ކުރިއަށް އޮތް 19 ވަނަ މަޖިލީހުގައި ވައްކަން ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނ.ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވާދަކުރާ އަހުމަދު އީސާގެ ކެމްޕެއިން ލޯންޗްކުރުމަށް ކުޑަފަރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ އީސައާއެކު އެމަނިކުފާނުވެސް މަޖިލީހުގައި އިންނަވާނެ ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހަށް އިތުބާރު ކުރައްވަން ޖެހޭ ކަމަށާއި، އެ މަޖިލީހުން ވައްކަން ނުކުރޭވެނެ ކަމަށެވެ.

"އިތުބާރު ކުރައްވާ ޔަގީން ކުރައްވާ، އެ މަޖިލީހަކު ވައްކަމެއް ނުކުރެވޭނެ. އަޅުގަނޑު ހުންނާނަން ގާތުގައި. އިތުބާރު ކުރައްވާ ގަބޫލުފުޅު ކުރައްވާ، އެ މަޖިލީހަކު ވޯޓެއް ނުވިއްކޭނެ. އަޅުގަނޑު ހުންނާނަން ގާތުގައި" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް މަޖިލީހުގައި މެމްބަރުން ވޯޓު ދިނުމުގައި ބަރޯސާވާނީ ރައްޔިތުންގެ އުއްމީދުތަކާއި ޝަކުވާތަކާއި އެދުންތަކަށް ކަމަށެވެ. އަދި އެ މަޖިލިސް އެހެން ގޮތަކަށް ބީވެގެންނުދާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ނަޝީދު ވިދާޅުވެފައިވާ ގޮތަށް، ޕާޓީ ބަދަލު ކުރުމާ ދެކޮޅަށް މިއަދުގެ ވާހަކައިގައިވެސް އޭނާ ވަނީ ވާހަކަ ދައްކަވާފައެވެ. އޭގެ އިތުރުން ނަޝީދު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހަރު އަޑުން ގޮވަމުންދަނީ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް އަގުލަބިއްޔަތު ދިނުމަށް ކަމަށާއި، އެކަން އެންމެ ރަނގަޅަށް އެނގޭނެ ބަޔަކީ ނ.އަތޮޅުގެ ރައްޔިތުންނަށް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ރަައްޔިތު މީހާ

    މީނަ ބުނެފިއްޔާ އެކަމެއް ވާނީ އަބަދުވެސް އޮކޮޅު ކޮޮޅަށް
    މިފަހަރު މަޖުލީހަށް މޑޕ ނ މޯލްޑިވިއްން ޑިމޮކޮރޮޓިކް ޕޯރން ހަބުގެ ފަރާތުން އައްޔަން ކުރެވިގެން ދާނީ ހުސް ވަގުން މާމުލު ވަގަކަށް ހުރޭ ކަލޭ

  2. ބިއާއި

    ދެން ރާއްޖޭގައި ވަގަކު ނުހުންނާނެ

  3. ބެއްޔާ

    ވައްކަމެއް ނުކުރެވޭނެ. އެތާކު ނުހުންނާނެ ވަގަށް ނަގާކަށް އެއްޗެއް. ޔަގީނުންވެސް އެނގޭ ކަމަކީ އެމްޑީޕީއަށް މެޖޯރިޓީ ނުލިބިއްޖެނަމަ ރިޝްވަތުދިނުމާއި ހިފުން 19ވަނަ މަޖްލިސް ރެކޯޑްހަދާނެކަން. "ވައްކަން" ޝިޔާރަކަށް ހަދައިގެން ރައްޔިތުން ހައްދާނެކަމެއްނެތް. 19ވަނަ މަޖްލިހަށް ހޮވޭ ކުރީގެ ރައީސެއްގެ ސަބަބުން ރައްޔިތުންގެ އަގީދާއަށް މިފަހަރު ކުޅި ދައްކާލާނެ. އިބުރާމެން އެކުރަނީ އެކަމުގެ ކަންތައްގަނޑު. މިމީހާ މަޖްލިހަށް ހޮވިއްޖެނަމަ އެއީ މަޖްލިހުގެ ދާދާ. ރައީސްގެ ގޮނޑިކޮޅަށް ކުޑަކަމުވެސްދާނެ.

  4. ބުރޯ

    3 ތަޅާ 2 ތަޅުދަނޑި ވަގަށް ނަގައިގެން އަރުވާލިމީހު މަޖިލީހަށް ވައްދައިފި ނަމަ މަޖިލީހުގެ އަލަމާތި ތަޅުތައް ވަގަށް ނަގާފާނެ.

