ދީނަށް ފުރައްސާރަ ކުރާ ލާދީނީ މީހުންނަށް ރައްދު ދިނުމަކީ ޤައުމީ ވާޖިބެއްކަމަށް، ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިއެއްކަމުގައިވާ ޝައިޚް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"ދީނަށް ފުރައްސާރަކުރާ ލާދީނީ މީހުންނަށް ރައްދު ދިނުމަކީ ޤައުމީ ވާޖިބެކެވެ." ޝައިޚް ނަޝީދު މިއަދު ވިދާޅުވިއެވެ.

ޝައިޚް ނަޝީދު މިއަދު އިތުރަށް ވިދާޅުވީ މީސް މީޑިޔާގައި މި ވާޖިބު، މާތް ﷲ ގެ ވާގިފުޅާއެކު އެންމެ ފުރިހަމައަށް އަދާކުރަމުން ދަނީ މުޙައްމަދު ސިރުހާން (ސިރޫ އާޓްސް) ކަމަށެވެ. އަދި، އޭނާއަށް ތާއީދާއި ސާބަސް ޙައްޤުކަމަށްވެސް ޝައިޚް ނަޝީދު ވިދާޅުވިއެވެ.

"ސޯޝަލް މީޑިޔާގެ ޕްލެޓްފޯމުގައި، އެވާޖިބު (ކީރިތި މާތް ﷲ ގެ ވާގިފުޅާއެކު) އެންމެ ރަނގަޅަށް އަދާކުރަމުން ދަނީ އަޚު މުޙައްމަދު ސިރުހާން (ސިރޫ އާޓްސް) އެވެ. ވީމާ މުޙައްމަދު ސިރުހާން އަށް ތާއީދާއި ސާބަސް ޙައްޤެވެ." ޝައިޚް ނަޝީދު ވިދާޅުވިއެވެ.

މީގެކުރިންވެސް، ޝައިޚް ނަޝީދު ވަނީ ލާދީނީ ފަރާތްތަކަށް ވަރުގަދަ ރައްދުތަކެއް ދެއްވާފައެވެ. އެގޮތުން، މީގެކުރިން ޝައިޚް ވިދާޅުވެފައިވަނީ ސެކިއުލަރ ވިސްނުންތައް އައީ ކޮން ބައެއްގެ ފަރާތުންކަންވެސް އެނގޭކަމުގައެވެ. އަދި މިޝަނަރީ މީހުން ރާއްޖެ ގެންނަން ގޮވާލަނީ ސެކިއުލަރިޒަމް ފެން ބޮއިގެން ބަނޑު ފުރައިގެން ތިބި މީހުންކަމަށްވެސް ވިދާޅުވެފައިވެއެވެ.

ސިރޫ އާޓްސް ހިންގާ ސިރުހާން މިއަދުވަނީ ފުލުހުންގެ އިދާރާއަށް ހާޟިރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. އިބްރާހިމް

    ޝެއިޚްގެ ތިޘާބިތު ބަސްކޮޅަށް ޝުކުރުއަދާކުރަން.

  2. މުހައްމަދު

    ވަރަށް އުފާވެއްޖެ. އަޅުގަނޑުމެންނަށް ސާބިތުކަން ދެއްވާދޭއެވެ.

  3. ޢަހަރެން

    ރައްދު ދިނުމާއި އެމީހުންނަށް މަރުގެ އިންޒާރުދީ ބިރުދެއްކުމަކީ ދެ ކަމެއް. ޕޮލިހުންގެ ވާޖިބު އެމީހުން އަދާ ކުރިޔަ ދީ. ހެއްކާއި ދަލީލުގެ ބޭނުން ހިފައިގެން ވިސްނައިދޭން މަސައްކަތް ކުރުން ރަނގަޅު. ނަމަވެސް މީގެ ތަފާތު ނަެނގޭ ދިވެހިންނަކަށް.

