ސެކިއުލާ ވިސްނުމަށް ނުވަތަ ލާދީނީ ފިކުރަށް ތާއިދުކޮށް ވާހަކަދައްކާ މީހުންގެ ހިމާޔަތުގައި ދައުލަތުގެ އިދާރާތަކުން މަސައްކަތް ކުރަތީ އެކަމާއި ދެކޮޅަށް ގިނަ އިލްމުވެރިން ވާހަކަފުޅު ދައްކަވަން ފައްޓަވައިފިއެވެ.

މީސް މީޑިއާގައި އިލްމުވެރިން ގެންދަވަނީ ލާދީނީ މީހުން ހިމާޔަތް ކުރުމާއި ދެކޮޅަށް ވާހަކަފުޅު ދައްކަވަމުންނެވެ.

އައްޝައިހް އަހްމަދު މިހުސަން ވިދާޅުވީ ދީނުގެ އަދުއްވުން ހިމާޔަތް ކޮށްދީ، ދީނުގެ މުޖާހިދުންނަށް ބިރުދައްކަން ތަޙްޤީޤު ހިންގުމަކީ ހަމަ ލާދީނީކަން ކަމަށެވެ.

އައްޝައިހް މުހައްމަދު ޝާފިއު ވިދާޅުވީ ދީނަށް ފުރައްސާރަ ކުރާ އެއްވެސް މީހަކު ފުލުހަށް ހާޒިރުނުކޮށް ދީނަށް ފުރައްސާރަ ކުރުން ހުއްޓުވަން މަސައްކަތް ކުރާ މީހަކު ފުލުހަށް ހާޒިރު ކުރުމުން ލިބޭ މެސެޖް ވަރަށް ސާފު ކަމަށެވެ.

އައްޝައިހް މުހައްމަދު ނަޝީދު ވަނީ ސިރުހާން މުހައްމަދު (ސިރޫ އާޓްސް) ފުލުސް އޮފީހަށް ހާޒިރު ކުރުމުން އެކަމާއި ކަންބޮޑުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ "ސޯޝަލް މީޑިއާގެ ޕްލެޓްފޯމްގައި އެވާޖިބު (ކީރިތި މާތްﷲ ގެ ވާގިފުޅާއި އެކު) އަދާކުރަމުން ދަނީ އަޚު މުހައްމަދު ސިރުހާން (ސިރޫ އާޓްސް) އެވެ. ވީމާ މުހައްމަދު ސިރުހާނަށް ތާއީދާއި ސާބަސް ޙައްޤެވެ."

އައްޝައިހް މުހައްމަދު ލަތީފް ވަނީ ޤުރުއާނާއި ސުންނަތުން ސާބިތުވާކަމަކަށް އިންކާރުކުރުމަކީ މުރުތައްދުވާނެ ކަމެއްކަމަށް ވިދާޅުވެ އެފަދަ ކަންކަން ނުކުރުމަށް ނަސޭހަތްތެރިވެފައެވެ.

"އިސްލާމީ ޝަރީޢަތުގެ ވާހަކަ ދައްކަންވާނީ އެ ޝަރީޢަތް ދަންނަ މީހުން! ނޫނީ ނޭނގެތިބެ ﷲ ގެ މައްޗަށް ބަސްބުނެވިދާނެ! އެއީ ބޮޑުވެގެންވާ ފާފައެއް! ޤުރްއާނާއި ސުންނަތުން ސާބިތުކަމަކަށް އިންކާރުކުރުމަކީ މުރުތައްދުވާނެކަމެއް." ޝައިހް މުހައްމަދު ލަތީފް ވިދާޅުވިއެވެ.

ދައުލަތުގެ އިދާރާތަކުން "ލާދީނީ މީހުން" ހިމާޔަތް ކުރާކަމުގެ ތުުހުމަތު ކުރެވިފައި ވާއިރު ސަރުކާރަށް ތާއިދު ކުރާ އިލްމުވެރިން ކަމަށްވާ އައްޝައިހް އިލްޔާސް ހުސައިން އާއި ޑރ.މުހައްމަދު އިޔާޒް ފަދަ ބޭފުޅުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ލާދީނީ މީހުން ހިމާޔަތް ކުރާކަމުގެ ތުހުމަތު އެންމެ ބޮޑަށް އަމާޒުވެފައި ވަނީ ފުލުހުންނަށެވެ. އެއީ އިސްލާމްދީނަށް ފާޑުކިޔާ މީހުންނަށް އިންޒާރު ދޭނަމަ ފިޔަވަޅު އަޅާނަން ކަމަށް ފުލުހުން މިއަދު ވިދާޅުވުމުންނެވެ.

ފުލުހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމް ދީނަށް ފާޑު ކިޔުމާއި، ދީނީ ޝިއާރުތަކާއި އުސޫލުތަކަށް ފާޑު ކިޔާ ފަރާތްތަކާއި އަދި އެފަދަ އަމަލުތަކާއި ގުޅިގެން ވަކި ވަކި ފަރުދުންގެ މުދަލާއި ނަފްސާއި މުދަލަށް ގެއްލުން ދިނުމަށް ގޮވާލާ ފަރާތްތަކުގެ ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ.

އިސްލާމްދީނާއި ހިލާފު ވާހަކަތައް ދައްކާ މީހުންނަށް ވަރަށް ބޮޑަށް ފާޑުކިޔާ ސިރޫ އާޓްސްގެ ނަމުގައި ފޭސްބުކް ޕޭޖެއް ހިންގަމުން އަންނަ މުހައްމަދު ސިރުހާން ފުލުސް އޮފީހަށް ހާޒިރުކޮށް ވަނީ ސުވާލު ކޮށްފައެވެ.

ސިރުހާން ފުލުސް އޮފީހަށް ހާޒިރު ކުރި ނަމަވެސް މުސްލިމުން ހިތްހަމަނުޖެހޭ ގޮތައް ވާހަކަތައް ދެއްކުމުން ގިނަ ބައެއްގެ ނުރުހުން ލިބިފައިވާ އައިޝަތު އާނިޔާ އާއި އިބުރާ ފުލުސް އޮފީހަށް ހާޒިރު ކުރިކަމުގެ މައުލޫމާތެއް ލިބިފައެއް ނެތެވެ.

މީސް މީޑިއާގައި ވާހަކަ ދެކެވޭ ދެފަރާތުން ވެސް އަނިޔާ އަދި ނަފްރަތު އުފެދޭ ވާހަކަތަކާއި ހާއްސަކޮށް ބިރުދެއްކުން ފަދަ ކަންތައްތައް ނުކުރަން ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. Anonymous

    ޔޭސް. ޢެބަ ރަނގަޅުވޭ! ގައުމު މިiއޮތީ ތިބޭފުޅުންނާއެކުގައި އިނގޭތޯ! ﷲކާމިޔާބުދެއްވާށި.

  2. އަބްދުއްލާ

    ސާބަސް ސާބަސް ސާބަސް ސާބަސް ސާބަސް ސާބަސް ސާބަސް ސާބަސް ސާބަސް

    ސާބަސް ސާބަސް ސާބަސް ސާބަސް ސާބަސް ސާބަސް ސާބަސް ސާބަސް ސާބަސް

    ސާބަސް ސާބަސް ސާބަސް ސާބަސް ސާބަސް ސާބަސް

  3. ކެޔޮޅު

    ސެއިހް އިމްރާނައް ، ބަސްނުވިކޭ އޮޑީގެ ދިރުނބާ ކޮޅައްނާރާ!!!

    • ޗިއްލޫ

      ޝެއިހު އިމްރާން ތިޔަތަނަކަށްލީ ދުރާލާ ރާވައިގެން، އިމްރާން އެތަނެއްގެ ބަހައްޓައިގެން ޖަރީމާތއްހިންގަން ކޮށްފަވާކަމެއް!

  4. ޢަބްދުއްރަޝީދު

    ޝެއިޚް އިމްރާން އަދި އޮނަރަބްލް ޤާސިމް އަށް އިޙްތިރާމާއި އެކު ދަންނަވަމެވެ. ތިޔަބޭފުޅުން މިޤަވުމު ސަލާމަތް ކޮށްދެއްވާ!! އާދޭސްކޮށްފަ މިބުނީ...ދީނަށް އިޙްތިރާމެއްނެތް ބައެއްގެ ފަހަތުން ނުހިންގަވާ...އެކަލާންގެ ރަޙްމަތް ލައްވާނެ.. ހެޔޮދުޢާ ސަލާމް.

  5. ޙަރީރާ

    ޑރ.އިޔާޒު ހަނުތޯ ހުންނަވަނީ؟؟؟؟ ތިބޭފުޅާ އަށްވެސް ރަނގަޅައް އެނގިލައްވާނެ މިދެން ހައްދު ފަހަނަ އެޅީކަން...

  6. ކިރަން

    ޢެމްޑީޕީ ކުރިންވެސް ހަލާކުވީ ތިބައިގަނޑާހެދި. މިފަހަރުވެސް ކުޅިގަނޑު ފެށީ...ސުބުޙާނަﷲ ﷲގެ މަގުގަ ތިބިބަޔަކަށް ކާމިޔާބު ދެއްވާށި...ައާމީން!!!

