އިސްލާމްދީނަށް ފާޑުކިޔާ މީހުންނާ ދެކޮޅަށްވެސް ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިއަދު ހަވީރު ނެރެފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވީ އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމް ދީނަށާއި ދީނުގެ އުސޫލުތަކަށާއި ޝިއާރުތަކަށް ފާޑުކިޔާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމުގައެވެ. ހަމައެއާއިއެކު ވިދާޅުވީ އެފަރާތްތަކަށް އިންޒާރު ދޭ ފަރާތްތަކަށްވެސް ފިޔަވަޅު އަޅާނެކަމުގައެވެ.
މީގެއިތުރުންވެސް، ފުލުހުން ވިދާޅުވީ މިހާރަކަށް އައިސް ބައެއް ފަރާތްތަކުން މީސް މީޑިޔާގައި ހިންގާ ބައެއް މުއާމަލާތްތަކުގައި ރައްޔިތުންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަމާއި މަސްލަހަތަށް ބުރޫ އަރާފަދަ ބަސް މަގު ބޭނުން ކުރާކަން ވަނީ ފާހަގަ ކުރެވިފައިކަމަށެވެ. އަދި މިފަދަ ބައެއް މުއާމަލާތްތަކަށް ރައްދު ދިނުމުގެ ގޮތުން އަނިޔާވެރިކަމާއި ނަފްރަތު އުފެއްދުމަށް ހިތްވަރު ލިބޭފަދަ މަސްމަގު ބޭނުންކުރާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން މިހެން ވިދާޅުވިއިރު، ކުރިންވެސް ލާދީނީ ލިޔުންތަކެއް ލިޔެފައިވާ "މިނިވަން 97" ގެ އައިޝަތު އާނިޔާ ވަނީ މިސްކިތަކީ ހުތުރު ތަނެއްކަމަށް ބުނެފައެވެ. ހަމައެހެންމެ، އިލްމުވެރިންނަކީ ފިތުނަފަސާދަ ފަތުރާ ބައެއްކަމަށްވެސް ބުނެފައިވެއެވެ.
ހަމައެހެންމެ، އެމްޑީޕީ އުފެއްދުމުގައި އުޅުނު އިބްރާހީމް އިސްމާއިލް (އިބުރާ) ބުނެފައިވަނީ ދެ މިސްކިތެއްވަރު ބެހެއްޓުމަށްފަހު އެހެން މިސްކިތްތައް ތަޅާލުމަށްފަހު އިޖުތިމާއީ ކަންކަމަށް ބޭނުން ކުރަން ޖެހޭކަމަށެވެ. ހަމައެހެންމެ، ލާދީނީއޭ ބުނާ ފަރާތްތަކަށް އަދަބު ދިނުމަށްވެސް އޭނާ ގޮވާލާފައިވެއެވެ.
މީގެއިތުރުންވެސް، އެތައް ބަޔަކު ދަނީ ލާދީނީ ވާހަކަތައް ދައްކަމުންނެވެ. އެގޮތުން ރަޖަމު ކުރުމާ ބެހޭގޮތުންވެސް ގިނަ ފަރާތްތަކުން ވާހަކަ ދައްކަމުން ގޮސްފައިވެއެވެ.
އިބުރާ، ސަހިންދާ، އާނިޔާ. މިމީހުންނަށް މިހާރުން މިހާރަށް ފިޔަވަޅު އަޅާ!!
ވެލެޒިނީއަށް ވެސް
ފެނޭތަ. ދީނާ ބީރައްޓެހި މީހުންގެ އަތަށް ބާރު ލިބުނީމަ ވާގޮތް.
އިސްލާމްދީނަށް ފާޑުކިޔާ މީހުންނަށްވެސް ފިޔަވަޅު އަޅާނަން - ފުލުހުން
އިސްލާމް ދީނަށް ފާޑު ކިޔާ މީހުންނަށް އިންޒާރު ދޭނަމަ ފިޔަވަޅު އަޅާނަން - ފުލުހުން
މިކިޔަނީ ކީކޭތަ؟
މިގައުމު ނެތިދިއުން ގާތްވެއްޖެ، މާތްﷲގެ ކޯފާއެއް އަންނާނީ ކޮންވަގުތަކުކަމެއް ނޭނގެ، ޞުބުޙާނަﷲ، ހުރިހާކަމެއް މޮޅަށް ދެކެދެނެވޮޑިގެންވަނީ މާތްﷲ.
އާނިޔާ އާއި އިބުރާ ވެލަޒިނީ އަށް ފިޔަވަޅު ނޭގިން އުޅޭކަމެއް ކޮންމެވެސް ނޫސްވެރިޔަކު ޕޮލިހުންކާރިން އަހާލަބަލަ!