    • ދޮންބެ

      ދިވެހިންގެތެރޭ އުޅޭ ތިބުނާ ތަފާތު ނޭންގޭ މީހުންގެ ތެރެއިން އެކަކު ތީ. މުސްލިމުންނަށާ މުސްލިމުން ނަމާދުކުރާ މިސްކިތްތަކަށް ހަޖޫޖެހީމަ އެނުވޭ ފުލުހުންނަށް ކަމަކަށް. ތިބާގެ ނައިންބަފައިންނަށް ހަޑިހުތުރު އެއްޗެތި ހިޔާމީހާޔަށް ތިބާބުނާނީ ކީކޭ؟

    • ދޮންނޭ

      އައްދޭ މީ ކޮންތާކުން ދަންނަބޭކަލެއް. ދީނުގެ އިލްމު އުނގެނިގެން ތިބި ދީނީ އިލްމުވެރިންނާ ޖަދަލު ކުރަންތަ ކަލޭ ތި އުޅެނީ؟

    • ސޭދު ކޯބްރާ

      ﷲ ސުބުހާނަހޫ ވަތަޢާލާ ވަނީ ފޮތާއި މީޒާން ބާވައިލައްވަވާފައި. ފޮތުން އިސްލާހް ނުވެއްޖެ ކަމުގައި ވަނީނަމަ ދެން އޮތީ ދަނގަޑުން އިސްލާހް ކުރުން ކަމުގައި ކީރިތި ޤްރުއާނުގައި ﷲ ސުބުހާނަހޫ ވަތަޢާލާ ވަނީ ބަސް ވަހީކުރައްވާފައި.

  4. .ނޮކްސް

    ހިޔާލު ފާޅުކުރެވެންވާނެ އަދި ނަސޭހަތްވެސް ދެވެންވާނެ އިސްލާމް ދީނުގެ ހިމާޔަތުގައި ނަމަވެސް މަރުގެ އިންޒާރު ދެވިގެން ނުވާނެ. އެއީ އާދަމުގެ ދަރިޔާގެ މަރަކީ ހަނގުރާމަ އިއުލާން ނުކުރާހާ ހިނދަކު އަނެކާގެ އަތްމަތިން ނިންމާލަން ޖެހޭ ކަމެއްނޫން.

    • ދޮގެއް؟

      ކަލޭމެން ލާދީނީ މީހުން އެހެން މީހުންނަށް މަރުގެ އިންޒާރު ދީ ދަން ޖައްސަން ގޮވާ ހަދަނީވެސް. ކަލޭމެން ހިތު ހުރިހާ ގޮތަކަށް މިތަން ފަސާދަ ކުރެވިގެން ނުވާނެ. ސިރުހާނާ އެކު ދީނަށް ލޯބިކުރާ އެންމެން އަތު ގުޅާލަން ޖެހޭ ވަގުތު މީ. އެހެންނޫނީ މާ ލަސް ވެދާނެ.

  5. މޫސާ

    ރާއްޖޭގެ ހުރިހާ ޝައިޚުންވެސް ނަމޫނާ އަކަށް ބަލާ ތަޤްރީރުތައް ދޭން އަވަސް ލައްވާ!

  6. މޫސާ

    ރާއްޖޭގެ ހުރިހާ ޝައިޚުންވެސް ނަމޫނާ އަކަށް ބަލާ ތަޤްރީރުތައް ދޭން އަވަސްވެ ލައްވާ!

  7. حسين سامي

    وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا
    [Surat At-Talaq 2]

  8. ރޯމަސް

    ލާދީނީން ދައްކާ ވާހަކަ: ހަދީސް ރެކޯޑް ކުރެވިފަވަނީ މާފަހުން.
    ސުންނަތުގެ ލޮބުވެތި އަހުލުވެރިންނަށް މިބަސް އިވެނީ ދިވެހިންގެ މަޖާޒީ ގޮތަށް ބުނާނަމަ އަމަޔާ ބެހުން ގޮތަށް. ސުންނީ ސައިޑް އޮފް ލައިފްގަ ތިކަމެއް ނުކުރެވޭނެ. 15 އަހަރުވަންދެން މެދުނުކެޑި ސުންނަތުގެ އަހުލުވެރިން އެކުރީ އެކަންތައް. މިއަދު މާތް ރަސޫލާ މުހައްމަދު ސއވ ދެކެ ލޯބި ނުވާ ދިވެއްސެއް ނެތް. ސުންނީންގެ މިއަގުހުރި މަސައްކަތް އަޅުގަޑު ބަލައިގަންނަނީ ދެން ލާދީނީ ޕްރޮޕޭ ޖައްސަން މިގައުމުގަ އެއްވެސް ތަންފުކެއްވެސް ނެތްކަން އެގި ތަޖުރިބާ ކުރެވިފަވާތީއެވެ. މުހައްމަދު ސއވ އަށް ސަލަވާތާއި ސަލާމް ލައްވާންދޭވެ.

