކަމުންނެވެ.

މި ފަރާތްތަކުގެ ތެރޭގައި އެމްޑީޕީގެ އެކްޓިވިސްޓެއްކަމުގައިވާ އައިޝަތު އާނިޔާ އާއި އެމްޑީޕީ އުފެއްދުމުގައި ހަރަކާތްތެރިވި އިބްރާހީމް އިސްމާއީލް (އިބްރާ) ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

73 ކޮމެންޓް

 1. ތިވަރަން ދީން ހިމާޔަތް ކުރެވޭނީ.. الله المستعان

 2. ޢިމުރާނު އިސްވެ ހުރެ ތިފަދަ ބަހެއް ބުނީމަ މި ސަރުކާރުން ދީނަށް ދޭ އަހައްމިއްޔަތުކަން ހާމަވެއްޖެ.

  • އޭނަގެ ނަންވެސް އަޑު އަހާކަށް ބޭނުމެއް ނެތް. އޭނަ އާއި އަލީ ޒާހިރު މެން ތިބެގެންތާ އިސްލާމީ މަރުކަޒު "ގުއްބު ތެރޭ" ހައިވަކަރު މިސްކިތް ބަހައްޓަން ފާސް ކުރީވެސް. އެތިބީ ނަފްސު ނީލަން ކިޔައިގެން. ލަދު ކުޑަ ބައެއް.

 3. އިސްލާމް ދީނައްފާޑު ކިޔާ މީހުނައްއިންޒާރު ދިނީމަ ފިޔަވަޅު އަޅާނަމޭ ބުނާ ގޮތައް އިސްލާމީ ޝަރީއަތު ގެ އަސްލު ތަކައް ފާޑުކިޔާމީހުނާ މެދުވެސް ފިޔަވަލު ޢަޅާނަމޭ ބުނަން ނުކރެިގެން އުޅެނީ ސަރުކާރު ގެ މެޖޯރިޓީ ޕާރޓީގައި ލާދީނީ ފިކުރުގެ މީހުން ގިނަވެފައި އެކަޓިންގް ސީޕީ އަކީ ލާދީނީ ފިކުރުތަކައް ސަޕޯރޓް ކުރާމީހަކައްވާތީތަ؟ ނޫނީ އިންޑީއާ ދެކެބިރުންތަ؟

  • ޢިްލާމް ދީނަކީ އިސްލާމީ ށަރީޢާ އެއްނޫންތަ؟ އިސްލާމ1ދީނަށް ފާޑުކިޔުމެކޭ ށަރީއާ އަށް ފާޑުކިޔުމެކޭ ވާނީ އެއްވަރުު

 4. ސޭކު އިމްރާން ގެ ނިންމުމެއްތަ މިއީ ...

 5. ފާޑު ކިޔާނަމޭ. ފިޔަވަޅު އަޅައަޅާ ތިބެން ޖެހޭނީ. ކަންނެލި އޮޑި އާއި ފަހަރި ވަޒީރު ކޮބާ.ހީވޭ ކަމެއްހެން. ކަލޭމެންވެސް ތިތިބީ ލާދީނީންގެ ދިފާއުގަ މޭ އައްޑަނައަކަށް ދިއް ކޮށްގެން އުތަ؟ ހުރި ހަޔާތް މަދުކަން ދެކިބަލަ.

 6. ރުޅިއަރުވަންއުޅޭނެކަމެއްނެތް

  މަންމަ ހަނދާންކުރާނީ ތިމީހުން. ޚޮބާތަ ފިޔަވަޅު އެޅިފަ؟ މަށަށް ދައްކަބަލަ ނިކަން އެޅުނު ފިޔަވަޅު

 7. ކޮބާ ޥެލެޒިނީ އަވަހައް ހައްޔަރުކުރޭ!

