ބުޅާ މަރާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަަލަން ފަށާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ފުލުުުހުން ކުރި ޓްވީޓެއްގައި ވިދާޅުވީ، މާލޭގައި އަނިޔާވެރިކޮށް ބުޅާ މަރަމުންދާތީ ރައްޔިތުންގެ ތެރެއިން ބަޔަކު މިކަން ހުއްޓުވުމަށް އެދި ފުލުހުންނަށް މިރޭ ޕެޓިޝަނެއް ހުށަހަޅާފައިވާކަމަށެވެ.

"މި މައްސަލައަކީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ސީރިއަސްކޮށް ބަލަމުންދާ މައްސަލައެއް". ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިގޮތަށް މިރޭ ވިދާޅުވެފައި މި ވަނީ މާލޭގެ ބައެއް ހިސާބުތަކުގައި އަނިޔާވެރިގޮތަކަށް ބުޅާ މަރަމުންދާ މައްސަލަތަކެއް ފެންމަތިވެފައިވަނިކޮށެވެ. އަދި ރައްޔިތުންގެ އެތައް ބަޔަކު އަންނަނީ މީސް މީޑިއާގައި އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާއި ގުޅިގެން މިއަދު ހެނދުނު ފުލުހުން ވިދާޅުވީ، މާލޭގައި ފަހަކަށް އައިސް ބުޅާ މަރާ މައްސަލަ ފުލުހުން ނުބަލަނީ އެއްވެސް ފަރާތަކުން މައްސަލަ އެ މުއައްސަސާއަށް ހުށަހަޅާފައި ނެތުމުން ކަމަށެވެ.

މީގެ ކުރިންވެސް ފުލުހުން ވަނީ ބުޅާ މަރާ މައްސަލަ ބަލާފައެވެ.

ބުޅާތައް މަރަމުންދާ މައްސަލައިގައި، ރާއްޖޭގައި ގެންގުޅޭ ޖަނަވާރުތަކުގެ ހިމާޔަތުގައި މަސައްކަތް ކުރާ ހިމޭން ސޮސައިޓީ އޮފް މޯލްޑިވްސް އިން ވަނީ މާލޭ ސިޓީ ކައުންސިލާ ހޮނިހިރު ދުވަހު ބައްދަލުކޮށް، އެކަމަށް ހައްލެއް ހޯދުމަށް މަޝްވަރާ ކޮށްފައެވެ.

ރާއްޖޭގެ ގާނޫނުލް އުގޫބާތުގައި، ޖަނަވާރުންނަށް އަނިޔާ ކުރުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. އެހެންކަމުން ބުޅާ މަރަމުންދާ މައްސަލަ ފުލުހުން ބަލަންޖެހޭ ކަމަށް ގިނަ ބަޔަކު ބުނެފައި ވެއެވެ.

ޖަނަވާރަށް އަނިޔާ ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުން އެއް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލެވިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. އަލްޖިބްރާ

  އިންޑިއާއާއި އެއްގޮތްވަނީތަ ؟

  • ލާލަ

   ކަލޯ ދިރޭ މަހުލޫގުންނަށް އޯގާތެރިވުމަށް ބާރުއެޅުއްވީ ކީރިތި ރަސޫލާ މުހައްމަދުގެފާނު. އެކަލޭގެ ފާނުންގެ ސުންނަތަށް ތަބާވަނީ. މޯދީގެ ގާނޫނަކަށް ނޫން.

   • ދޮން ކަލޯ

    ރަސޫލާގެ ސުންނަތަކަށް އެކަން އެކަނި ދެއްތޯ އެންގިލައްވަނީ ލާއިންސާނީ އަނިޔާތައް އިންސާނުނަށް ކުރަމުން އަދި އަނިޔާވެރިކޮށް މީހުން މަރަމުން ދާ ކަންކަން ކޮބާއި ތޯ؟ އެކަންކަން ސުންނަތުގެ ތެރެއިން ހިމެނޭ ތޯ؟
    ޖަނަވާރުންނަށް ކުރާ އަނިޔާ އާއި އެއްވެސް ހާލެއްގައި އަޅުގަނޑު ބައިވެރި އެއް ނުވާނަން އަދި ތިކަމަށް ވެސް މަރުޚަބާ ކިޔަން އެކަމަކު މީހުންނަށް ދޭ އަނިޔާ އާއި އަނިޔާވެރި މަރު ތަކޯ ؟

    • ކެނެޑީ

     އޭ މިހިރަ ދޮންކަލޯ ކޮން މޮޔައެއް ތިގޮވަނީ؟ ބަޔަކު ބުޅާ މަރާތީ އެކަމާ އެމީހުން ކަންބޮޑުވުމުގެ އެއްވެސް މާނައެއް ނޫނޭ އެމީހުންނަކީ އިންސާނުންނަށް ކުރާ އަނިޔާއަށް ތާއީދުކުރާ ބަޔެކޭ.