  9. އެނޮނިމަސް

    ޚިޔާލު ފާޅުކުރެވެންވާނެ. ސުވާލުކޮށް އޮޅުން ފިލުވެންވާނެ. ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ބިރު ދެއްކިގެން ވެސް ނުވާނެ. ހުޅުވިފައިވާ ވިސްނުމެއްގައި ބިރެއްނެތް މާހައުލެއްގައި ތިބޭފުޅުން ވާހަކަ ދައްކާނަމަ މީހުން އަޑުއަހާފާނެ.

  10. ކިދުރުސިނާރު

    "މުސްކުޅި ފާސިދު ކަލޭގެ، ތި ކަމެއް ނުކުޓާނަންތަ؟" މުހައްމަދު ރަސޯލުﷲ ފިލުމުގެ ސަދޫމުބައިގެ ތަންކޮޅެއް!

  11. ގިޔާސް

    ރާއްޖޭގެ ހުރިހާ ޢިލްމުވެރިން ލާދީނީ މީހުނާ ދެކޮޅަށް ތެދުވުމަށް ގޮވާލަން! މިރާއްޖެ އިސްލާމްކަންމަތި ދެމިއޮތީ ޢިލްމުވެރިންގެ އަދި ދީނަށްލޯބިކުރި ފަރާތްތަކު ސަބަބުން! ފަރާތްފަރާތުން ބިރުދައްކަން ނެރޭ ބަޔާންތަކަށް ބިރުނުގަންނާތި މާތް ﷲ ވޮޑިގެންވަނީ ދީނަށް ނަސުދޭ މީހުނާއެކުކަން ހަދާންބަހައްޓަވާތި

    • ........

      އަޅުގަނޑުމެން މިތިބީ ޢިލްމުވެރިންގެ ފަހަތުގަ. ފިސާރި ސާބިތު ވެލައްވާތި. އާނދޮގޭ. ވެރިކަން ލިބުމާއެކު ތެޅިގަތްލެއް އަވަހެއްނު. މަޖިލިސް އިިންތިޚާބު ނިމުނީމަ އަދި ކިހާ ވަރަކުން ދާނެ.

    • Anonymous

      އަލްހަމްދުލިއްﷲ

  12. Anonymous

    ޝުކުރިއްޔާ ޝައިޚް. ވަރަށް އުފާ ވެއްޖެ ބަސްފުޅެއް ވިދާޅުވެދެއްވީތީ.

  13. ދދދދދ

    މި ލާދީނީ ބައިގަނޑަށް އެންމެ ދުލެއްވެސް ނުދެއްވާތި. ފަހަރި ވަޒީރާއި ކަންނެލި އޮޑިި އެމީހުން ފަހަތުން ދުވަން ތިބެދާނެނު.

  14. ޕީޖޭ

    ރަގަޅު ވާހަކައެއް ސެއިޚް..އެކަމަކު އެފަދަ މީހުންން މަރަން އިންޒާރު ދިނުން އެއީ އެހެންކަމެއް..ރާއްޖޭގައި ގާނޫނު ހަދާ މަޖިލީހަށް ކިޔަވައިގެން ތިބި މީހުން އައްޔަން ކުރީމަ ރަގަޅަށް ހުންނާނީ ވަކި ޕާޓީއަކަށް ބެލުމެއް ނެތި..މީހަކު ކުށެއް ކުރިކަމަކު ރައްދުގައި ކުށެއް ކުރީމަ ރަގަޅެއް ނޫން..ޒައްރެއްގެ މިންވަރު ހެޔޮކަމެއް އަދި ނުބައިކަމެއް ކުރިޔަސް އެކަން ދެކޭނެ..ﷲ އަކްބަރު

