މުސްލިމު 58 ގައުމު ހިމެނޭހެން އެކުލަވާލާފައިވާ އިސްލާމީ އެންމެ ބޮޑު ޖަމްއިއްޔާ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓްރީ ޖެނަރަލްގެ ހާއްސަ އެޑްވައިޒަރަކަށްވުމަށް އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ހުށަހަޅުއްވި ހުށަހެޅުން ގަބޫލުފުޅުކުރައްވައި، އެ މަގާމާއި ހަވާލުވެލެއްވުމަށް ޑރ.ޝަހީމް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފިއެވެ.

ޑރ. ޝަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތީ މިއަދުގެ ވަގުތެއްގައެވެ.

ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ކުރިން ޑރ. ޝަހީމް ފޭސްބުކް މެދުވެރިކޮށް ފޮޓޯއަކާއިއެކު ހިއްސާކުރައްވާފައި ވަނީ، ދުރުގައި ހުއްޓަސް ޖާނާއި ހިތާއި ރޫހު ވަނީ ދިވެހިރާއްޖެއާއިއެކުގައި ކަމަށެވެ. އަދި މަދުމަދުން ރާއްޖެއަށް ވަޑައިގަންނަވާނެ ކަަމަށްވެސް ވިދާޅުވިއެވެ.

"އިސްލާމީ ދައުވަތާއި، ދީނީ ހޭލުންތެރިކުރުމާއި، އިލްމީ އެކި ފޯރަމްތަކުގައި ބައިވެރިވުމަށް ދިވެހި ޒުވާނުންނާއި، ރައްޔިތުންގެ ފަރާތުން ލިބޭ ދައުވަތުތަކަށް އިޖާބަދެއްވާނަމެވެ". ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމްެެއަކީ ރާއްޖެވެސް ހިމެނޭ އޯއައިސީ އާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ފަރާތެކެވެ، އެ ޖަމްޢިއްޔާގެ މައި އިދާރާ ހުންނަނީ ޖިއްދާގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޢަލީ

  މާސާAllah

 2. އިބުނި ޢަލީ!

  މަރްޙަބާ ޝަހީމް! ޔާމީނުގެ ރަނިންމޭޓު ކަމުން ލިބިވަޑައިގެންނެވި ތަޖުރިބާއިން އެއަށް ވުރެ މާމަތީމަޤާމަކަށް ޕްރޮމޯޓު ވުމަކީ ދިވެހިޤައުމަށްވެސް ލިބުނު ފަޚްރެކެވެ. ތި ލިބިވަޑައިގެންނެވި މަތިވެރި މަޤާމުގެ އުފާ ޤައުމުވެސް ދަނީ ކުރަމުންނެވެ. ﷲ ތިބާއަށް ހެޔޮވިސްނުން ދެއްވައި، ކާމިޔާބު ތައް އިތުރު ކޮށްދެއްވާށި އާމީން!

 3. އަލްޖިބްރާ

  ބަލިވީމަ އަވަހަށް ފިލީ !

  • Anonymous

   އެއީ މޮޅުވުން ...