މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ޝަރުއީ ދާއިރާއާ ބެހޭގޮތުން ދައްކާފައިވާ ވާހަކަތަކުގެ ހަގީގަތް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އެކުލަވާލި ކޮމިޓީގެ ރައީސްއަކަށް ޖޭއެސްސީގެ މެންބަރު އަދި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު އައްޔަންކުރައްވައިފިއެވެ.
އެ ކޮމެޓީގެ ރައީސްއަކަށް ރިފްއަތު އައްޔަންކޮށްފައިވާކަން ޖޭއެސްސީން މިއަދު ވަނީ ވިދާޅުވެފައެވެ. އެކަމާއި ގުޅޭގޮތުން ޖޭއެސްސީން ނެރުނު ބަޔާނެއްގަައި ވިދާޅުވެފައި ވަނީ، ސުއޫދުގެ މައްސަލަ ބަލާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބޭއްވި ކަމަށާއި، އެ ބައްދަލުވުމުގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ރައީސް ސުއޫދު ކަންތައްތަކުގެ ހަގީގަތް ހޯދުމަށްޓކައި ގުޅުންހުރި ފަރާތްތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި އެކަންކަމުގެ މައުލޫމާތާއި އަދި ގުޅުންހުރި ހެކިތަކުގެ މައުލޫމާތު ހޯދުމަށް ކޮމިޓީން ނިންމި ކަމަށެވެ.
އަދި ސުއޫދުގެ ފަރާތުން ފޯރުކޮށްދެވެން ހުރި މައުލޫމާތާއި ހެކި ހިއްސާކޮށްދެއްވުމަށް ދެންނެވުމަށްވެސް ވަނީ ނިންމާފައެވެ. އަދި މީގެ އިތުރުން، ދައުލަތުގެ ތަހުގީގީ އިދާރާތަކުންނާއި އެހެނިހެން ފަރާތްތަކުން މައުލޫމާތު ހޯދުމަށްވެސް މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާކަމަށް ވިދާޅުވިއެވެ.
މިދިޔަ ޑިސެންބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވިދާޅުވީ، ރާއްޖޭގެ ބައެއް ކޯޓުތަކުގައި ތިއްބަވާ ފަނޑިޔާރުންގެ ހިމާޔަތުގައި ބައެއް ގޭންގުތަކުން ހަރަކާތްތެރިވެފައިވާކަމަށެވެ. އަދި ބައެއް ކޯޓުތަކަށް ގޭންގުތަކުން ބޭނުންވާ މީހުންވެސް އައްޔަން ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ސުއޫދު ދެއްކެވި އެ ވާހަކަތައް ސްޕްރީމް ކޯޓާއި، ޑީޖޭއޭ އަދި ކްރިމިނަލް ކޯޓުން ކުށްވެރި ކުރިއެވެ.
ތިޔަ ރިފްޢަތު ލައިގެން ތިކަން ވާނެބާ؟
ނުބައި ހީކުރުންތަކާއި ޝައްކާއި ވަހުމްތައް،
ދެން މި މައްސަލަ ނިމޭނެގޮތެއް ވިސްނާލީމަ އެނގޭނެ ކުޑަ ކުއްޖަކަށްވެސް. ޙުނޫނު ސޫދީގޭ އަކީ ސަރުކާރު ކޮޅުގަހުރި މީހެއް. މައްސަލަބަލާ ކޮމިޝަންގެ ރައީސް އަކީވެސް ސަރުކާރު. ވަރަށް ސާފުދޯ ވާނެ ގޮތް. މީ ޔަހޫދީން އެކިޔާ އިންސާފަކީ.
ގޯސްގޯސް މުޅިންގޯސް ރޯގޯސް ބޯގޯސް ސިޔާސީ މީހުންގެ މައްސަލަބަލަން ސިޔާސީ މީހުން އައްޔަންކުރުމަކީ ގަބޫލުކުރެވޭނެކަމެއްނޫން އެއިރުން ތިވާނީ ހަމަ ނަމުން ކޮމެޓީއަކަށް ކަމުން ފީކުދާނަށް
ސުއޫދު ބުންޏަސް ތެދުވާނީތެދަށް ތި ފަނޑިޔާރުމް ތެރޭ ރިޝްވަތުގެ ކަޅުފައިސާގަ ނުހިފާކަމާށް ހަތިމުގަ އަތްލައި ހުވާކުރަން ކެރޭނެ އެއް ބކރ ވެސް ނޫޅޭނެ މީ ޔަގީން ކަމެއް.
ތި ރިއްފަތަކީ މ.ޑ.ޕ ގެ ބޮޑެއް. އިންސާފަކަށް އެއްވެސް ކަމެއް ނުކުރާނެ. އެމީހުން ބޭނުން ގޮތަކަށް ކަންކްން ނިންމާނީ.
ތިޔަކޮމެޓީގެ ރައީސަކަށް ރ ނަޝީދު ލިނަމަ. މާރަނގަޅު ވީސް.
މޑޕ ނުދަންނަމީހަކު އުޑުގަހުރި ކެތިވެސް
ނުދަންނާނެއެވެ މޑޕ އަކީ ނުތާހިރު މޑޕ އެވެ މަކަރުވެރި ހީލަތްތެރި މޑޕ އެވެ
ކިހާ ބޮޑުވެއްޖެ ކަމެއް. މި ގައުމުގަ ކުރަން އޮތް އެއްވެސް ކަމެއް ނެތީތަ ސަމާސާ ކޮށްލަ ކޮށްލާ ކަލޭމެން ތި ތިބެނީ. ބޮޑު އުނދަގުލެއްނު.
ތިޔަށްވުރެ ތިކޮމިޓީގެ ރައީސްއަކަށް ހުސްނު ސޫދު ބޭންދިނަމަ.