  15. ދަރީ

    ޔާމީނާ ދެކޮޅަށް އެއްޗެއް ނުބުނަނީ ދެންކީއްވެ؟ އެއަށްވުރެ ވަކި ލާދީނީ މީހަކު އެބަ އުޅޭތަ

  16. އެސް

    ސާބަސް ޝެއިޚް ، ސާބިތުވެ ހުންނަވާ ،އަޅުގަނޑުމެން މި ތިބީ ތިބޭފުޅުންނާ އެކު

  17. ޖަމިއްޔަތު ސަލަފް

    ދީނާއި ގުޅުވައިގެން ތި ނަޝީދު މެން ކަހަލަ ޝަމީމުމެން ކަހަލަ ޝޭޚުންނޭ ކިޔާމީހުންނާއި ސުވާލެއް ކޮށްގެން އެށް ޖަވާބު ނުދެވުނީމަ އެ މީހަކީ ލާދީނީ ކާޑު ޖަހާ މީހަކަށް ވެފަ އޮންނަނީ، މީ ތިބޭފުޅުންގެ ހާލަކީ އަދިވެސް ނަސޭހަތް ދިނުމުގެ ބަދަލުގައި ވިސްނުމުގައި އޮތީ ރައްދު ދިނުމަށް ނޫނީ ޒުވާބު ކުރުމަށް ދެން ބުނާނެ މީ މިކަހަލަ އެވެނި ކަހަލަ މީހެކޭ ރާއްޖޭގެ އިލްމުވެރިންގެ ތެރެއިން ގިނަ މީހުންގެ ހާލަކީ މީ ވަކިން ޚާއްސަ ކޮށް ޖަމިއްޔަތުއް ސަލަފުގެ އިލްމުވެރިން

  18. އަބުދުﷲޖަމީލް

    މަރުހަބާ ސެއިހް ތި އަޒުމުގައި ހުންނެވުމައް އެދެން

  19. ގައުމީ ވާޖިބު#ލާދީނީ

    ."....އަދި މިޝަނަރީ މީހުން ރާއްޖެ ގެންނަން ގޮވާލަނީ ސެކިއުލަރިޒަމް ފެން ބޮއިގެން ބަނޑު ފުރައިގެން ތިބި މީހުންކަމަށްވެސް ވިދާޅުވެފައިވެއެ"

    އަދި މިހާރު ލާދީނީ ބައިގަޑަށް ރައްދުދޭ ޝޭޚުންނާ އެ ބަގައާ ދެކޮޅަށް އަޑު އުފުލާ ދިވެހިރައްޔުތުންނަށް އިންޒާރު ދީ ގޯނާކޮށް ތަންތަނަށް މި ދަމަނީވެސް ހަމަ ޝޭޚު ތި ވިދާޅުވި ގެއިން ފެންބޮއިގެން ބަނޑު ފުރައިގެން ތިބި ހަމަ ލާދީ ފިކުރުގެ މީހުންނެވެ.

  20. ސަނާ

    ދިވެހި ރައްޔިތުން އެކީއެކަތިގަޑަކަށް ވެގެން މިނުލަފާ ޢަލްމާނީ ލާދީނީ ބައިގަނޑު ތިރކުރަން ޖެހޭ އެބަ. މަގެދީނާ މަގެ ޤައުމާ ނުކުޅޭތި- ތާރީޚް ބަލާ ސައިޒުގަ ތިބެން ދަސްކުރޭ! ނޫނީ ޕޯޗުގީޒުން ފައްސާލިހެން، މަލާބާރުން ނައްތާލި ހެން ކަންވެ ނިންމަން ޖެހިދާނެ. މިފުުރުޞަތުގަ މިދީނުގެ ދިފާޢްގަ ވަގުތު ނޫހުގެ ހީވާގި ނޫސްވެރިން ތިކުރާ ޖިހާދަށް އައްސަރިބަހާއި ސާބަހުގެ ގިލަފަތިތަކުން ބަރުތީލަކުރަން.