ސިނަމާލެ ބުރިޖު ހުރަސްކޮށް މާލެއާ ހުޅުމާލެއާ ދޭތެރޭ ދަތުރުކުރާ ބަސްތައް އެމްޓީސީސީގެ ދަށުން ހިންގުމަށް ނިންމާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެފިއެވެ.

މިއަދު ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކުފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ މިހާރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)ގެ ދަށުން ދެމުން ގެންދާ ބަހުގެ ހިދުމަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓިސީސީ) އާ ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ.

"މި ކަންތައް ކުރިއައަށް ގެންދަނީ އެމްޕީއެލް އާއި އެމްޓީސީސީ އެކުގައި މަޝްވަރާ ކުރެވިގެން. އެހެންކަމުން އަދި މިކަންތައް ފެށެނެ ވަކި ތާރީހެއް ސީދާ ދަންނަވަން ނޭނގޭ" މިނިސްޓަރު އައިޝާ ވިދާޅުވިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ވިދާޅުވާ ގޮތުގައި އެއްގަމާއި ކަނޑުގެ ދަތުރުތައް އެއްކުންޏެއްގެ ދަށަށް ގެނެވުމުން ގިނަ ފަސޭހަތަކެއްވާނެ ކަމަށެވެ. އަދި މިހާރު އެމްޓީސީސީގައި ހުރި ބަސްތަކާއި އެމްޕީއެލްގައި ހުރި ބަސްތަކުގެ އެހީގައި އެއް އޮޕަރޭޓާއެއްގެ ދަށުން ބަހުގެ ހިދުމަތް އަވަސްވެެގެންދާނެ ކަމުގައިވެސް ޓްރާންސްޕޯޓު މިނިސްޓްރީން ދެކެއެވެ.

ބްރިޖްގައި ދުއްވާ ބަސްތައް އެމްޓީސީސީގެ ދަށަށް ބަދަލު ކުރުމަށް މިނިސްޓްރީން ނިންމާފައިވާއިރު، މިދިޔަ އަހަރު ޕްބްލިކް ޓްރާންސްޕޯޓުން އެމްޓިސީސީއަށް 60 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ވަނީ ވެފައެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ ރާއްޖެއަށް މިނީ ބަސް ތައާރަފްކުރަން ނިންމާފައިވާ ކަމަށެވެ. މިނީބަހުގެ ހިދުމަތް ރާއްޖޭގައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕާޓޭ ގެ ޑެޑީ

    މިހާރު އެބަ ރަންގަޅުވޭ