އިދިކޮޅު ފަރާތްތަކުން މާލޭގައި މިހާރު ސިސްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާތަކަކީ ރާއްޖޭގައި އެހެން ދީންތަކަށް އުޅުމުގެ ފުރުސަތު ދޭން ކުރާ ކަމެއް ކަމަށް ހުޅުހެންވޭރުދާއިރާގެ މެންބަރު މޫސާ މަނިކް ވިދާޅުވެއްޖެއެވެ.

މޫސާ މަނިކް އެހެން ވިދާޅުވީ "ވަގުތަށް" ދިން އިންޓަވިޔުއެއްގައެވެ. އެގޮތުން މޫސާ މަނިކް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާ އެކުރަނީ އީޔޫ މެދުވެރިކޮށް ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ކަމަށެވެ.

" އިދިކޮފަރާތްތަކުން އީޔޫ މެދުވެރިކޮށް ގަރާރެއް އެ ނެރެނީ ރާއްޖޭގައި އެހެން ދީންތަކަށް އުޅުމުގެ ފުރުސަތު ދޭންވެގެން. އޭގެ ކުރިން އެ ބޭފުޅުން މަސައްކަތްކުރެއްވީ އިންޑިއާގެ ސިފައިން މިގައުމަށް އަރުވައިގެން ރާއްޖޭގެ ގައުމިއްޔަތު ފުޑުފުޑުކޮށްލަން. އެހެންވެ އެ ކަމަށް ހިތްވަރު ދީ ފޮޓޯ ހޯދާ ބޭރުގެ ގައުމުތަކަށް ފޮނުވުމަށް އެބޭފުޅުން މުޒާހަރާ އެކުރައްވަނީ"

އަދި އިދިކޮޅު ފަރާތްތަށް ވަނީ ވަރަށް ބޮޑަށް ބައިބައިވެފައި ކަމަށާއި އެފަރާތްތަކުން މުޒާހަރާތަށް ކުރަނީ ރިޔާސީ އިންތިހާބުކުރިން އެންމެން އެއްގަލަކަށް އެރުވުމަށް ކަމުގައިވެސް މޫސަ ވަނީ ވިދާޅުވެފައެވެ. އަދި ކުރީގެ ރައީސް ނަޝީދަށް އިންތިހާބުގައި ވާދަކުރެވޭނެ ގޮތެއް ބޭރުގެ ގައުމުތަކުގެ އެހީގައި ކުރުމަކީވެސް އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތެއް ކަމަށްވެސް މޫސަ ވަނީ ވިދާޅުވެފައެވެ.

އަދި އިދިކޮޅު ބައެއް ހައްޔަރީން އިއްޔަ ކުރި ބަނޑުހައި ހޫނުކަމުގެ ހަޅުތާލަކީ އެއްވެސް ތާކުންތާކުން ނުޖެހޭ ކަމެއް ކަމުގައި މޫސަ ބުނެފައިވެއެވެ.

" އެބޭފުޅުންނަކީ ސިޔާސީ ކުއްވެރިންނެއް ނޫން. ދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް އެކުރަނީ އެބޭފުޅުން އަމިއްލަފުޅަށް. އެ ކަމެއްކަ ތެރޭގައި ނޫންތޯ އަބަދު އެބޭފުޅުން އެއުޅުއްވަނީ" މޫސަ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓްރޫރޮކް

    ރޭގެ މުޒާހަރާއާ ގުޅިގެން 23 މީހަކު ހައްޔަރުކުރި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. މިރާއްޖޭގެ ގްރޭންޑް ކެޕިޓަލް އަކީ އެއީ މާލެ އެވެ. އެއީ ދަ ރާއްޖެތެރެ އެއް ނޫނޭ ދަ ރާއްޖެތެރޭގައި އެމެން މުޒާހަރާ ކޮށްގެން ރަށު އޮފީސް ތެރެއަށް ގޮސް އެމެން ވަންނަ އުސޫލުން މާލޭގައި ނޫޅެވޭނެއޭ އެމެން ޖެހޭނީ ހައްޔަރު ކުރަންއޭ އެއްހާސް ނޫން ދެހާސް މީހުން ހައްޔަރުކޮށްގެން ޖަލުގައި ގެންގުޅެން ޖެހުނު ނަމަވެސް އެކަން ކުރަން ޖެހޭނެއޭ އެންމެ ގިނަވެގެން 5000 މީހުން ޖަލަށް ދާއިރަށް ތިޔާކަން ހުންނާނީ ހަމަ އަކަށް އެޅިފައޭ. އެގޮތަށް ވެސް ގައުމު ހަމަ މަގަށް އެޅުވުމުގައި ކަންކަން ކުރުމަކީ އެއީ ރައްޔިތުން ހޮވާފައިވާ ސަރުކާރަކުން ކުރަން ޖެހޭނެ ކަމެކޭ އެމެންނަށް މަމެންގެ ވެރިކަން މަގުމަތިން ވެސް އަދި ފުލުހުންގެ ބަގާވާތަކުން ވެސް އަދި ސިފައިންގެ ބަގާވާތަކުން ވެސް ވައްޓާ ނުލެވޭނެއޭ މަމެން ކުޑަ ވެސް ދުލެއް ނުދޭނަމޭ ނުދޭނަމޭ ދިސް ޓައިމް ވީއާރ ގޮނާ ރޮކް ޔޫ އިޓްސް ޓްރޫ ރޮކް ދިސް ޓައިމް ޓްރޫ ރޮކް ޓްރޫ ރޮކް ޓްރޫ ރޮކް

  2. ކަސަބު

    މިރާއްޖޭގެ އެންމެންވެސް މީހަމަ އިސްލާމުން ދީނޭކިޔަގެންބިރުދައްކަންނޫޅޭ މިނިމެނީ