 8. ޢިމްރާން މަގާމުގެ ދަހިވެތި ކަމުގަ ހައްގު ބަސް ބުނަން ނުކެރި ހުރުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް އަދިވެސްއިޔާޒުމެން ބުނާނެ އިމްރާން އަކި ވަރަށް ހެޔޮލަފާ ބޭފުޅެކޭ ދީނަށް ފުރަްްސާރަ ކުރާއިރު ބަސް ބުނަން ނުކެރި ހުރި މީހެއްގެ ހެޔޮލަފާ ކަމާ މެދު ސުވާލު އުފެދޭ

 9. ސާބަސް މާތް ވެގެންވާ އިސްލާމްދީނަށް ފާޑުކިޔާމީހުންނަށް އަޅާނެ ފިޔަވަޅެއް ނެތް ދޯ އެއީ މިނިވަންކަން ދޯ އެކަމަކު ދީނުގަ ބުނަނީކީކޭބާ މިފަދަ ކަންތައް ތަކުން މާތް ވެގެންވާ އިސްލާމް ދީނަށް ފާޑުކިޔާ މީހުން ގިނަވެ އެ ކިޔާ މީހުންނަށް ދެވޭ ހިތްވަރަކަށް ވެގެން ދިޔުންވެސް ވަރަށް ގާތް ހުރިހާ މުއައްސަސާތަކުގެ އެންމެންނަށް ހެޔޮވުސްނުން ދެްއްވާށި

 10. ޅާދީނީ ސަރުކާރު އިސްތިއުފާ

 11. އެމްޑީޕީ ޖަގަހަ

  ޖަގަހަ ޕޮލިސް ސަރުކާރު ވެރިކަމަށް ގެންނަން ދީނަށް ފުރައްސާރަކުރާ މީހުން އަތުން ކިހާވަރެއް ލިބުނުބާ؟

 12. އެކްޓިވިސްޓުން

  ހެޔޮނުވާނެ ކަމިސަނަރ ކަމަށް އެމްޑީޕީ އެކްޓިވިސްޓުން ލައިގެން ޕޮލިހުންލައްވާ ހަޑިމުޑުދާރު ވާހަކަ ނުދައްކުވަބަލަ

 13. އެމްސީ ހަމީދު

  އަކީ އޭފެ ބޮޑެއް. ނަމާދު ނުކުރާ ކަމަށް ވަނީ.

 14. ވެލް ކަމް ޓު ޖަޒީރާ ރާއްޖެ

 15. ޑިރަސާވެރިޔާ

  ގައުމު އޮއާ ދިޔައީ،،، ފުލުހުންގެ އަޒުމުގައި އޮންނަނީ އިސްލާމް ދީނަށް ފުރައްސާރަ ކޮށް، އިސްލާމީ ރިވެތި އުސޫލުތަކާއި ހިލާފަށް ، މިސްކިތްތައް މަދު ކުރަން ، ގޮވާލާ މީހުންގެ ހިމާޔަތްދީ ބަޔާން ނެރެންތޯ... އިސްލާމް ދީނަށް ފުރައްސާރަ ކުރާ ބަޔެއްގެ ހިމާޔަތުގައި ފުލުހުން ބަޔާން ނެރޭ ހިސާބަށް ދިޔައީމަ ވަރަށް ދެރަވަރު ކަމެއް

 16. މިރާއްޖޭގައި އޮތް އެންމެ ލާދީނީ ބައިގަޑު އޮތޯ ޕޮލިހާ އެމްއެންޑީ އެފްގައި

 17. މަސްވެިރިޔާ

  ވ. އަވަހަށް ޅިޔަނުގެ ވަޒީފާ ގެއްލި ހިގައިދާނެ ﷲ ސބވ. ދެއްވި ނިއުމަތަށް ޝުކުރު ނުކުރާނަމަ އެމީހެއްގެ ކުރިއެރުމެއްނެތް. އިސްލާމީ ޤައުމެއްގައި ދީނަށް ފުރައްސާރުކޮށް މަލާމާތް ކުރުމީ ދިވެހިން ވ ރުޅި އަންނަކަމެއް.
  ފުލުހުން ތަހުގީގު ކުރަންވީ ހަމަ ކުރަންވީ. ކަލޯ ހަމީދޫ .ފުލުހުންގެ ތެރޭ ވ ގިނަވާނެ ދީން ދެކެ ލޯބިވާ ޤައުމީ ދަރިން، ދީނަށް ފުރައްސާރުކުރާ މީހުންނާމެދު ފިޔަވަޅެއްނޭޅި ރައްދެއް ދޭ މީހާއަށް ފިޔަވަޅު އަޅަނީ ކޮން ހަމަ ތަކުންތޯ. އަހަރަމެންނަކީ އިސްލާމް ދީނުގެ ހައްގުގައި ބުނަންޖެހޭ ބަސް ކެރިގެން ބުނާނެ ބަޔެއް. އަދި ބުނަންތަ ބިރުގަންނަނީ ހެއްދިވެ ރައްވަށް.

