ޑަބްލިއު ކޮންސްޓްރަކްޝަނުން މަސައްކަތް ކުރަމުން ދިޔަ މ.ނަލަހިޔާ މަންޒިލުން ސިމެންތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާކުރަމުން ދަނިކޮށް ނިޔާވި ރަޝްވާން ޖިއާންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް އެ ކުންފުނީގެ ހިފަހައްޓާފައިވާ އިމާރާތް ކުރުމުގެ ހުއްދަތައް އަލުން ދީފައި ވަނީ ފިޔަވަޅު އެޅުމަށްފަހުކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އެ ސިޓީ ކައުންސިލްގެ މެންބަރު މުހައްމަދު ފަޒީން "ވަގުތު"އަށް ވިދާޅުވީ، ޑަބްލިއު ކޮންސްޓްރަކްޝަންއަށް އަލުން މަސައްކަތް ކުރުމުގެ ހުއްދަ ދިނީ ކައުންސިލްގެ ހަ މެންބަރުންގެ އިއްތިފާގުން ކަމަށެވެ. އަދި އެ ފަރާތްތަކަށް ހުއްދަ ދޭން ނިންމީ، އެ މަސައްކަތް ހުއްޓާލާފައި އޮތުމުން އާއިލާތަކަކަށްވެސް ގެއްލުން ލިބޭނެތީ ކަމަށެވެ.

"ވާގޮތަކީ ޑަބްލިވް ކޮންސްޓްރަކްޝަން އިން ކުރަމުންދާ މަސައްކަތަކީ ވަރަށް ގިނަ އާއިލާތަކަކާއި ގުޅުން ހުރި މަސައްކަތްތަކެއް. ލޯންތަކެއް ނަގައިގެން އެކި ތަންތަން މޯގޭޖްކޮށް އެގޮތަށް މަސައްކަތް ކުރަމުން ދަނީ. ދެން އަޅުގަނޑުމެން އެ މަސައްކަތް ހުއްޓާލާފައި އޮތުމުން ލޯންތަކަކަށް /ފައިސާ ނުދެއްކޭނެ/. ރޫމްތައް ކުއްޔަށް ދޭން ފެށިގެން އެކަން ރިކަވާކުރަން ފެއްޓޭނީ". ފަޒީން ވިދާޅުވިއެވެ.

ފަޒީން ވިދާޅުވީ، އެކަންކަން ވިސްނުމަށްފަހު ކައުންސިލުން އެ ކުންފުނިން ޒިންމާދާރު ކުރުވުމަށް ކުރެވޭނެ ކަމެއް ބެލި ކަމަށެވެ. އެގޮތުން ގަވާއިދުގައި ޖޫރިމަނާ ކުރެވިދާނެ ކަަމަށް ބަޔާންކޮށްފައިވާކަމަށާއި، އެހެންވެ އެ ގަވާއިދުގައި ބުނެފައިވާގޮތުގެ މަތިން ކުރެވެން އޮތް އެންމެ ބޮޑު އަދަދަކަށް ޖޫރިމަނާކޮށްފައިވާނެ ކަމަށް ފަޒީން ވިދާޅުވިއެވެ.

"މީހެއްގެ ފުރާނަ ގެއްލިފައި އެވަނީ، އެ އަނބުރާ އިޔާދައެއް ނުކުރެވޭނެ.ދެން ނަސޭހަތްތެރިވުމުގެ ބަދަލުގައި ފުރަތަމަ ފަހަރެއް ކަމަކު އެންމެ މަތީއަދަދަކުން ޖޫރިމަނާ ކުރުމަށް ނިންމާފައިވާނީ". ފަޒީން ވިދާޅުވިއެވެ.

ގަވާއިދުގައި އިންނަނީ 5000 ރުފިޔާއިން ފެށިގެން ފަސް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވިދާނެ ކަމަށެވެ. އެ ކުންފުނި ޖޫރިމަނާކޮށްފައި ވަނީ ފަސް ލައްކަ ރުފިޔާ އަށެވެ.

ޑަމްބިލް ކޮންސްޓްރަކްޝަންއަށް އަލުން އިމާރާތް ކުރުމުގެ ހުއްދަދީފައިވަނީ ފިޔަވަޅު ނާޅާކަމަށް މީގެ ކުރިން ގިނަ ބަޔަކު ބުންޏެވެ. އެ ވާހަކަތަކުގެ ސަބަބުން މާލެ ސިޓީ ކައުންސިލަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރޭސް

    ތި ފައިސާ ސިމެންތި ބަސްތާއިން ޖެހި މަރުވި ކުއްޖާގެ ވާރިސުންނަށް ދީ.

  2. ނަފްސުގެ ހުރުމަތް

    ކޮންމެ މަރަކަށް 5 ލައްކަރުފިޔާއިން ޖޫރިމަނާކުރުމަކުން ނުފުދޭ! ނަފްސުގެ ހުރުމަތްތެރިކޮށް އެއަށްވުރެ މާބޮޑު.

  3. އިސްލާހު

    ބަލަ ފަސްލައްކަރުޔާލިބުނީމާވީތަ ކޮބައި ނިޔާވީކުއްޖާގެހައްގު؟؟ ބަލަމިސަރުކާރަކީއޯގާތެރިސަރުކާރު؟؟ ފައިސާޔާހެދީމަރުވާސަރުކާރު ލާދީނީ ކަންތައް ކުރިއަރުވާސަރުކާރު އެތިބި އިބުރާމެން އާނިޔާ ވެލަޒީނިޔާ ކޮންކަމެއްކުރެވުނީ ލާރިއައްޕަން ސަރުކާރު ވައުދުނުފުއްދޭސަރުކާރު