  5. މިހެން ބުނެވޭނެތަ ؟

    މިވެރިކަމުގައި މީހަކު މަރާނުލާނެ، އަދި ކޮރަޕްޝަނެއް ވައްކަމެއް ނުހިނގާނެ،

  6. ކކ

    ކީއްވެ ވައްކަން ނުކުރެވެންވީ..ދެން މަޖުލިސް ގަ ތިބޭނީ ރޮބަޓުންތަ

  7. ޓަވަރު

    ތެދުފުޅެއް. ވައްކަމެއް ނުކުރާނެ ގައުމު ދަވާލާނީ!

  8. އަހްމަދު

    ބަލަ އަންނީ ތިބޭޅާއޭ މަޖިލިސްތެރޭގައި ރިސްވަތުގެ މުޑުދާރު ޢަމަލުހިންގަންފެެށީ ކަރާބޭފުޅާއައް ހަދިޔާދެއްވައިގެން އެމްޑީޕީއައް ސޮއެކުރެއްވީ މިހާރު ދެންކޮންވާހަކައެއްދައްކާކައްތަ

  9. ކެރަފާ

    ވަގުންގެ ވެރިކަންވެސް މިފަހަރު ނިމޭނެ ބޮޑުވަގު ބުނެފިއްޔާ ދުވާލުވެސް ރޭގަނޑަށް ބަދަލުވެދާނެ މިހިރީވާ ޖާހިލެއް.

  10. ހުސޭނު

    ވަގުން ބުނާނީ ވައްކަމެއް ކުރިޔަކަނުދޭނަމޭ، މީގެ ކުރިންވެސް ނަސީދުވަނީ ވައްކަން ކޮފަ

  11. ރާފު

    ބޮޑު ވަގު އުޅޭ ތަނެއްގައި ވައްކަން ނޯވެދާނެތަ؟ ތޮއްޑޫ މަޖިލިސް ކަރާ އޭރު ބޮޑު ވަގު ގަތީ ކިހާވަރަކަށް؟ އިމްރާން ބުނީ ބޮޑު ވަގު ފައިސާ ހޯދަނީ ހުޅަގު ފާދިރީންނާއެކު ފިރިހެން ކުޅި ކުޅެގެންކަމަށް.

  12. ހިމާރުލް ޤައުމު

    ރައީސްނަޝީދުވެސް މިހާރު ބޭކާރުއަނގަ ތަޅުއްވަނީ. ޢެއްވެސް އިރެއްގައި މަޖިލީހުން މީހުން ވައްކަން ކުރިވާހަކަ ނާހަން. ތިޔަތަނަކީ މެންބަރުނަ ފުނޑާލިޔަސް ކުށްވެރިވާ ތަނެއްވެސް ނޫން. ޢެންމެ ދުވަހަކުނަމަވެސް އަނގަމަޑުން ލައިގެން ހިމޭނުން ނުންނެވޭތޯ ބައްލަވާ.

  13. ހެހެ

    އެމްޑީޕީން ހަރާން ފައިސާއިން މަޖިލިސް ގަނެވިއްކަން މަސައްކަތްކުރީ މީގެކުރިންވެސް؟ ރަނގަޅުވާހަކައެއް އެމީހުނަށް އަގްލަބިއްޔަތު އޮތިއްޔާ ދެން ގަނެވިއްކަން ޖެހޭ ސަބަބެއް ނޯންނާނެ

  14. ޑިމޮކްރަސީ

    ނައިބު ރައީސް ޖަމީލުގެ އިތުބާރު ނެތްކަމަށް އެމް.ޑީ.ޕީ މެމްބަރުންގެ ވޯޓް ގަންނަން ' ނަޝީދު ގޭބަންދުގައި ހުއްޓާ އަދީބު ފައިސާ ހަވާލު ނުކުރޭތަ؟ އެފައިސާ މެމްބަރުންނަށްބަހާ އަދީބު ބޭނުންވި ގޮތަށް ވޯޓު ނުދޭތަ؟ މީހަކު މާގިނައިން ވައްކަމޭ ކަރެޕްޝަނޭ ކިޔާކަމަށް ވަންޏާ ގިނަފަހަރަށް އެހެންކިޔާމީހާ ވާނީ ބޮޑު ވަގަކަށް. ޢަދި ކަރެޕްޝަންގެ މުގުލަށް. މިހާތަނަށް ރާއްޖޭގެ ރައްޔަތުންނަށް ރަގަޅު ކަމެއް ނަޝިދު ކޮށްދީފައި ނެތް ރާއްޖެ އިންޑިޔާއަށް އަޅުވެތިކުރި. ޢެއީ މިހާތަނަށް ރާއްޖޭގައި ހިންގާފަވާ އެއްމެ ބޮޑު ޚިޔާނާތް.