ސިނަމާލެ ބުރިޖުގައި ހެލްމެޓް އެޅުން މަޖުބޫރުކޮށްފިއެވެ.

މިއަދު ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ މާރޗު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސިނަމާލެ ބްރިޖުގައި ސައިކަލުގައި ދަތުރުކުރެވޭނީ ހެލްމެޓު އަޅައިގެންކަމަށެވެ.

"އެއީ ގަވާއިދުގެ ތެރެއިން، ރައްޔިތުންގެ ސަލާމަތާ ރައްކާތެރި ކަމަށް ކުރާ ކަމެއް،" މިނިސްޓަރު އައިޝާ ވިދާޅުވި އެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ އެ ތާރީހުގެ ފަހުން ހެލްމެޓް ނާޅާ ބުރިޖު މަތިން ސައިކަލުގައި ދަތުރު ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެތާރީހަށް ފަހު ބުރިޖުގައި ހެލްމެޓު ނާޅާ ދުއްވާ ފަރާތްތަށް ޓްރެފިކް ޕޮލިސް މެދުވެރިކޮށް ބަލަމުންދާނެ ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް މުހައްމަދު ރަފީއު ވިދާޅުވީ އަނަން މަހުގެ ދެ ވަނަ ހަފްތާގައި ހެލްމެޓް އެޅުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް ހާއްސަ ކެމްޕޭނެއް ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ބައެއް ފަރާތްތަކަށް ހިލޭ ހެލްމެޓް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްތައްވެް ކުރަމުން އަންނަ ކަމުގައެވެ.

ހެލްމެޓް އެޅުން މަޖުބޫރު ކުރުވަން ނިންމި އިރު، ބުރިޖު މަތީގައި އަދި ބުރިޖުން ހުޅުމާލެ އަށް ދާން އޮންނަ ހައިވޭގައި ވަނީީ ބޮޑެތި އެކްސިޑެންޓްތަކެއް ހިނގާފައެވެ.

ބުރިޖުގައި ހެލްމެޓު އެޅުން މަޖުބޫރު ކުރާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި، 5،000 ހެލްމެޓް ހިލޭ ބެހުން ހިމެނިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ނަން

  ސާބަހޭ

 2. ސިންގަޕޫރު

  ރާއްޖޭގައި ކޮއްމެކަމެއްވެސް މިކުރަނީ އިސް ފަސް ކޮށްފަ! ބުރިޖް ހުޅުވަން ޖެހެނީވެސް ގަވައިދުތައް ހަދާ ފީނެގޭނެ ގޮތް ހަމަޖެހި ސްޕީޑް ކޮންޓްރޯލް ކުރެވި، ކެމެރާ ހަރުކުރެވި! އެއިރުން ފަހުން ގަވައިދަށް ބޯލަންބުވާކަށް ނުޖެހޭނެ!

 3. ރަތްގަލަން

  ވަރަށް ރަނގަޅު ނިންމުމެއް. ޝުކުރިއްޔާ ޢައިޝާ

 4. ޔާމިން

  ސާބަހޭ

 5. ޢަލިތަކުރު

  ދަންނަވާލަމެވެ. ހެލްމެޓް އަޅައިގެން ސައިކަލް ދުއްވުން ވަރަށް ރަނގަޅު ކަމެކެވެ. ނަމަވެސް މިއުޅޭ ބައެއް ޒުވާނުން ވަކިން ޚާއްސަކޮށް ގޭންގް ކުދިން ސައިކަލްގަ ދުއްވާފަ އެދަނީ ދެންތިބޭ މީހުންނަށް ބެލުމެއްކަމެއްނެތި.. އިންތިޙާ އައް ނުރައްކާތެރިކޮށް.. ޓްރާންސްފޯރޓް ގެ ޒިންމާއެއް ދެއްތޯ އެއީ ފުލުހުން މެދުވެރިކޮށް އެގޮތައް ނުރައްކާތެރިކޮށް ދުއްވާ ފަރާތްތައް ހިފަހައްޓާ ހަރުކަށި ފިޔަވަޅު އެޅުން. މިހާރުން މިހާރައް ގޮވާލަން ގަވައިދުތައް އިތުރައް ހަރުކަށިކޮށް ފިޔަވަޅު އެޅުމަށް. ނަމަކަށް ގަވައިދު ހަދާފަ ހުއްޓަސް ތަންފީޒު ނުކުރެވެންޏާ ކީއްކުރާ ވުޒާރާއެއް ތިޔައީ..

 6. މާމިގިލީ މީހާ

  ހެލްމެޓެއް ނޫން. ބަނޑިޔާ ބޮލައް ލެއްވިޔަސް ތިޔަ އެކްސިޑެންޓް އެއް ނުހިގާ ގޮތެއް ނުވާނެ.. ދުއްވާން ނޭގޭ މީހުންނައް ލައިސެންސު ދިނީ. އެއްލަކިންނޭ ކިޔާފަ. މޮޔައެއް ކައިރިޔައް ކަނޑިއެއް ދިނީމާ ވާހެން ވާނީ.

 7. އާދަނު

  އަނެއްކަވެސް، ހެލްމެޓް ޝިޕްމަންޓެއް ގެނެސް ވިއްކާފަ، ބަޔަކަށް ފައިދާ ހޯދައިދީފައި، އޭގެފަހުން ދެން ގަވާއިދު ވަޔަށް އަރުވާ ނުލާނެ ކަމަށް ހީކުރަން

 8. ..

  ދެން ލަދުން ބޯހަލާކު. ކާކުތަ ބެނުންވާނީ އެ ހެލްމެޓް އަޅައިގެން އުޅެން. މުސްކުޅިން އެކަނި.

  • toxic

   އިޓްސް ސްޓައިލިޝް ޔޫ އަންކަލްޗާރޑް ސްވައިން ?

 9. ޒާ

  ތީ ރަނގަޅު ކަމެއް. އެތައް ފުރާނައެއް ސަލާމަތްވާނެ.

 10. ބުރުމާކަށި

  މިއުޅޭ ކުޅަނދުރުހަތާ ބޯތަކާ، ޕޮޕްކޯން ބޯތަކާ، ސްޕައިކް ބޯތައް ދެން ހުންނާނެ ގޮތް ހިތަށްއަރާމަ ހަމަ ހެވެނީ.

  • އަހަރެން?

   ކުލަ ކުލައިގެ ސަޅި ހެލްމެޓް ވިއްކާ ތަނެއް ހިއްގަނ

 11. ސޭޓު

  ހެލްމެޓް ވިއްކަން ފަށަންވީ!!!

 12. ޭރަނާ

  ވާރޭ ވެހޭ ދުވަސް ތަކުގަ ކިހިނެއްހަދަނީ؟ ސައިކަލް ހުއްޓާފަ ހެލްމެޓް ފޮހޭނީތަ ނޫނި ހެލްމެޓްގަ ވެސް ވިޕްޕަރސް ލާފަތަ ގެއްނަންވީ؟

 13. ނަސީދު

  ދެއުޅިއެއްނުވާކަންތައްކުރަން އައިސަރުކާރެއްތަމީ ފުރަތަމަ ސިފައިން ނުކުމެ ބާރައްދުއްވާމީހުން ސައިޒްކުރަންވީ އޭރުން ހުރިހާކެއްނިމުނީ ވަރައްސަލާމް މިސަރުކާރައް

 14. ޖޮއްބެ

  ބޭކާރު ކަމެއް.

 15. Anonymous

  މަމީނުލާހިކު ސަޅި ހެއަޜ ސްޓައިލެއް ހުންނަމީހެއް . މިހެއަރސްޓައިލް ބިޓުންަކައްދެން ނުފެންނާނެ . ހާދަކަޑަގޮތެކޭމިވީ.

 16. Anonymous

  5000 ހެލްމެޓް ބަހަންވާނީ 2019/2020 އަށް އަހަރިފީދެއްކި ރަސީދާ އެކު ސައިކަލް ރަޖިސްޓަރީ ގެންދިއުމުން ކަމަށް ހަމަޖައްސައިގެން އަހަރިފި ދެއްކުމަށް ބާރު އެޅިދާނެ

 17. ޙިޔާލު

  ރަނގަޅުކަމެއްތީ ފެރީގަ ކަނޑުދަތުރު ކުރާއިރު ލައިފްޖެކެޓުއަޅަން މަޖުބޫރު ކުރުންވެސް ވަރައް މުހިންނު

 18. ބަނާނަ މޭން

  ހޫ ސޭޓް ހެލްމެޓް ކޮންޓިނާ ގެންނަނީދޯ

 19. ޙައްވަ

  ހެލްމެޓް އަޅައިގެން ސައިކަލް ދުއްވުން ހުރިހާތަނެއްގައިވެސް މަޖްބޫރު ކުރަންވީ. ????????

 20. އައްބެއްޔާ

  ހުރިހާ ގައުމެއްގަ ވެސް ސައިކަލު ދުއްވަނީ ހެލްމެޓް އަޅައިގެން

 21. އައިކުޑް

  ހެލްމެޓް އަޅަން މަޖުބޫރުކޮށް، ޓެކްސީގައި މީޓަރު ހަރުކުރަނީ ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ އޯ މޭން އިބޫގެ ވެރިކަމުގައި ރައްޔިތުންނަށް ޖެނުއިން ކޮށް ކަމެއް ކޮށްދެވޭތޯ ބަލާކަމުގެ ފީލިންގްސް މަމެން ނަށް ފީލް ވާން ފަށައިފިއޭ މަމެން އުއްމީދުކުރަމޭ ކެނެރީގެ ނަޝީދުގެ ޕަޕެޓަކަށް ވެގެން އޭނާ ބުނާ ގޮތަށް ނަހަދާނެ ކަމަށް އިބޫ އައި ރިއަލީ ލައިކް އިޓް އޯއް އައި އޭމް ސޯ ސޮރީ އައި އޭމް އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި ޑާއި ޑާއި..