ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ނުވަތަ ކޮންގްރެސް ޕާޓީން ހުށަހަޅާފައިވާ ފޯމުތަކަކީ ސައްހަ ނޫން ފޯމްތަކެއް ކަމަށްބުނެ މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ބަލަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މިހާރު ކުރިއަށްދާ އިލެކްޝަން ކޮމިޝަންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ޕީއެންްސީ އުފެއްދުމަށްޓަކައި އެ ޕާޓީއާ ގުޅުނު 4000 ފޯމް އިލެކްޝަންސް ކޮމިޝަނަށް އިއްޔެ ވަނީ ހުށަހަޅާފައިވާކަމަށެވެ.

"ޕީއެންސީން ހުށަހަަޅާފައިވާ ފޯމުތަކުގެ ތެރޭގައި މީޙުންގެ ހުއްދައާ ނުލާ ފޯމު ހުށަހަޅާފައިވާ ކަމަށް ބުނެ މައްސަލަތަކެއް ވަނީ މި ކޮމިޝަނަށް ހުށައަޅާފައި " ޝަރީފް ވިދާޅުވިއެވެ.

" މި ޝަކުވާތަކާއި އެކު އަޅުގަނޑުމެން ނިންމީ ފޯމްތައް ވެރިފައި ކުރުމަށް.އެހެންވީމަ އެ ފޯމްތައް ވެރިފައި ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން" ޝަރީފް ވިދާޅުވިއެވެ.

މި ޝަކުވާތަކާއި ގުޅޭ އިތުރު ތަފްސީލެއް ޝަރީފް ދީފައި ނުވާއިރު ޕީއެންސީ ރަޖިސްޓްރީ ކުރުމަށް އިލެކްޝަން ކޮމިޝަނަށް 4000 ފޯމް ހުށަހެޅުއްވީ އިއްޔެއެވެ. ޕީއެންސީ އުފެއްދުމަށް ފުރަތަމަ އަބްދުއްރަހީމް ހުށަހެޅުއްވިއިރު ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވުމުން އިލެކްޝަނުން ޕާޓީ ހަދަން ހުއްދަ ނުދިނުމުން ޕާޓީ އުފެއްދުމަށް އަބްދުރަހީމް އަލުން ހުށަހެޅުއްވީ ޕީޕީއެމުން ވަކިވެވަޑައިގެންނެވުމަށް ފަހުގައެވެ.

ޕީއެންސީއަސް މެމްބަރުން ހަމަކުރުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން އަބްދުއް ރަހީމަށް ދީފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އޭގެ އަނެއް ދުވަހު އެ ޕާޓީއަށް ގާނޫނުގައި ބުނާ 3000 މެމްބަރުން ހަމަވެއްޖެ ކަމަށް ވަނީ އިއުލާން ކޮށްފައެވެ. ނަމަވެސް އެފޯމްތައް އިލެކްޝަނަށް ހުށަހެޅީ އޭގެ 12 ދުވަސް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ޟަރާ

  ހައިރާނެއް ނުވި. އީސީ އިން މައްސަލަ ހޯދާނެ، ނުވިތާކައް މައްސަލަ އުފައްދާނެ.

 2. ސީސީސީސީ

  ކޮންމެސް އެއްޗެކޭ ކިޔާގެންވެސް ބަލާނެ ޕީ.އެން.ސީ ރަޖިސްޓޮރީ ކޮއްނުދީވާނެ ގޮތެއް އިގޭ ަހަރުމެން ނުކުމެއްޖިޔާ ދެންވެސް މިގައުމުގައަހަރުމެން ވެރިކަން ކުރާނެކަން ވަރައް ބިރުގަންނާނެ ސިހޭނެ ތުރުތުރުއަޅާނެ ވަރައް

 3. ހަސަން

  ފޯމުތަކުގައިމައްސަލަހުރިކަމައްބުނާނެކަންކުރިންވެސްއެގޭ

 4. ހަސަން

  ފޯމުތަކުގައިމައްސަހު
  ރިކަމައްބުނާނެކަންކުރިންވެސްއެގޭ

 5. ޔޫސުފް

  ފޯމްތަކުގައި މައްސަލަ އުފެއްދުމަށް ޝަރީފް އަމިއްލައަށް މީހުންނަށްގުޅައިގެން ސިޓީ ހޯދުމަށްމަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވޭ

 6. މަރީ

  ތިހަމަ ރައީސް ޔާމީން އުފަށްދަވާ ޕާޓީއަކަށް ވީމް ސަރީފް މެން ކުޅޭ ކުލިވަރެއް. ކުރިއަށް އޮތީ މަޖިލީސް އިންތިހާބް އިތުރަށް އިލެކްސަން ކޮމިސަނަށް ރައްޔިތުންކުރާ އިތުބާރު އަމިއްލަ އަށް ގެއްލުވާލުން ފަދަ ކަމެއް ތިކުރަށްވަނީ. ހަގީގަތަކީ 4000 ފޯމް ފުރާލަން އެއީއެއްވެސް ކަމެއްނޫންކަން.

 7. ޢަބްދުއްލަތީފު

  މައްސަލަ ނެތަސް ހުންނާނެއެވެ. މިބުނީ ބައިވަރު ވާހަކަ. ހަޖަމު ކޮށްލާ.

 8. ޖޮއްބެ

  ތިޔަފޯމުތަކުގެ ވެރިން ތިމަރަ ތަލަސަރީފުގެ ކުރިމައްޗަށް ގޮސް މިއޮތީ ތިމަންނަގެ ފޯމޭ ބުންޏަސް އެކަލޭގެ ގަބޫލު ނުކުރާނެއެވެ.

 9. ދުންދަނޑި

  ތީ ފުކެއް ބޮޑުވަރު

 10. ޖުހާ

  ޒާތީ ވިއަސް ބޮޑުވަރު. ރައީސް ޔާމީނަށްޓަކައި ފަހުރުވެރިވަން. މުޅި މާލެއްމަށް ބަލާލިއަސް މިކަމަށް ހެކިވާނެ.

 11. ރާއްޖެ އިސްލާމް

  އީސީއަށް ހުށަހަޅާ އެއްޗެއްގަ މައްސަލައެއް ހުރިތޯ ބަލާނީ އީސީއިން އެއީ އެމީހުންގެ މަސްޢޫލިއްޔަތެއް އެހެންނަމަވެސް 3000 ފޯރމެއް ދާދިފަހުން ހުށަހެޅި ޕާރޓީގެ ފޯރމްތަށް ހަމަ ވަރައްލޮދިކޮއް ހިނގައްޖެ ނިމިގެން މައްސަލައެއް ނެތް މައްސަލަ އެއް ހުށަހޅާނެ މީހަކުވެސް ނެތީކަންނޭގެ.

  މިހާރު ތިވާހޮތުން ފޯރމްފު ރަންދާންވީ އިލެކްޝަނަށް. މީދެން ބިރުގަތަށް ބޮޑުވަރު

 12. ޢަހަންމާ

  ޢާން. ވޓ ވގ ޝަރީފުއަށް ޕީ.އެން.ސީ ގެ ފޯމްތަކުން ވަރަށް މައްސަލަ ފެންނާނެ. ޙިރަފުންކޮޅެއް އިނަސް ފޯމު ބާޠިލް ކިރާނެ. ތިމަރައިން ނަކީ ފައިސާ އެޅި ކޮޅަކަށް ބަރުޖަހާ ބަޔެއް. މަކަރާއި ޚީލަތް ހެދުމުގަވެސް މިހާ ކުޅަދާނަ ބަޔަކު ނޫޅޭނެ.

 13. عبدالله

  ޕާޓިތަކުގެ ފޯމުތައް ބަލައި، ޗެކުކުރުމުގައި އީސީގެ ފަރާތުން ޢަމަލު ކުރަމުންދާ ގޮތުގެ މަޢުލޫމާތު ޕާޓީތަކާއި ޙިއްޞާ ކުރެއްވުމުން ޝައްކުތައް މަދު ކުރެވޭނެއެވެ.