ޕްރެޝަރ މައްޗަށް ދިޔައީތޯ
މިހާރުދެން ކިޔާނެ ޣެޣްޗެ ނޭގުނީމާ ކިޔާޣެޣްޗެ ކާކާ ދޭތެރެތޯ ފިޔަވަަޅުޣެޅުނީ ތިބާމީހުންގެ ސަޣިޒު މިހާރު ޣެމްމެނަޣް ވެސް ޣެގިޖެ
ނޭޅޭނެ އެއީ އެންމެ ފުރަތަމަވެސް އަޅަންޖެހެނީ އަންނި އައް
ކޮންފިޔަވަޅެއް އެޅޭނީ އާނިޔާ މިހާރުވެސް ދީނައް އެފުރައްސާރަ ކުރަނީ. ކޮބާ ވެލެޒިނީ އެބުނަނީ ނު އެމީހިން އެއީ ބުއްދި ގޯސް މީހުން ނޭ.. އޯޓިޒަމް އޭ ބަލިކުދިން ނޭ
އިސްލާމްދީނަށް ބަދު ބަސް ބުނާ މީހުން ހައްޔަރެއް ނުކުރެވޭނެ. ހައްޔަރު ކުރަން ބަލާއިރު ނަޝީދާއި އިބްރާއި އާނިޔާއި ޝަހިންދާއި ވެލެޒިނީމެން މިތިބީ ހައްޔަރު ކުރަން.
މިޖެހުނީ ކޮންތާކު؟ މަ ހީކުރީ މީނަ އައީމަ ނޫސްވެރިންނަށް ސުވާލު ކުރުުމުގެ ފުރުސަތު ދޭނެ ކަމަށް...ކަމަކަށް ވާކަހަލަ މައްސަލައެއް ނަމަ ބަޔާނުން ނިންމާލަނީ...ޚާއްސަކޮށް މިބާވަތުގެ މައްސަލަތަކުގައި...ހިތާމަހުރި
ދޮންކަނބުލޯ. ތިކަމެއް މިވެރިކަމުގަ ނުކުރާނެ. ޢެމް.ޑީ.ޕީ ވެރިކަމުގަ އޮތިއްޔާ ލާދީނީ މީހުންނަށް ފިޔަވަޅެއް ނާޅާނެ.
ކީކޭތަ މިކިޔަނީ. އިމްރާނުގެ ދުވަސްދާން މިއުޅެނީ. މިސަރުކާރުގެ އެންމެ އަވަހަށް ހޫނުފެނަށް ވެއްޓުނު މިނިސްޓްރުއެއީ. އެއިން ސަލާމަތެއްނެތް.
އަޅާނަން އަޅާނަން، ފިޔަވަޅު އެޅިފަކާނެތް
މި ރާއްޖޭގައި ތިބި ހަޤީޤީ އިސްލާމް ދީން ދެކެ ލޯބިވާ
ދީން ހިމާޔަތް ކުރާ މީހުން އުތުރި އަރާ ދުވަސް ގާތް
ވެއްޖެ. މާތްﷲގެ ކުޅަދުން ވަންތަ ކަމާ އެވެ.
ޕޮލިހުންއެބުނަނީ ހިގާއިރު ބޫޓުންފިޔަވަޅުއެޅޭ
ވާހަކަ
ތި ބަހުގެ ތެރެއައް 'ވެސް' އައިމަ މުޅީން ހިންހަމައެއް ނުޖެހުނު.. ކޮން ވެއްސެއް ކިޔާކައް.. ދީނައް ފުރައްސާރަކޮއްފިއްޔާ އަދަބުދޭންޖެހޭނެ..
މަ އެބަހުރިން ބަލަން ފުލުހުން ޝަހިންދާއަށާ.. އިބުރާއަށާ.. އާނިޔާއައް އެއްވެސް ކަމާއެކަށިގެންވާ ފިޔަވަޅެއް އަޅާތޯ.. އެންމެ ކުޑަމިންވަރަކައް ޕަބްލިކް އެޕޮލޮޖީއެއްވެސް އެންފޯސެއް ނުކުރާނެ. ވަކީން ޚާއްސަކޮއް އިބުރާ.. އޭނާ އެހެރީ ތިމާގެ މީހުންނާއި ކޮއްކޮ ގެންގޮސް ރައީސްއޮފީހުގެ މަގާމުތަކައް ލައިގެން.. ވީމާ ކޮން ފިޔަވަޅެއް އަޅާނީ.. އިމުރާނު އެހެރީ ޝޭހަކު ހޯމްމިނިސްޓަރަކައް.. މިހުރިހާކަމެއް ވެގެން މިދާއިރުވެސް ކޮން ފިޔަވަޅެއްއަޅާތަން ފެނުނީ.. ކޮން ބަހެއް ބުނާއަޑު އިވުނީ.. ވެރިކަން ނުލިބުގެން އުޅުނުއިރު ހީވަނީ ދީނުގެ ހިމާޔަތުގަ އައްޑަނަ ހިފައިގެން މެޔައް ލޮންސިހަރާއިރުވެސަ ނުކުމެއް ތިބެފާނެ ހެން..އެކަމަކު ބާރެއް ލިބުނު ދުވަހު އަލިފުވެސް ދީނައް ބަޔަކު ފުރައްސާރަކުރާއިރު ނުބުނެވުނު.. ވިސްނަވާ މިދުނިޔޭގެ ކެހިވެރިކަމުގަ ޖެހުނީމަ ވެގެން މިދާގޮތް.. މިފެންނަނީ ލޮލިކުރިމަތީން ފަސްޓު ހޭންޑުކޮއް.
ބުދުދީން އޮތް އިރުގައިވެސް ރާއްޖެ އޮތީ ސަލާމަތުންނެއްނު؟ ދުނިޔޭގެ ގައުމުތައް ސަލާމަތުން އޮންނަނީ ވަކި ދީނަކަށް ބަޔަކު އުޅެމުންދާތީތަ؟