 18. ތިބަޔާން ނެރުނު ބައެއްގެ އިސްލާމްކަމާމެދު ސުވާލު އުފެދޭ.. ހަމައެކަނި ތަބާވާ އެއްޗަކީ ވަޟަޢީ ޤާނޫނުތައް ކަމަށް ވީމާ ވާނެ 4 އެއްޗެއް މިވަނީ.. ޤުރްއާނާ ސުންންތުގަ ވަކިގޮތަކަށް ޙުކުމެއް އައިއްސަ އޮތަސް އެޙުކުމަކީ އެރއްވެސް އެއްޗެއްނޫންކަމަށް ދެކޭ ބައެއްތީ...

 19. އެއްވެސް ދީނަކަސް އެއްވެސް ބަޔަކަށް ފާޑެއްނުކިޔޭނެ އިސްލާމުންނަށް ވެސް ކްރިސްޓިއނުންނާ ނުބެހެވޭނެ.

  • ލޮލް! ރަނގަޅު.

  • މުސްލިމުން އެއްވެސް ދީނަކަށް ފުރައްސާރައެއް ނުކުރޭ. ﷲ ގެ ހަޟްރަތުގައި ދީނަކީ ހަމަ އެކަނި އިސްލާމް ދީން.

  • އައްދެއައްދޭ ހާދަ މައްޗަކަށް ތިޔަދެވުނީ. މައިތިރިވޭ! މިހާރު މިވާހަކަ ދައްކަނީ އިސްލާމެއްގެ ނަމުގަ އުޅޭބަޔަކު އެބަޔަކު އުޅޭއުޅުމާ ބެހޭތީ އަދި ކްރިސްޓިއަނުންގެ ކަންކަމަކާ ބެހޭތީކީ ދައްކާވާހަކައެއް ނޫންދޯ.

 20. އިސްލާމީގައުމެއްގަ ފުލުހުން ހުވާކުރައްވާފަވަނީ އިސްލާމްދީން ހިމާޔަތްކުރުމައްތޯ ނޫނީ އިސްލާމްދީނާ ހިލާފްވާހަކަދައްކާ އެފަދައަމަލު ކުރާ ފަރާތްތަކައް ހިމާޔަތް ހޯދަދޭނަމޯކިޔާފަތޯ؟؟؟ ތިކަހަލުގެ ދީނާ ހިލާފް އަމުރުކުރާ ޕޮލިހުންތަކަކަށް އަހަރަމެން ޖެހިލުމެއްނުވޭ، އަހަރަމެން ޖެހިލުންވަނީ ހެއްދެވިފަރާތައް! ލާދީނީ ވެރިންވެރިކަމަށްއައީމަ ހުރިހާ ހުރިހާ މުައްސަސާއެއް މިދަނީ އިސްލާމްދީންފޮހެލަން މަސައްކަތްކުރަމުން!

 21. އިސްލާމް ދީނަށް މަލާމާތް ކޮށް ދީނީ އިިލްމުވެރިންނަށް އިންޒާރުދީ އަބުރަށް އަރައިގަނެ ނުފޮރުއްޕާން ކުރާ މީހުންނަށް ހިމާޔަތާއި ރައްކާތެރިކަން ދީ، ދީނުގެ އަދުއްވުންނަށް ކަތި ނަޒަރުން ބަލާ މީހުންނަށް ބިރުވެރި އިންޒާރު ދިނުމުން ސރކރގ ސިޔާސަތު ވަރަށް ރީއްޗަށް އރނގި ހާމަވޭ. ފިޔަވަޅަކުން ފިޔަވަޅަކުން އެހެރަ ގެންދަނީ ކުރިއަށް. މަޖިލިސް އިންތިޚާބު ނިމުމުން ދުނިޔޭގަ ތިބި ބަޔަކު ލޮލުން ކަރުނަ އަޅާވަރު ކަންތައް ހިނގައި އެފަދަ މަންޒަރުތައް ދާނީ ފެންނަމުން. ރީތި ބޮނޑިއެއް ބޮއިގެން ދިވެހިން މިތިބަ ފެންނަނީ.

 22. ޝޭހު އިމްރާނަށާއި ޝޭހު އިލިޔާސް އަށާއި ޝޭހު އިޔާޒު އަދި އަލީ ޒާހިރު އަށް ވަރަށް ސަލާމް. ދެން ކޮންދުވަހަކުން ސޮލިބު އެޅުމާއި ނިތްކުރީގަ ގެރިގުއި އުނގުޅަން ޖެހެނީ

 23. ާކަދުރު ފާތުމަ

  ފޭސްބުކް ބޭނުން ކުރަން އެކައުންޓް ރެޖިސްޓާވާއިރު އެއްބަސްވުމެއް ހެދެނީ އެމީހަކާ ފޭސްބުކާ ދެމެދު..އެމީހަކާ ފުލުސް އޮފީހަކާދެމެދަކުނޫނެވެ.

 24. ފުލުހުންނަށް ވަރަށް އިހުލާސްތެރިކަމާއި އެކު ފުލުހުންގެ ހުވާ ހަނދާންކޮށްދެން. އިސްލާމް ދީނަށް އުނިކަން އަންނަގޮތަށް ކުރާ އޯޑަރުތަކަށް ބޯލެމްބުމަށް ވުރެ ކޮށްގެން ތިބި ހުވަޔަށް އިސްކަންދީ

 25. 7 ފެބްރުއަރީ 2012 ދުވަހު ފުލުހުން އަތުގުޅާލައިގެން އެބައިމީހުންގެ އަޒުމް ކީ އިރުގަ ބުނީ "އަހުރެން އިސްލާމް ދީން ހިމާޔަތް ކުރުމަށް ފަސްނުޖެހޭނަން" ކަމަށް ބުނެފައިވޭ

 26. ސުބުޙާނަﷲ މިއީ ކޮންފަދަ ސަރުކާރެއް މިރާެއްޖެއިން އިސްލާމްދީން ނެތިކޮށްލުމުގެ ފިކުރު މިސަރުކާރުގައިހުރިމިންވަރު މިހިރަފެންނަނީ މިވެރިން ދުރުކުރަން ރަޢިއްޔަތުން ނުކުންނަމާހިނގާ

 27. ފުލުހުން އަދަބުދިނަސް ޖަލަށްލިއަސް އެކަންކުރާނެ ކުރަންޖެހޭނެ

 28. މާދަމާ ފުލުހުންބަޔާނެ ނުނެރޭނެބާ އިސްލާމްދީނާއި އެއްގޮތަށް ޙުކުމްކުރާ ފަޑިޔާރުންނާއިމެދު ފިޔަވަޅު އަޅާނެކަމަށް

 29. އަޅާނެ ފިޔަވަޅެއް އަޅާ! އިސްލާމް ދީނަށް ހަޖޫ ޖަހަންޏާ އެކަމާ ދެކޮޅަށް އަޑު އުފުލާނަން.

 30. އެފަދަމީހުންނަށް އިންޒާރުވެސްދޭންވީ ފާޑުވެސް ކިޔަންވީ ބިރުވެސް ދައްކަންވީ ފުލުހުންނަކަށް އެފަދަމީހުންގެ މައްސަލައެއް ނުބެލޭނެ

 31. މިއީ އަހަރެމެން ބިރުގަތް ކަންތަށް. ސަލާމަތީ ބާރުތަކުން ހިމާޔަތް ލިބޭގޮތަށް އިސްލާމް ދީނަށް ހިތުހުރިއެއްޗެއް ކިޔަން މިއޮއް ހުޅުވާލީ. އަދި ވެރިކަމަށް 2 މަސްނުވޭ އިސްލާމްދީނަށް ފުރައްސާރަކުރުން އެމެރިކާއަށްވުރެ މަތީގަ. ﷲ އިރާދަފުޅުން މިވެރިކަން ވީއްދަވާނދޭވެ. އާމީން

 32. އަޅާނެ ފިޔަވަޅެއް އަޅާ! އިސްލާމް ދީނަށް ހަޖޫ ޖަހަންޏާ އެކަމާ ދެކޮޅަށް އަޑު އުފުލާނަން. މިރާއްޖެއަކު އިސްލާމްދީނާ ޚިލާފު ވާހަކައެއް ނުދެއްކޭނެ.

 33. އަހުލީ ހަނގުރާމަ އަކަށް ނުވެ ނިމިއްޖެއްޔާވެސް ރަނގަޅު!

 34. ކޮބާފެނެއެއްނު ވާގޮއް.އަދިމިއަވުރެ ބޮޑެތިކަންތައް ފަހުންވާނެ ރައްޔިތުން ބަލަންތިބޭތި.

 35. އަހަރެމެން މިކިޔާތަން މިއަށްނަނި ޝާބިތުކަމާ އެކު އިސްލާމް ދީނުގައި ތިއްބަވާ!

 36. ޥަގުތު މީ ވަރަށް ފިތުނަ އުފައްފައްދާ ބައެއް ފުރައްސާރަ ކުރާމީހުންނާއި އެމީހުންނަށް އިންޒާރު ދޭމީހުންނަށް ފިޔަވަޅު އަޅާވާހަކަބުނީ ތިގޮތަށް ފިތުނަ އުފަދޭ ގޮތައް ހެޑިން ނުޖެހުމަށް ދަންނަވަން

  • ފުރައްސާރަ ކޮށްފަ ހުރި އެކަކަށްވެސް ފިޔަވަޅު އަޅައިފި ތަ؟ އިންޒާރު ދިން މީހުން އެކަންޏެއްނު ގެންދަނީ. ދެން ކޮން ވާހަކައެއް ދައްކާކަށް.

 37. ޢާލަމްތަކުގެ ވެރި އިލާޙު ވަނީ މާކުރިން ތިމީހުންނައް އިންޒާރު ދީފަ ދެން ފުލުހުންނަށް ކޮން ފިޔަވަޅެއް އެޅޭނީ.

 38. ޔޫސުވާފަންދި

  މިހާރަކަށް އައިސް ދިވެހި މުޖުތަމަޢުގައި މާތް ރަސޫލާ މުހައްމަދު ސއވ ގެ އަނބިއަނބިކަބަލުންނަށް ނިސްބަތްވާ ގޮތަށް ބޭއަދަބީ ވާހަކަ ދެއްކުން މިވަނީ އާންމުވެފަ. މިގޮތުން ދާދި އިހަކަށް ދުވަހު މީހަކު ދެއްކި ވާހަކައަކީ މުހައްމަދު ސއވ އުންމުލް މުޢުމިނީން ޚަދީއްޖާ ރއ އާއި ކައިވެނި ބައްލަވައިގަތުން އެއީ މުދަލާއި ދުނިޔޭގެ އެދުންވެރި ކަމުގަ ކުރެއްވި ކަމެއްގެ ކަމުގަ. އަދި ގޮލްޑްޑިނގާއެއްގެ ގޮތް ކަމުގަ. އަސްތަޣްފިރުއްﷲ.

