ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް އަދިވެސް މޫސުން ގޯސްކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މާދަމާ ހެނދުނު 6:00 ޖެހުމާއި ހަމައަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި، އަދި ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.

"މީގެ ތެރެއިން ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުމަކީވެސް އެކަށީގެންވާކަމެއް"، މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނީ، މެދު ރާއްޖޭގެ ތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަަމަށާއި، އުތުރުގެ އަތޮޅުތަކަށް އާއްމުގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށެވެ.

މެޓް އޮފީހުން އިތުރަށް ބުނިގޮތުގައި، މެދުތެރޭގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު