،މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ 7 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ވިދާޅުވިގޮތުގައި، މިޖަލްސާ އޮންނާނީ ދަރުބާރުގޭގައެވެ.
އަދި މި ޖަލްސާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ ބަޔާން އިއްވަވާނެއެވެ.
ޖަލްސާ ބޭއްވުމުގެ އިންތިޒާމުތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ.
7 ފެބްރުއަރީއަކީ ކެނެރީގޭ ނަޝީދު ވެރިކަމުން އިސްތިއުފާދީފައި މަގުމައްޗަށް ނިކުންނަވައި ސަރުކާރުގެ އޮފީސްތަކާއި ކޯޓުތައް ހުޅުޖަހަމުން ދުވަންފެށި ދުވަސް! ތާރީޚީ ދުވަހެއް! މާލޭގެ ސަރަހައްދެއް ބަންދުކޮށްގެން ބަނޑަހަ ޖަހައިގެން އުޅެންފެށި ދުވަސް.
..ރައީސް އެދުވަސް ބަންދުކޮށްދެއްވައްޗޭ..އަނިޔާވެރި ވަގު ބައިގަނޑަށް މުހިންމު ނުވިޔަސް މިސަރުކާރުން އާދަކާދައާ ކަސްޓަނާ ހިލާފުނުވެ އެދުވަސް ބަންދުކޮށްދެއްވާނެކަމަށް ހީކުރަން..