 39. ސާބަސް އެމް އެން ޑީ އެފް އަށް ތިވަރުގެބަޔާނެއް ހެޔޮ ވެރިކަމެއްގާނެރެވޭނީ އެއްމެ ބޮޑު ރައްޓެހިމީހާ - އިންޑިއާ މޯދީ މިއަދު އެފާސްކޮއްލީ މުސްލިމުން ނެތިކޮއްލާ ގާނޫނު ސުކުރިއްޔާ ސޯލިހު ރައީސް

 40. ހަމަ އެގޮތަށް މިކަހަލަ ފިތުނަފަސާދަ އުފައްދާ ޤަޢުމީސަލާމަތަށް ނުރައްކާކުރާ ނޫސްތަކަށްވެސް ފިޔަވަޅު އެޅުން ވ.މުހިންމު

  • ފިތުނަ ފަސާދަ ނުއުފައްދަނީ ރ ޓީވީ އާ މިހާރު ނޫހާ ދޯ. ވަރަށް ބޯ ހަމަޖެހޭ ވާހަކައެއް މީނަ ދައްކަނީ.

 41. އެމްސީ ހަމީދަކީ ސެކިއުލަރ ވިސްނުންހުރި މީހެއްކަން ނޭނގޭ ދިވެހި ރައްޔިތަކު ނުހުންނާނެ.

 42. ވަގުތު ދެން މަރުދަންޖެހުނަސް ޔާމިންދެން ވެރިކަމަކަށް ނާންނާނެ. އިންޝާﷲ

  • ކަލޭ މޮޔަތަ؟ އިސްލާމްދީނުގެ ވާހަކައޭ މިދައްކަނީ. ޔާމީނުގެ ވާހަކައެއް ނޫނޭ. މިކަހަލަ ބޯގަމާރު މީހުން އުޅޭތީއޭ ރާއްޖެ މި ހާލަތަށް ވެއްޓުނީ. ކަލޭ ކޮން ޖަވާބެއް ދޭނީ މާތް ﷲ އަށް. އޭ މަށަށް އިސްލާމްދީނަށް ވުރެ ޔާމީން ވެރިކަމަށް ނޭރުވުން މާ މުހިއްމޭ.އެހެންވީމަ ލާދީނީ އޯކޭ އޭ. ބޯ ހަލާކު.

 43. އެއްވެސް ހާލަތެއްގައި ﷲ މާތް ކުރެއްވި އިންސާނަކަށް އިންޒާރުދީ މާރާމާރީ ހިންގުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. ޢެފަދަ ކަންތައް ހުއްޓުވުމަށް ނަސޭހަތުގެ މަގު ހިޔާރުކުރަން އިސްލާމްދީން ބާރު އަޅަނީ. ﷲ ތައާލާ އެކަލާނގެ ދީން ރައްކާތެރިކުރައްވާނެ އެކަމަށް މަދަދުގާރެއްބޭނުންވެ ވޮޑިނުގަންނަވާފަރާތް ތިޔަބައިމީހުންނަށް އަންގަވަނީ ހައްގުގޮތުގައި ސާލިހު އަމަލުކުރުންމަތީ ދެމިތިބެ ސަވަރުގެ ލިބިގަތުމަށް

 44. މަވެސް މީ ފުލުހެއް. ދީނަށް ނަސްރު ނުދެވޭނަމަ ދީނަށް ރައްކާތެރިކަން ނުދެވޭނަމަ ނުކުންނާނެ ކަމުގެ އިންޒާރު ސެކިއުލަރ ހަމީދަށް މަވެސް ދެން.

 45. ފުލުހުން ދެކެބިރުން ދެން މިތިބީ. :ޕ

 46. اللهم أعز الإسلام والمسلمين...آمين... ثم آمين

 47. މިއާރޓިކަލްގެ ސުރުޚީގައި ފުލުހުން ބުނި ވާހަކައިގެ އެއްބައި ހިމައި މީސްތަކުންގެ މެދުގައި ދީނީ ގޮތުން ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރުމަކީ ދެރަ ކަމެއް. ސުރުޚީ އެކަނި ކިޔާފައި ހަގީގަތްނޭނގި ކޮމެންޓް ކުރާ ފަރާތްތަކުންވެސް ކުރެވޭ ކަމަކާއިމެދު ވިސްނާލުން ރަނގަޅު. ވަގުތު ނޫހުގައި މިގޮތަށް ޚަބަރު ފަތުރައި މީސްތަކުންގެ މެދުގައި ނަފުރަތާއި ފިތުނަ އުފައްދާ މީހުނަށް މަހުޝަރުގައި ސުވާލު ކުރެވޭނެކަން ހަނދާންކޮށްދެން. މިކޮމެންޓް ޖަހާލަދީ.