 2. ފޭޑެޑް

  ބުޅާ މަރާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަަލަން ފަށައިފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ބުޅާ މާލޭގެ މަގުމަތީގައި މަރާ ބަޔަކު އެދެނީ އެއީ އިންޒާރެއް އިންސާނުން މަރަންވެގެން ކަމަށްވުމަކީ ވެސް އެއީ އެކަށީގެންވާ ކަމެކޭ މާލޭގައި އުޅޭ ދަ ރާއްޖެތެރޭ މީހުންނަކީ އެއީ ހޭލުން ތެރިކަމުގެ ގޮތުން އެހާ ބޮޑަށް ހޭލުން ތެރި ނޫން ބަޔަކަށް ވާއިރު އެމެން މިފަދަ ކަމެއް ކޮށްފާނެއޭ ފައިސާ ބަޔަކު ފަންޑް ކޮށްފިނަމަ މިކަމަށް މިކަން ޖެހޭނެއޭ ޑެޑް ސީރިއަސް ކަމެއްގެ ގޮތުގައި ބަލަން ތިޔާއީ ފަންޑަމެންޓަލިސްޓުން އަޑީގައި ތިބެގެން ކުރާ ކަމަކަށް ވެދާނެއޭ ވެއަރ އާރ ޔޫ ނައު ބްލޫސް އައި އޭމް ސްލީޕިންގް އައި އޭމް ފޭޑެޑް އައި އޭމް ފޭޑެޑް އައި އޭމް ފޭޑެޑް އައި އޭމް ފޭޑެޑް ސޯ ލޮސްޓް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް...

 3. ޢަލަމާ

  މަދިރި މެރުންވެސް މަނާވާނެ ދޯ؟ އެކަމް ސަރުކާރުން މީދާ މަދުކުރަންވެސް އެބައުޅޭ
  ޕިކްޗަރ އަބީ ބާކީހޭ

  • ބަލަމާ

   މަދިރިއަކާ ބުޅަލަކާ އެއްގޮތެއް ނޫން! ބުޅާ ކަހަލަ ޖަނަވާރު މެރުމަކީ ސައިކޯޕެތިކް ބިހޭވިއަރ އެއް.. ނޭނގެންޏާ ސާޗް ކޮށްގެން ބަލާބަލަ! ބުޅަލަށްވެސް އަނިޔާވެރި ވެއްޖެނަމަ އެކަމާ ޖަވާބުދާރީ ވާން ޖެހޭނެ

 4. ޗުއްކީ ބޯ؟؟؟؟

  ބަލަ ގއ.މާމެންދޫގަ ހުސްވި މަހު 4 އެކްސިރެންޓް ވީ އެމައްސަލަ ކޮބާ ...ކޮބާ އެތަނުން 1 އަކީ ނިކަމެތި ދެމެފިރިން ކޮބާ އިންސާފަ މޮޅެތި ހަބަރް ލިޔާތި .... ގަމާރުން

 5. Anonymous

  ވާލު މަރާ ހެދި އިރު އޯކޭ؟ މީދާ މެރި އިރުވެސް އޯކޭ. ކިނބޫ މެރި މައްސަލަ މަލަންވީ އެއްނު

 6. ސަޓޯ

  ޔާމިނު މެރީ ހުރިހާ ކޮތަރު ތައް..... އިބުރޭ ސޯލިހު މަރަނީ ހުރިހާ ބުޅަލެއް

  • ޖޮއްބެ

   ކޮތަރު މެރީ ޔާމީނެއްނޫން. ރީނދޫ މިނިސްޓަރު އަސްލަންޓޭ. އޭނާ ކޮތަރަށް ވިހައޮށް ކާންދީގެން މަރާފަ ބުނީ ހައުސިންގ މިނިސްޓްރީން ޖުމްހޫރީ މައިދާނުގައި ކޮތަރަށް ކާންދިނުން މަނާކުރީމާ ކޮތަރުތަށް ބަނޑަށް މަރުވިއްޔޭ. އެވަރުގެ ހިޔަޅުބައިގަނޑެއް ތިޔަ ރީނދޫ މީހުންނަކީ.

