މޯލްޑިވްސް ޑިމޮކްރެޓްސް ޕާޓީ، އެމްޓީޑީގެ ރައީސަކު ހުރި ކަމެއް އަދި އެނގިފައި ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ކުރީގެ ނައިބު ރައީސް އަދީބު އިސްކޮށް ހުނަނަވައިގެން އުފެއްދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގައި ރައީސެއް ހުންނަ ކަމެއް އިލެކްޝަންސް ކޮމިޝަނަކަށް ނޭނގޭ ކަމަށް އެކޮމިޝަނުން މިއަދު ބުނެފިއެވެ.

"އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ޖަލު ހުކުމެއްގައި ހުރި މީހަކަށް ޕާޓީއެއްގެ އިސް މަގާމެއްގައި ނުހުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

"ހުކުމެއްގައި ހުރި މީހަކަށް ޕާޓީއެއްގެ އިސް މަގާމެއްގައި ނުހުރެވޭނެ ކަން ޕެރޯލް ގާނޫނުގައި ވަރަށް ސާފުކޮށް ބުނެފައި އެބައޮތް , މީގެ އިތުރުން އެމްޓީޑީ އިން އަދި ރަސްމީ ސިފައެއްގައި ނެތް މިއޮނި މީހަކު އެ ޕާޓީގެ ރައީސް ކަމަށް އައްޔަން ކުރި ކަމަށް އަންގާފަ " ޝަރީފް ވިދާޅުވިއެވެ.<

އެމްޓީޑީގެ ރައީސްގެ މަގާމަށް އެ ޕާޓީން ހަމަޖައްސާފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ.

އެމްޓީޑީ އިން މިއަދު ބުނެފައިވަނީ ރަޖިސްޓްރީ ކުރެވިފައިވާ ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން، ސިޔާސީ ޕާޓީތަކުގެ ޤާނުނުގެ ދަށުން، އެމްޓީޑީގެ އަސާސީ ޤަވާއިދާ އެއްގޮތަށް އިންތިޤާލީ ރައީސްއެއް ކަނޑައެޅުމުގެ ޙައްޤު އެޕާޓީއަށް ލިބިގެންވާކަމުގައެވެ.

"ރަޖިސްޓްރީ ކުރެވިފައިވާ ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން އެމްޓީޑީގެ އަސާސީ ޤަވާއިދާ އެއްގޮތަށް، އިންތިޤާލީ ރައީސްއެއް ކަނޑައެޅުމުގެ ޙައްޤު އެމްޓީޑީ އަށް ލިބިގެންވޭ." އެޕާޓީން ބުނެފައިވެއެވެ.

މީގެއިތުރުންވެސް، އެމްޓީޑީ އިން ބުނެފައިވަނީ މި މަރުހަލާގައި އިލެކްޝަންސް ކޮމިޝަނަށް އެއްވެސް ހުރަހެއް ނޭޅޭނެކަމަށެވެ.

އެޕާޓީ އިން އިލެކްޝަންސް ކޮމިޝަން ސިޔާސީ ނުވުމަށް ގޮވާލާފައިވާއިރު، އަދީބަށް ވަނީ ތިން މައްސަލަތަކެއްގައި 33 އަހަރުގެ ޖަލު ހުކުމްތަކެއް އިއްވާފަ އެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައިވާ 30 އަށް ވުރެ ގިނަ މައްސަލަ ކްރިމިނަލް ކޯޓުގައި މިހާރު ވެސް އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބުރޯ

    މީހަކު ވަގުތީގޮތުން އައްޔަން ކުރުމުގެ ހައްގު އޮތަސް ކުއްވެރިޔަކަށް އެމަގާމް ނުފުރޭނޭ ކަމަށް ގާނޫނެއްގަ ބަޔާންވެފާ އޮތްނަމަ އެމަގާމަށް ކުއްވެރިޔަކު އައްޔަން ކޮށްފިނަމަ އެކުރެވެނީ ސިޔާސީޕާޓީތަކުގެ ގާނޫނުގަ ޕާޓީ އުވާލެވިދާނެކަމަށް ބުނާފަދަ ކުށެއް

  2. ނޫރާ

    ގައިމު ވަގު ނަޝީދު ޖަލުގަ އޮތްއިރު އޭތި ހުރީ އެމްޑޕީ ރައީސަކަށް

  3. ރަައްޔިތު މީހާ

    މިދިޔަ ރިޔާސީ އިންރިހާބުގައި ވޯޓުން ވައްކަން ކުރި ވަގަކު ޢީސީ ގެ ރައީސް އަކަށް ހުރި ކަން އިނގޭތަ ؟؟؟؟؟؟؟

  4. ޖޮއްބެ

    ވޯޓުން ވައްކަންކޮށްގެން ވެރިކަމެއް ވަގަށް ނެގުނު ކަމެއްވެސް ނޭނގޭދޯ.