  • ދީނަށް ފުރައްސާރަ ކުރާ މީހަކަށް ފިޔަވަޅެއް އަޅައިފިނަމައެއްނު ސުރުޚީ ނުބަޔޭ ބުނެވޭނީ. ހުސް ސުވާލު ކުރަންވެސް ގެންދަނީ އިސްލާމްދީނުގެ ދިފާޢުގައި ވާހަކަ ދައްކާ މީހުންނޭ. ސުރުޚީ ހަމަ ރަނގަޅު. މިބުނި ވާހަކައާ މެދު ވިސްނާލާފަ ކޮމެންޓް ކުރުން ރަނގަޅު ލާދީނީ ދިފާއު ކުރަން އުޅޭ މީހުން. ވަރަށް ސަލާމް.

 48. މޯލްޑިވްސް ޕޮލިސްސާވިސް ހިންގާ އިސްވެރިޔަކީ ބޯގަންވިލާ އިބްރާހިމް އިސްމާލުތަ ލާދީނީ އޭ ކިޔާމީހުންނަށް 15 އަހަރުގެ ޖަލުހުކުމެއްއަންނަގޮތަށްޤާނޫނު ފާސްކުރަންބުނިތާ 12 ގަޑިއިރުނުވެ ފުލުހުން ރަތަށް އެރިއިރުދޯ

 49. އިމްރާން ތީހަމަ އަސްލުވެސް އިމްރާނުތަ. ރޮއެރޮއެފަ ކުރި ދުޢާތަކާއި ދީނަށް ނަސްރުދިނުމަށް ދެއްކި ވާހަކަތަކާއި ހެއްދެވިފަރާތްމަތިން ހަނދުމަނެތީތޯ. ވެރިކަން ލިބުނީމަ ބޮޑާވެ ކިބުރުވެރިވީތޯ. އަނެއްކާ ލާދީނީ ފިކުރުރަށް ތަބާވީތޯ ދުނިޔޭގެ އެދުމަށް

 50. މަންމަ ރޮންވި ލާދީނީސޭހު އިލިޔާސްއަކީ
  ޥަރަންނުލަފާމީހެއް

 51. ކަލޭމެންނަށް ރިޒުގުދެއްވަނީ މާތްﷲ. އަދި ކަލޭމެން އެނބުރި ރުޖޫޢަ ކުރައްވަނީވެސް އެކަލާނގެ ޙަޒްރަތަށް ވީއިރު މުނާފިގުން ޙިމާޔަތްކޮށް، ދީން ދިފާޢުކުރަން މަސައްކަތްކުރާމީހުންނާމެދު ފިޔަވަޅު އަޅާނަމަ ދިވެހި ރައްޔިތުން އެކަންބަލަން ހަނު ނުތިބޭނެ.

 52. އެމްޑީޕީގެ އަނިޔާވެރިކަމާ ޚުދުމުޚުތާރުކަން ފެނިގެން މިދަނީ. ވީމާ މަޖްލިހުގެ އިންތިޚާބުގައި ސަރުކާރާ މެދު ރައްޔިތުން ފިޔަވަޅު އެޅުން ގާތް.