 7. ޙައްޤު

  ކިހާ ދެރަކަމެއްތަ. ބުޅާ ފޭނުން ދޭބަލަ އޭތި ހޮވައިގެން އެމީހުންގެ ގޭގަ ގެން ގުޅެން. މަގުމަތި އަހަރުން ބޭނުމީ ބުޅާ ފްރީ ވާން.

 8. ޓަވަރު

  މަދިރި ނު މަރާތި
  މީދާ ނު މަރާތި
  ކުރަފު ނު މަރާތި

  • ޢާ

   މަ މަދިރި އަދި ކުރަފިވެސް މަރަން.އެކަމަކު މީދަލެއް މަރާލުމުގެ ނިޔަތުގަ އޮޅިގެންވެސް މަ ނުޖަހާނަން.އެއީ މަށަށް ފަސޭހައިން މަރާލެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް އެއްޗެއް.ކުޑައިރު މީދަލެއްގައިގަ ޖެހީމަ ކޮށްލި ޖެއްސުން ހިތަކުން ފިލާނުދޭ.ނިދާފަ އޮއްވާ ފައިގެ އިނގިލިވެސް ކާނުލީ ކިރިޔާ....

 9. ދަރަނި ދަރަނި ދަރަނިބޯ ހޭހޭ ދަރަނިބޯ ހޯހޯ ދަރަނިބޯ

  އަޅެ މީ ކޮންކަހަލަ ސަރުކާރެއްތަ؟ ހެނދުނު ލާދީނީ ކިޔައިފިއްޔާމު 15 އަހަރު ޖަލު ހުކުމޭ. މެންދުރު ސޯޝަލް މީޑިޔާ ގަ ކިނބުލައް ފާޑު ކިޔައިފއްޔާމު ހައްޔަރު ކުރާނަމޭ ރޭގަނޑު ބުޅާ މެރުން ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް އަކަށް ވެއްޖެ. ފަތިސްވާއިރު ނޭނގޭ މަދިރި މަރައިފިއްޔާމު 30 އަހަރޭ ނޫންކަމެއް ބުނާނީ. ލާދީނީ ކުށަކަށް ވަނީ ޝަހިންދަާ އާ ދިމާލައް ކިޔުމުން. ސޯޝަލް މީޑިޔާ މައްސަލއަކަށް ވީ ސަރުކާރުގެ ދެކޮޅު ނުޖެހޭ ސިޔާސަތައް ފާޑު ކިޔުމުން. ބުޅާ މެރުން މައްސަލަޔަކަށް ވީ މެޒޯ މުހައްމަދު ގެ ދަރި ބުޅަލާ އެކު ވެވިފައިވާ ގޮތްނަެނގޭ ޒާތެއްގެ ލޯތްބެއްގެ ސަބަބުން.

 10. އައިންތު

  ބުޅަލަކީ މަ ވަރަށް ބިރު ގަންނަ އެއްޗެއް ، އެ ގިނަ ކަމުން މަގުމަތީގަ އުޅެންވެސް ބިރުގަނޭ އެކަމު އެ މަރާފަ ހުންނަތަން ފެނުނީމަ ހާދަ ދެރަވެސް ވެއޭ އެބަ .

 11. ޓީޗަރު

  މަށަށް ހީވަނީ ވިހަ އެއްހަދައިގެން ބަޔަކު އެ ޓެސްޓް ކުރަނީ ހެން

 12. ތުއްތޭ

  ސިޔާސީކަން ހައްދު ފަހަނައަޅާފަ ތިބިބަޔަކަށް ކޮން މައްސަލައެއް ބެލޭނީ؟

 13. ޢަލިބެ

  މިހާތަނަށް މީހަކު މަރައިގެން އެއްވެސް މީހަކަށް ހައްގު އަދަބު ލިބިފައިވޭތަ. މީހުން މެރުން އެއީ ސީރިއަސް މަސްސަލްއެއް ނޫންތަ