ރާއްޖޭގައި ހުންނަވާ ސްވެޑެންގެ އޮނަރަރީ ކޮންސުލްގެ މަގާމަށް މަޝްހޫރު ޓީވީ ޕްރެޒެންޓާ މަރިޔަމް ވަހީދާ ހަމަޖައްސައިފިއެވެ.

އޭނާ މި މަގާމަށް ހަމަޖައްސެވުމާއި ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާޙިދުއާއި ބައްދަލުކުރެއްވިއެވެ. އަދި އެ ބައްދަލު ކުރެއްވުމުގައި އެ މަގާމުގެ ޒިންމާތަކާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރާނެ ގޮތާމެދު މަޝްވަރާ ކުރައްވާފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

މަރިޔަމް ވަހީދާ މިވަގުތު ގެންދަވަނީ ޕަބްލިކް ސާރވިސް މީޑިޔާގެ ބޯޑް މެންބަރެއްގެ މަގާމުވެސް އަދާކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަނު

    މީ 16 އަހަރުގެ ކުއްޖެއް.