 53. ހާދަ ދީނީ ސަރުކާރެކޭ ދޯ. ހެހެހެ

 54. ހާދަހާވާ ނުބައި ބައެކޭ މީ. ބަލަގަ ކަލޭމެން ސަޕޯޓު ކުރާ މީހާ މިއޮތްހާ ދުވަހު ދީނާ ޚިލާފު ވާހަކަ ދެއްކި އިރު ކަލޭމެން ތިބީ ކޮންތާކުހޭ!! ބޮލު ރޮދި ކެނޑިފަ ހުރި ގަމާރެއް ލިޔެފަ އޮތް ލިޔުމެއްތަ މީ؟

 55. ކޮބާ ކޯބާ ބޮޑު މަންޒަރު ފެންނަން ފަށާއި ފިޔެއްނު. ދުވަހެއް ދުވަހަކަށް ދާނީ މަންޒަރުބޮޑުވަމުން. ހޭއަރާ މިއޮތީ ކުރިމަތީގަ މަޖިލިސް އިންތިހާބު.
  ވިސްނާނުލާ ކޮއްފިކަމަކުން އެންމެފަހަރަކުދޭހުގާއި
  ހިތިކަރުނަ އޮއްސަންޖެހި ދެޔޭ އުމުރަށް މުޅިން

 56. ސުބުހާނަﷲ.....ސުނާމީ އެއް އެރީމަ ކަން ނޭގޭ މިމީހުން އިސްލާހު ވާނީ. ދިވެހިންގެ ސދުވަސް ދަނީ..ވަށައިގެން ކަނޑު އޮންނައިރުވެސް ހެއްދެވި ފަރާތަށް ކުޑަވެސް ބިރެއް ނުގަނޭތަ؟

 57. އޯކޭ މަގުމަތިން ހުކުމް ކުރީމަ އޯކޭބާ ފުލުހުން އެބުނަނީ އާންމުން ނުކުމެ މީނާ ކާފަރުވިޔޭ މީނާ ދީނައް ޖޯކުޖެހިޔޭ ބުނެ މީހުން ގަޔައް ބޮލައް އަރައި ނުހަދާށޭ ފުލުހުން އެކަން ބަލަޔި ފިޔަވަޅު އަޅާނެޔޭ (ނަމާދުދު ނުކުރިޔަސް މިކަހަލަ ކަންކަމުގަ ފިތުނަ ކުރަން ބައެއް މީހުން ވަރައް ފޯރި ނުންނާނެ) މިކޮމެންޓު ނުޖަހާތި ވަގުތުމީހުން

 58. ފީކަޅާ ނުވާށެ

  ދީނަކީ އެެއްވެސް މީހެއްގެ އަމިއްލަ ކަމެއް ނުން. އިސްލާންދީނަކީ ހުރިހާ އިންސާނުންގެ ދީންކަމުގައިވާނަމަ ދީނަށް ފުރައްސާރަކުރާމީހަގެ ވެސް ދީން ކަމުގައި އިސްލާންދީން ވާންޖެހެނީ. ޢެހެންވީއިރު ފުރައްސާރަ ކުރާމީ އެކުރަނީ ޢޭނާގެ އަމިއްލަ ޒާތީ ކަމެއް ނުންބާ. ޢެމީހާ ފަހަތުން ގޮސް އޭނާ މަޜާލުމަކީ ވަރަށް ނުބާ އަދި ބުއްދީގެ އެއްވެސް ހަމައަކުން އިންސާފު ވެރިކަމަކަށް ނުވާނެ

 59. ސާފުބަހުން ތިޔަބުނީ އިސްލާމްދީނަށް ފާޑު ކިޔާށޭ އިނގޭ.

 60. ކަލޯގަޔާ މިއޮތީވާ ސަރުކާރެއް މިސަރުކާރާ ދެކޮޅަށް ތެދުވާނެ ރައްޔިތަކުވެސް ހަމަނެތީތަ؟ މިދިވެހިރާއްޖޭގައި ދީނަށް ފުރަށްސާރަ ކުރިޔަސް ވަރިހަމަވެގެން މިއަދު ތިބެވޭކަށްނެތް މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަ ކުރާމީހުންނަށްވެސް މިސަރުކާރުގެ ޖާހިލު ފުލުހުން ތާއީދުކުރަނީ ކީއްވެތޯ މިސުވާލަށް ޖަވާބެއްބޭނުންވޭ ވަގުތުކުޑަތަންވަނީ.

 61. ސޭކު އިމްރާން

 62. ކާފަރުންގެ ވެރިކަންމީ