ރާއްޖެ އައި ބަންގްލަދޭޝް މީހެއްގެ އަތުން 1.6 މިލިއަން ރުފިޔާ ޑްރަގް އަތުލައިގެންފައިވާކަމަށް ކަސްޓަމްސް އިން ބުނެފިއެެވެ.

ކަސްޓަމްސް އިން ބުނީ، މަސްތުވާތަކެއްޗާއެކު އެ ބިދޭސީ މީހާ އަތުލައިގަނެފައި ރާއްޖެ އައި ތަނުން ކަމަށެވެ. އޭނާ ރާއްޖެ އައިސްފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

ކަސްޓަމްސް އިން ބުނީ، އެ މީހާ އަތުން ޑްރަގް ފެނިފައި ވަނީ، އޭނާގެ އަމަލުތައް ހުރިގޮތުން ބަލާފާސް ކުރުމުންނެވެ. އެގޮތުން އޭނާ ގެނައި ލަގެޖުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުވާ ތަކެތި ރައްކާ ކޮށްފައިހުރި ޕެކެޓްތަކެއް ހުރި ކަމަށެވެ. އަދި އެ ޕެކެޓް ތަކުގެ ތެރެއިން އޮރެންޖު ކުލައިގެ 2084 ގުޅަ ފެނުނު ކަމަށެވެ.

އެ މީހާ ގެނައި ގުޅަތަށް ލެބޯޓަރީގައި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްޕެޓެމައިން (ޔާބާ) އަށް ޕޮޒިޓިވްވެފައިވާކަަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން އޭނާގެ އަތުން އަތުލާގަތް މަސްތުވާ ތަކެތީގެ ބަރުދަނުގައި 282 ގްރާމް ހުއްޓެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގަކީ 1.6 މިލިއަން ރުފިޔާއަށް އަރާނެކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމަސް އިން ބުނީ، އޮޕަރޭޝަނަށް ފަހު އެ މީހާ އާއި އޭނާގެ އަތުން ފެނުނު މަސްތުވާތަކެތި ފުލުހުންނާއި ހަވާލު ކޮށްފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޣާދިރު މަނަދޫ

    ހެޔޮނުވާނެ ރައީސް އިބޫ ތިޔަބަންގާޅީން ރާއްޖެ އައުން 1 މަސްދުވަހައް ނަމެވެސް ސަސްބެންޑް ކޮއްދީބަލަ..ކިތައް ބަންގާޅީން މިދިޔައަހަރުވެސް ޑުރަގާއެކު.މީހުން މަރައިގެން. ކުޑަކުދިންނާ ބެހިގެން މަސާޖުޕާލާ ހިންގަނިކޮއް ..ހައްޔަރު ކުރީ..

  2. ހާމަ

    ދެން ފުލުހުން ތިބަހާ ހުސްކުރީމަ ހުންނާނީ ރަނގަޅަށް، މިބައިގަނޑު ހިފާހައްޔަރު ކުރާކަށް ސަރުކާރުގެ އެއްވެސް މުއައްސަސާސެއް ނޫޅޭ، މިކަންކުރާ މީހުން ފާޅުގައި އިނގޭއިރުވެސް، ހައްޔަރެއް ނުކުރެވޭ، މީވަރުގަދަ ވަބާއެއްނުން

  3. ޑިދޯ

    މި ސަރުކާރުން ކުރުވާ ކަންތައް ތީ