  7. ހުސައިން

    އާދެސް ކޮއްފަމިބުނަނީ ތި އާނިޔާ އޭ ކިޔާ މަންޖެގެ ފޮޓޯ އެއް މަށައް ފެންނަ ގޮތެއްހަދާދީބެ؟

  8. ޢަބުދުލް ވާހިދު

    ޢިސްލާމު ދީނަށް ހުތުރު ބަސްބުނެވިގެނެއްނުވާނެ ބުނާކަމުގާ ވަނީނަމަ ރައްދުދޭނަން

  9. ޙަސަން

    ސޭކް ޒައިދު، ޢިޔާޒް އިލިޔާސް މެން ކޮބާ؟ އެމީހުން ހަނު މިހުންނަނި ކީއްވެބާ؟ އެޢިލްމުވެރިން އިބޫ ޖީބަށް ވެއްޓިފަތިބީމަ ވާގޮތް މީ. ށޭހް ޒައިދަށް އިސްލާމީ މަރުކަޒުގަ މިދިޔަ ހުކުރުދުވަހު ފުރަތަމަ ފަހަރަށް އިމާމްވެ ނަމާދުކޮށްލަން ދިނީމަ މިހާރުދެން އޭނައަށް ސަރިކާރުން ކުރާ ގޯކަމެއް ނުފެންނާނެ.

  10. ކޮރު ޖިންނި

    އިބުރާ އާއި އާނިޔާ އަކީ އިސްލާމްދީނައްފުރައްސާްރަކުރާ އިސްލާމްދީނާ ދެކޮޅައް މަށައްކަތް ކުރާ މުރުތައްދުން

  11. އެދުރު

    ތި މަޤާމުގަ ހުންނަން މިއަދު ޝެއިޚް ޢިމްރާން ލަދުގަންނަންޖެހޭ ،

  12. ދިވެހި ދަރިއެއް

    ލާދީނީ މީހުން ނަށް ހިއްވަރު ލިބޭނެ ސަރުކާރެއް ކަމަށް ބުނެބުނެ ހުއްޓާ، އެކަމަށް ބީރުކަންފަތެއް ދީ، މިކަން ގެނުވި އިލްވެރިން މިކަމުގެ ޒިންމާ އުފުލަން ޖެހޭ،

  13. ސައްތާރު

    ފުލުހުން ލާދީނީ ފިކުރުގެ މީހުންގެ ހިމާޔަތުގައި ކޮންމެފިޔަވަޅެއް އެޅިޔަސްޖެހިލުމެއްނުވޭ އަޅާ ފިޔަވަޅެއް އަޅަންވީ، ލާދީނީ ބައިގަނޑު ދީނައްފުރައްސާރަ ކުރަންޏާ އަހަރަމެން މަޑަކުންނުތިބޭނަން އެމީހުންނާއި އެމީހުންގެ ބައިވެރިންނަށް ހުރިހާގޮތަކުން ނުފޮރުއްޕާން ކުރާނަން! އަޅާާފިޔަވަޅެއް އަޅަންވީ ކަލޭމެން!!!!!!!!!!!!

  14. އަޙްމަދު

    ބައެއް ޢިލްމުވެރިންނަށް ފެނޭތޯ. ވެއެއްގެ ސިފަ ދެއްވި މީހާގެ ވެރިކަމުގައި މިކަން މިހިނގަނީ. އެއީ އެނާއަށް އެގިގެން ވިޔަސް ނުވަތަ ނޭނގިވިޔަސް. އެމްޑީޕީ އިސްސަފުގައު ގިނަ ސެކިއުލާ ވިސްނުން. އިމްރާން މެން މިހާރު ދެރަވާންޖެހޭ. އަދި އެވެސް އެނާ ހަވާލުވެގެން ހުރި މުއައްސަސާއިން އެކަން ކުރަނީ

  15. ހަސަން

    ކޮބާތޯ އިލްޔާސް އަށް އަޅުގަނދުމެން ކުރި އިތުބާރު އިލްޔާސް ވިދާޅުވި ސަލަވާތްލެއްވި ވެރިން އަދި އެއްވެސް އެއްޗެކޭ ވިދާޅުނުވުވުމުން އިލްޔާސް ދެއްކި ވާހަކަތަކާމެދު ސުވާލު އުފެދޭ އެއީ ކޮން މަގުސްދެއްގަ އެއިރު ދެއްކި ވާހަކައެއްކަމާމެދު އިލްޔާސް އަކީވެސް އަނެއްކާ އެބައިމީހުންގެ ތެރެއިން ވާމީހެއްތޯ؟

  16. މޫސާ

    އިބްރާ އާއި ސަކިންދާ އާއި އާނިޔާ އާއި ވެލަޒިނޭ މީ ފުލުހުން ހިފާ ހައްޔަރުކުރަންޖެހޭ މީހުންނަކީ. މޮޔަގެރި ހެދިގެން ދީނަށް ފުރައްސާރަ ކުރަމުން ދުވަނީ މިބައިގަނޑު އަދި އެމީހުންގެ މީހުން......ފުލުހުންވެސް ފިތިފަތަ؟ ވެލަޒިނޭ ދީނަށް ފުރައްސާރަކޮށް އަނމަކެނޑިގެން ބޭރުގަ ރޭރުވެގެން އުޅިފަ ރާއްޖެއާއީމަ ވީ ނަފްސާނީ ބަލިމީހަކަށް...ކާކު ޤަބޫލުކުރާނީ.....ފުލުހުންގެ ފެނަވރަކީ އެއީ އީވާ ޓްވީޓެއް ކޮށްލާ އިރަށް ވެލަޒިނޭ ދޫކޮށްލައިފި. ދެން މި ޤައމު ހަމައަަަކަށް އެެޅޭނެތަ؟

  17. ޟިރުއާމް

    ޢިބުރާ އަކީ ފެށުނީއްސިރެ ލާދީނީ ފިކިރުގެ މީހެއް.މާޒީ ގައި އެގޭ ތެރޭގައި ކްރިސްޓިއަން ދީން ގެ ބައެއްކަންކަން ހިނގި ކަމީ ހަގީގަތް... ލާދިނީ ފިކްރުތަކާ ދެކޮޅައްމަސައްކަތް ކުރަން ޖެހޭ. ލާދީނީ ފިކުރު މުޖުތަމައު ތެރެއަށް ސޯސަލްމީޑިއާވިއަސް އަދި މީޑިއާ ގެ އެހެން ވަސީލަތެއް މެދުވެރި ކޮއްގެން ފެތުރުމުން މުޖުތަމައު ގެ ތެރޭގައި ހަމަނުޖެހުން އުފެދޭ އެކަމުގެ ޒިންމާ ނަގަމް ޖެހޭނީ އެކަހަލަ ކަން ކަން ކުރާމީހުން. ޢެފަދަ ވާހަކަ ދައްކާ މީހުން ، އެއީ އަންނި ނޫނީ އިބްރާ ކަމުގައިވިއަސް...ޕޮލހުން އެމީހުންގެ ހުވާ ހަދާންނެތުނީނަ، ރައީސުލް ޖުމްހޫރިއްޔާ އަދި މިނިސްޓަރުން މާތްﷲ ގަންދީ ކޮއްގެން ތިބި ހުވާ މަތިން ހަދާން ނެތުނީތަ؟

  18. ޞަފި

    މަޖިލިސް އިނތިޚާބުގަ ލާދީނީން ބަލިވާނެ އިންޝާﷲ

  19. ނ

    ކޮބާ ހީވޭ ކަމެއްހެން. ދެން ވެސް ގައުމު ދެކެ ލޯބިވަންޏާ މަޖިލީސް ވޯޓް އމޑޕ ނުދީ.

  20. عبدالله سعيد ޤާނޫނީ ވަކީލު

    މުންކަރާތްތައް މަނާކުރުމަށް ކުރެވޭ އެއްވެސް ކަމަކަށް ފާޅުގައި ދެކޮޅުހެދުމަކީ، މިރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނު އަސާސީއަށް ބެލިކަމުގައިވިޔަސް ދައުލަތުގެ ޤާނޫނީ ބާރުތަކުގެ ތެރޭގައި ހިމެނިގެންވާ ބާރުތަކުގެ ތެރެއިން އެއްވެސް ބާރަކުންވިޔަސް އަދި ދައުލަތުގެ މުޢައްސަސާތަކުގެ ތެރެއިން އެއްވެސް މުޢައްސަސާއަކުން ވިޔަސް ކުރެވޭނެ ކަމެއްނޫންކަން ޤަބޫލު ނުކުރޭކަމީ، ހިތާމަ ހުރިކަމެކެވެ.

  21. Anonymous

    އަލްހަމްދުލިﷲ. މިގައުމުގައި، އިސްލާމްދިން ނޫން ދީނެއް ނުލައްވާށި. އާމީން.

  22. ޏާ

    ސެއިހް އިމްރާނައް ، ބަސްނުވިކޭ އޮޑީގެ ދިރުނބާ ކޮޅައްނާރާ!