ކާނިވާ ސަރަހައްދުގައި ގިނަ އަދަދެއްގެ ވެހިކަލްތަކެއް ޕާކް ކޮށްފައިވާ ތަނެއްގެ ކައިރީގައި މިއަދު ހެނދުނު ރޯވި އަލިފާން އިތުރަށް ފެތުރުމުގެ ކުރިން ސިފައިންގެ ފަޔާ އެންޑް ރެސްކިއު އިން އަލިފާން ނިއްވާލައިފިއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދެއްވާ ގޮތުގައި އަލިފާން ރޯވީ ކާނިވާ ސަރަހައްދުގައި ބަހައްޓާފައި ހުރި ކަރަންޓް ޑިސްޓްރިބިއުޝަން ފޮއްޓެއްގައެވެ.

ކަރަންޓް ފޮށި ރޯވި ހާދިސާގައި ވެހިކަލަކަށް އަދި މީހަކަށް ވެސް ގެއްލުމެއް ނުވެއެވެ.

އަލިފާން ރޯވި ސަރަހައްދު – ފޮޓޯ: އެމްއެންޑީއެފް
އަލިފާން ރޯވި ސަރަހައްދު – ފޮޓޯ: އެމްއެންޑީއެފް

މިއަދު ހެދުނު 9:30 ހާއިރު ފޮށީގައި ރޯވި ސަބަބެއް އަދި ނޭނގެއެވެ.

ނަމަވެސް މަންޒަރުދުއް ބައެއް މީހުން ބުނާ ގޮތުގައި ކަރަންޓް ފޮށި ކައިރީގައި ހުރި ޓަޔަރުތަކެއްގައި ވެސް އަލިފާން ރޯވެފައި ހުއްޓެވެ. އެހެންކަމުން އެއީ ގަސްދުގައި ޓަޔަރުތަކުގައި ރޯކޮށްލުމުން ހިނގި ހާދިސާއަކަށް ވުން ވެސް އެކަށީގެންވެއެވެ.

އަލިފާން އަވަހަށް ނިއްވާނުލެވުނު ނަމަ ވަރަށް ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮތެވެ.