ދައުލަތުގެ ތެރޭގައި ހިންގި ޚިޔާނާތާއި މަނީ ލޯންޑްރިންގެ މައްސަލަތައް ބަލައި ގެއްލުނު ފައިސާ އަނބުރާ ހޯދަން އުފެއްދި ކޮމިޝަނާއި ރައީސް ބައްދަލު ކުރައްވަނީ – ފޮޓޯ: ރައީސް އޮފީސް
ދައުލަތުގެ ތެރޭގައި ހިންގި ޚިޔާނާތާއި މަނީ ލޯންޑްރިންގެ މައްސަލަތައް ބަލައި ގެއްލުނު ފައިސާ އަނބުރާ ހޯދަން އުފެއްދި ކޮމިޝަނާއި ރައީސް ބައްދަލު ކުރައްވަނީ – ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ ތެރޭގައި ހިންގި ޚިޔާނާތާއި މަނީ ލޯންޑްރިންގެ މައްސަލަތައް ބަލައި ގެއްލުނު ފައިސާ އަނބުރާ ހޯދަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އުފެއްދި ރިޔާސީ ކޮމިޝަނުން އެމްއެމްޕީއާރްސީގެ މައްސަލަ ތަޙްޤީޤު ކުރަން ފަށައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިދާޅުވެފައިވާ ގޮތުގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބެން ޖެހޭ 1.4 ބިލިއަން ރުފިޔާއަށް ވަނީ ހިޔާނާތްތެރިވެފައެވެ.

ރިޔާސީ ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީ މެދުވެރިވެގެން ހިންގިކަމަށް ތުހުމަތު ކުރެވޭ ޚިޔާނާތުގެ މައްސަލަ މި ގެންދަނީ ތަޙުޤީޤު ކުރަމުން ކަމަށާއި މި މައްސަލައިގެ ތަޙުޤީޤަށް ބޭނުން ހިފޭނޭ ލިޔެކިއުމާއި މައުލޫމާތު ހުރި ނަމަ، އީމެއިލް މެދުވެރިކޮށް ޙިއްޞާކޮށްދެއްވުން އެދޭކަމަށެވެ.

ރިޔާސީ ކޮމިޝަންގެ އީމެއިލް އެޑްރެހަކީ [email protected] އެވެ.

އެމްއެމްޕީއާރުސީ އަށް ވަންނަން ޖެހޭ ކަމަށް ތުހުމަތު ކުރެވޭ ފައިސާ އެސްއޯއެފް އިން ކުރީގެ ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކުރި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެމައްސައިގައި ޔާމީންގެ ބަޔާން ނަގާ، ބަޔާނުގައި ސޮއިކޮށް މިހާރު ވަނީ ނިމިފައެވެ. އެހެންކަމުން ވަރަށް އަވަހަށް އެމައްސަލަ ޕީޖީއަށް ފޮނުވާނެ ކަމަށް ބެލެވެއެވެ.

ރިޔާސީ ކޮމިޝަނުން އެމްއެމްޕީއާރްސީގެ މައްސަލަ ތަޙްޤީޤު ކުރަން ފަށާފައި މިވަނީ އެކޮމިޝަންގެ މަސައްކަތްތައް މާލަހުން ކުރިއަށްދާތީ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. ކޮމިޝަން އުފެއްދިތާ ދެމަސް ދުވަސް ވާން ކައިރިވެފައި ވާއިރު އަދި ކޮމިޝަނުން މިހާތަނަށް ކުރެއްވި މަސައްކަތުގެ އެއްވެސް ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގެ އިތުރުން އެހެން މައްސަލަތައް ވެސް ކޮމިޝަނަށް ހުށަހަޅަން ކޮމިޝަނުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މައްސަލަ އެއް ނިމިއްޖެތަ؟؟

  2. ކެނެރީގޭ ނަސީދު އިސްވެހުރެ ސަރުކާރުގެ އެކި އިމާރާތްތަކުގައި ހުޅުޖަހާ ގެއްލުންދިން މައްސަލަ ބަލާބަލަ

  3. މިތަނަކީ، ޝަރީޢަތުގެ މަރްޙަލާގައި ބަލައި ނިމިފައި ހުންނަ މައްސަލަތަކުގައި ކޮށްފައިވާ ޙުކުމުތައް އޭގެ ޞައްޙަކަންމަތީ ދެމިއޮތްހައި ހިނދެއްގައި ކަމާކަންފަށައިގެން އަނެއްކާ އަލުން އެފަދަ މައްސަލަތައް ކޮމިޝަނަކުން ބަލައި ދެވޭނެ ހަމައެއް އުޞޫލެއް އޮންނަ ތަނެއްނޫނެވެ. ޔަޢުނީ ކޯޓްތަކުގެ ޙުރުމަތް ކަނޑައި ލުމަކީ، އެއްވެސް މުޖުތަމަޢެއްގައި ކުރެވެން އޮންނަ ކަމެއްނޫނެވެ.