ރިޔާސީ ލޯންޗް "ފިނިފެންމާ" ގައި އެއްޗެއް ގޮވިއިރު އޭގައި ހުންނެވި ނަމަވެސް ތަހްގީގުގައި އެއްވެސް ފަރާތަކުންވެސް ސުވާލެއް ނުކުރާ ކަމަށާއި އަލުން ފަށާ ތަހްގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ.މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ޝައިނީ މިހެން ވިދާޅުވީ "ރާއްޖެޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

ޝައިނީ ވިދާޅުވީ ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވީ އޭނާ ވެސް އޭގައި ހުންނަވަނިކޮށް ކަމަށާއި ނަމަވެސް ތަހްގީގު ނިންމިއިރު މަންޒަރު ފެނުން މީހެއްގެ ހައިސިއްޔަތުން ވެސް އެއްވެސް ސުވާލެއް ތަހްގީގުގައި ކުރައްވާފައިނުވާ ކަމަށެވެ.

“އަޅުގަނޑުވެސް އެެ ހާދިސާ ހިނގިއިރު ހުރީ އެ ލޯންޗުގައި. އެހެން ނަމަވެސް އެ މައްސަލައިގެ ތަހްގީގަށް ވެސް މިހާތަނަށް އެއްވެސް ސުވާލެއް ނުކުރޭ. އެހެން ނަމަވެސް އެ ތަހްގީގު އަލުން ކުރުމާމެދު މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވާތީ މި ވަގުތު އެ ފެނުން މަންޒަރުތަކާމެދު އާންމުކޮން ކޮމެންޓެއް ކުރުމަކީ އެހާ ރަނގަޅުކަމެއް ނޫން ކަންނޭނގެ. ނަމަވެސް ތަހްގީގަށް ބޭނުންވެއްޖެ ނަމަ ބަޔާންދޭން މި ހުރީ ތައްޔާރަށް،" ޝައިނީ ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ގޭބަންދުގައި ހުންނެވިއިރު، ޝައިނީ ވަނީ އަދީބާއި ބައްދަލުކުރައްވައިފަ އެވެ. އެބައްދަލުވުމަށް ފަހު ޝައިނީ ވިދާޅުވީ ލޯންޗުގެ ހާދިސާއާ ގުޅުވައި އަދީބު ދައްކަވާ ވާހަކަތައް ގަބޫލު ކުރެވޭ ކަމަށެވެ.

ލޯންޗްގައި އެއްޗެއް ގޮވި ވަގުތު އަލިފާން ފެންނަ ވީޑިއޯއެއް ރައީސް އޮފީހުން މީގެ ކުރިން އާންމުކޮށްފައިވީ ނަމަވެސް "ސަންގު ޓީވީ" އިން ދާދިފަހުން އާއްމުކުރި ވީޑިއޯގައި އަލިފާންގަނޑެއް ނުފެނެ އެވެ.

ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި ދުވަހުގެ ދެ ވީޑިއޯއެއް އޮތުމުން ފުލުހުން ވިދާޅުވެފައި ވަނީ އެ ވީޑިއޯ އަލުން ތަހްގީގު ކުރުމާމެދު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އާ މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށެވެ.

ޝައިނީ ވިދާޅުވީ އެ ދުވަހު ފެނުނު މަންޒަރުތަކާ ގުޅޭ ގޮތުން އާންމުންކޮން ކޮމެންޓެއް މި ވަގުތު ކުރައްވަން ބޭނުންނުވާ ކަމަށެވެ.

ފިނިފެންމާ ގޮއްވާލި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަދީބާއި އެހެން ބައެއް މީހުންގެ މައްޗަށް ޙުކުމް އައިސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަމަދު

    ﷲ އަށް ބިރުވެތި ވާނަމަ މިވައްތަރަކަށް ނޫޅޭނެ

  2. މޫސާ

    އަލުން އެ މައްސަލަ ތަޙްޤީޤު ކުރަނީ އެއީ ނުހިނގާ ކަމަކަށް ހަދަންތޯ؟

  3. ބޮލި މުލައް

    ތަންކޮޅެއް އަވަސް ތަހުޤީޤުކުރަން ބަލަ ފައިސާ އަޅާލީމަ ފެނުނުތަނެއް އެއްތަނެއްވެސް ނޯއްނާނެ

  4. އަބްދުއްލާ

    ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ގޭބަންދުގައި ހުންނެވިއިރު، ޝައިނީ ވަނީ އަދީބާއި ބައްދަލުކުރައްވައިފަ އެވެ.

    މިހެން ކަންދިމާވުމުން މަންޒަރު ބަދަލްވާން މަޖުބޫރު ވުމަކީ މާދުރުގަ ވާކިމެއްނޫން.

    އެހެނީ ބަނޑު ހައިވެފާހުންނައިރު ފެންނަ މަންޒަރާ ހައިކަން ފިލުމުން ފެންނަ މަންޒަރު

    ތަފާތުވާނެ ކަން ގަބޫލުކުރައްވާ. އަދި ރިސްވަތު ހިފައިގެން ހުރެ ފެންނަމަންޒަރާ

    ރިސްވަތާ ދުރުގަހުރެ ފެންނަމަންޒަރާ ދޭހެކިބަހާ، ސިކިނޑި މަސައްކަތް ކުރާގޮތް

    ވެސް މިޅިން ތަފާތުވާނެދޯ؟ އިތުރު އެނަޖީ އެޅިވަރަކަށް އާހޫދުން ފެންނާނެ.

  5. ޏ

    މަށަށް ހީވަނީ މިކަލޭގެ އަށް ފެނުނު ތަނެއްވެސް ނުފެން ނަތަނެއްގެ ގޮތުގަ ހެން ހެކިބަސްދޭނީ ފައިސާ އަށް ވިކޭނެދޮ.

  6. އަހްމަދު

    ހަމަގައިމުވެސް އެދުވަހު ލައިވްކޮށްދައްކަމުންދިޔަ މަންޒަރުތައް ބަލަންހުރިއިރު އެއެއްޗެއްގޮވިވަގުތު ފެނުނު މަންޒަރުގަ އަލިފާން ފެނުނުކަންޔަގީން އެވަގުތުންވަގުތައް އެޑިޓުކޮށްފަ ފޮނުވީބާ