ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު ކަމަށް ދެން އަންނަ ދައުރަކު ވެސް އަހްމަދު ޠާރިގު (ޓޮމް) ގެންނަން ރާއްޖޭގެ ގިނަ އިލްމުވެރިންތަކެއް ހިމެނިވަޑައިގަންނަވާ ސަލަފު ޖަމިއްޔާ އިން ތާއިދު ކޮށްފިއެވެ.

ސަލަފު ޖަމިއްޔާގެ ރައީސް އަބްދުﷲ މުހައްމަދު ވިދާޅުވީ ޤާނޫލް އުޤޫބާތުގެ 1205 ވަނަ މާއްދާ އިސްލާމީ ޝަރީޢަތުގެ މައްޗަށް އަނބުރާލުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ޠާރިގު ކަމަށެވެ.

"2019 ގެ މަޖިލީހުގައި (ޠާރިގު) އިންނެވުމަކީ ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ޤާނޫނުތައް އިސްލާހު ކުރުމުގައި އަޅުގަނޑުމެންނަށް ހުޅުވިގެން ދާނެ މަގެއް ކަމުގައި އުއްމީދު ކުރަން." އަބްދުﷲ ވިދާޅުވިއެވެ.

ޤާނޫނުލް އުޤޫބާތުގެ 1205 ވަނަ މާއްދާގައި ބުނެފައި އޮންނަނީ މިޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް އިސްލާމީ ޝަރީޢަތުގައި ހައްދު ކަނޑައަޅާފައިވާ ނުވަތަ ޤިޞާޞް ކަނޑައަޅާފައިވާ ކުށެއް، އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އެއްވެސް ޝައްކެއްނެތް މިންވަރަށް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އެމީހެއްގެ މައްޗަށް ކަނޑައަޅަންވާނީ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން އެކަމަށް އިސްލާމީ ޝަރީޢަތުގައިވާ އަދަބެވެ.

އެމާއްދާ އަކީ 2014 ވަނަ އަހަރު ޠާރިގު މަޖިލީހަށް އިސްލާހެއްގެ ގޮތުގައި ހުށަހެޅި މާއްދާއެކެވެ. އެމާއްދާ ފާސްކުރުމުން އޭރުގެ ރައީސް އަބްދުﷲ ޔާމީން އިސްލާހު ތަސްދީގު ކުރެއްވީ 2015 ވަނަ އަހަރު އެވެ.

ޠާރިގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤާނޫނުލް އުޤޫބާތުގެ 1205 ވަނަ މާއްދާ އިސްލާހު ކުރީ ޖަމިއްޔަތުއް ސަލަފުގެ އިލްމުވެރިން ކަމަށްވާ ޝައިހް އަލީ ޒާހިރު، ސަމީރު، ފިކުރީ، އަބްދުﷲ ގެ އިރުޝާދާއި ޝަރުއީގޮތުން އެކަން އޮންނަންވީ އެންމެ ރަނގަޅު އިބާރާތަކަށް ބަދަލުކޮށްގެން ޑރ.ޝަހީމްގެ އެންޑޯސްމެންޓް ވެސް ލިބިގެން ކަމަށެވެ.

ޠާރިގު ވަނީ އަންނަ އޭޕްރިލް މަހު އޮންނަ މަޖިލިސް އިންތިޚާބުގައި މަހިބަދޫ ދާއިރާއަށް ކުރިމަތިލައްވަން ނިންމަވާފައެވެ.

ޒިނޭކުރި އަންހެނެއްގެ ގައިގައި ހައްދު ޖަހަން ކުރި ޙުކުމެއް ސުޕްރީމް ކޯޓުން ބާތިލް ކުރުމުން ގިނަ އިލްމުވެރިންނާއި އާއްމުން ގެންދަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރާއްޖޭގެ ޤާނޫނުތައް ހުރި ގޮތުން އެފަދަ ޙުކުމެއް ކުރަން ހުރަހެއް ނެތް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޔޭ

    ޓޮމް ބެސްޓް

  2. ކުނބުއަހަންމާ

    50% އަށްވުރެ މަތީން ޓޮމް ނަގާނެކަމަށް ބެލެވޭ

  3. ފަޑް

    އިބޫ ކޮޅަށް ހުރެގެން ނޮހެވޭނެ / އެމް ޑީ ޕީ ފެއިލް

  4. ނަޑެއްލާ

    ދެފަހަރު ހަމައަށް އެއްވެސް މީހަކު މަޖުލިހުގެ މެމްބަރުކަން ކުރުމުގެ ފުރުޝަތު ދިނުމަކީ ބުއްދިވެރި ގޮތެއް ނޫން.

  5. ހަމުދު

    ވިސްނާ މިއޮތީ ރައްޔިތުންގެ މަޖިލިސްތެރެއަށްވެސް މި ހައްދުފަހަނަ އެޅި މީހުންގެ ނުފޫޒު ވަދެފަ އޮތްވަރު! އެމީހުން އާންމުކޮށް ވަންނާނީ މިކަހަލަ އާރެއްބާރެއްނެތް މީހުންގެ ހިޔަނީގަ!

  6. ޙހހ

    މޮޔަވެބަލަ

  7. ވގ

    ތިކިޔާ ޖަމާއަތުގަތިބީ ކޮންބައެއްކަން ނޭގޭމީހަކުނޫޅެ

    • Anonymous

      އާނ. ވޯޓު ވަގު ފަހަތުން ދުވަނީ ކޮންކަހަލަ ބައިގަނޑެއްކަންވެސް ނޭނގޭ މީހަކު ނޫޅޭ މިހާރު.

  8. ވގ

    ތިކިޔާ ޖަމާއަތުގަތިބީ ކޮންބައެއްކަން ނޭގޭމީހަކުނޫޅެ މިހުރިހާދުވަހު ތާއީދުކުރީ ވަގަކައް

    • Anonymous

      އަޅޭ. ލާދީނީ ބަޔަކަށް ތާއީދެއް ނުކުރެވޭނެ ސަލަފަކަށް. ސޮރީ. މިހާރު ވެރިކަމަށް އަރާހުރީ ވަގެއް ކަމަށް ނޭނގޭތަ؟

  9. އަޙްމަދް

    ސަލަފުތަ! ނޫނީ ޙަލަފުތަ؟
    "ސަލަފުއްޞާލިޙުން" ތިކަހަލަ ކަންތަށްތަކަށް ތާއިދެއް ނުކުރާނެ.
    ސަލަފުއްޞާލިޙުން ނަކީ ދީނުގައި ހުރިހާ ހެޔޮކަމައިގެން ކުރިއަރާ ގޮސްފާއިވާ ހެޔޮލަފާ ބައެކެވެ.
    ޖަމިއްޔަތުއް ސަލަފާއި ސަލަފުއްޞާލިޙުން( نبي صلىى الله عليه وسلم އާއި އެ ލޮބުވެތި ނަބިއްޔާގެ ލޮބުވެތި ޞަހާބީ ބޭކަލުންނާކީ) ހާހަކާ ސުމަކަހާ ތަފާތު ދެބައެކެވެ.ވީއިރު މި ބޮޑު ތަފާތު ދެބައިމީހުންގެ ތަފާތު ދެނެގަތުމަކީ ވަރަށް މުހިއްމު އަދި އެހާމެ ބޭނުންތެރިކަމެކެވެ.

    • ހުސެން

      ވަރަށް ބޮޑުތެދެއް.

  10. އަހަރެންގެ ހިޔާލު

    ހުރިހާ ދާއިރާއަކުންވެސް ނެރެންވީ މީހުން ރަންފުކެއް ދޫ ދީގެނެއް،ނުވާނެ މީވާ ޒަމާނެއް

  11. ނޯނޭމް

    ހުރިހާ ކޯޅަކުން ލާރި ނަގާގެން އަރާނެ ކޯޅެއް ނޭގިގެން އުޅުން އިރުވެސް އޭރު ކޮބާ ތޯދީނީ އިލްމު ވެރިން

  12. ޚަަރާބު

    މަޖްލީހުގައި ދީން ދިފާއު ކުރާނެ މީހުން ތިބުން މުހިއްމު

  13. ސުވާލެއް

    މަޖިލީހަށް ހޮވިވަޑައިގެންނެވިފަހުން 2 ލާންޗު، ބޮޑުސަފާރީއެއް އަދި ގިނަ ޢިމާރާތްތަކެއް ކުރައްވާފައިވޭ... ރިސްވަތުގައި ހިއްޕެވިކަމަށް ތުހުމަތު ތަކެއްކުރެވޭ. ނާޖާއިސްގޮތުގައި ކޯޓުތަކަށް ނުފޫޒުފޯރުވައިގެން ދާއިރާގެ ކުއްވެރިން ތަކެއް މިނިވަން ކުރުވި ތުހުމަތު އަދި އެތަށް ގޮތަކުން ކޮރަޕްޝަނުގެ ތުހުމަތާއެކުވެސް ލޯމަރާލުމަށްފަހުގައި މިބޭފުޅާއަށް ވޯޓު ދޭންވީތޯ؟

    • ޖަވާބު

      ލޯންޗެއް ފުރަތަމަ ގަތީ މެންބަރަކަށް ވުމުގެ ކުރިން. އެސޮރު ބައްޕަގެ ގެ މޯގޭޖް ކޮށްގެން ލޯނު ނަގައިގެން. ސަފާރީއެއް ގަތީ ލޯނުނަގައިގެން. ކަލާފާނު ސްކޫލް ހަދަން ދިން ލާރި ކެއީ ކޮންބައެއް؟