ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް އެއްވެސް ފަރާތެއް ނުރުހުމުގައި ވައްދާފައި ނުވާނެ ކަމަށާއި ޕާޓީއަށް މެންބަރުން ގުޅެމުންދަނީ ހިތުން ރުހުމުން ކަމަށް ޕީއެންސީ އުފެއްދުމަށް އިލެކްޝަން އިން ހުއްދަ ދިން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީއިން 4،000 އަށްވުރެ ގިނަ މެންބަރޝިޕް ފޯމް އިލެކްޝަންއަށް ހުށަހެޅުމާއި އެކު އެފޯމްތަކާއި ގުޅިގެން ޝަކުވާ އަންނަ ކަމަށް އިލެކްޝަންއިން މިއަދު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަވާ މިރޭ ކުރެއްވި ޓްވީޓެއްގައި އަދުރޭ ވިދާޅުވީ، އެއްވެސް މީހެއްގެ ނުރުހުމުގައި އެޕާޓީއަށް ސޮއިކުރެވިފައި ނުވާނެ ކަމަށާއި، މީހުންނަށް ނޭނގި، އެމީހުންގެ ނަމުގައި ފޯމް ފުރުވާފައިވެސް ނުވާނެ ކަމަށެވެ.
Ehves meehehge nuruhumugai PNC ah ehves meehaku lahvaa soi kuruvaafa eh nuvaane.adhi meehunnah neygi emeehunge namugai form furaafa ehves nuvaane. PNC ah form furuhvi beyfulhun Ekan kurahvaafai vanee hithun ruhumun PNC aa gulhen beynunvegen @VaguthuOnline @Ch13official @avasmv
— Abdul Raheem Abdulla (@Banafsaa) January 10, 2019
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަން ކޮމިޝަނަރ އަޙްމަދު ޝަރީފް ވިދާޅުވީ، ފޯމްތަކާ ގުޅިގެން ގިނަ ބަޔަކު ޝަކުވާ ހުށަހަޅަމުން އަންނަ ކަމަށާ, އެ މައްސަލަތައް ބަލަމުން އަންނަ ކަމަށެވެ.
"ޕީއެންސީގެ ފޯމްތައް ހުށަހެޅުމާއެކުގައި ވަރަށް ބައިވަރު ފޯނުކޯލާއި ވަރަށް ބައިވަރު ޝަކުވާތައް ލިޔުމުގެ ޒަރިއްޔާއިންނާއި އެހެން ގޮތް ގޮތަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅެމުން އެބަދޭ، ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެ ބޭފުޅުންގެ ހުއްދައެއް އަދި ކޮންސަލްޓު ކުރުމެއް ނެތި އެ ބޭފުޅުންގެ ނަމުގައި ފޯމް ފުރާފައިވާ ކަމަށް ތިމަންނަގެ ނަން ފޯމްތަކުގައި އޮތްތޯ ޗެކްކޮށްލަދޭން އެބަ ބުނޭ،" ޝަރީފް ވިދާޅުވި އެވެ.
ޕީއެންސީ އުފެއްދުމުގެ ހުއްދަ އީސީން ދީފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހެވެ.
ފަރެސްމާތޮޑާ ގައއި އެބަ ތިބި ބައިވަރު. ހިތާ ހިތުގެ ގުޅުން ރައިސް ޔާމީން އާއި އެކު ވީ ހާލެއްގަ ވިޔަސް ، ވާ އެއްޗެއް ވާން ވިޔަސް ، ހިތާ ހިތުގެ ގުޅުން އޮތް ވާހަކަ ބުނެލަން
ޝަރީފުއަށް ހަޖަމުނުވާނެކަން އިނގޭ ތިފޯރމް ހުށަހެޅިއިރުވެސް
ހާދަ މަދޭ ވަންނަ މީހުން.
އޮޅުވާލައިގެން މީހުން ވައްދާހެން ، އޮޅުވާނުލާ މީހުން ވައްދާއިރު ތަފާތެއް ހުންނާނެ.
އަދި އެންމެ 4000 ހާސް ފޯމުން އީސީއާއި އެމްޑީޕީ މޭކެރިވަރު ތިޔޮއް ފެންނަނީ.
އީސީ ޝަރީފޫ... ޙަޖަމް. ޙަޖަމް ޕްލީޒް... އަދި ތިޔަ 4000 ފޯމަކީ އަޅުގަނޑުމެންގެ ފޯމާއި ނުލައި ހުށަހެޅިވަރު.. އަދި އަޅުގަނޑުމެންވެސް މިތިބީ ރައީސް ޔާމީންގެ ޕާޓީއަށް ވިއްޔާ ހަމަ ހިތުން ރުހުމުން ފޯމް ފުރަން ތައްޔާރަށް.
ޝަރީފޫ ފޯންކުރަނީ ކާކުކަން އެނގޭތަ؟ ޕީ.އެން.ސީ އޭ ކިޔައިގެން ފޯންކުރާ މީހާ އެއީ ބުނާނަމަކީ ހަމަ އެމީހާގެ ނަންތޯ ކަށަވަރު ނުކޮށް ތިޒާތުގެ ވާހަކަ ދައްކާކަން ނުވާނެދޯ؟ އީސީ ޝަރީފް އަށް ފޭކް ކޯލް އައިސްދާނެކަން ނޭނގުނީތީ ވަރަށް ހިތާމަ ކުރަން. ފޭކް ރައީސުން އިނތިހާބްވާ ޒަމާނެއްގައި ކޮންމެ ފަދަ މީހަކުވެސް ގުޅާފަ މަމީ އީސީ ޝަރީފްގެ އަންހެނުންނޭ ބުނީމާ މަމެންވެސް ވީތަ ޤަބޫލުކުރަން. މިޒާމާނުގެ ފޯން ކޯލުން ނަމާއި ފިންގަރ ޕްރިންޓާއި އަދި އައިޑީ ކާޑް ނަންބަރު ކަށަވަރު ކުރެވިދާނެތޯ ސުވާލު އެފެދޭ.
އީސީ ޝަރީފޫ ޓީމް ވަނީ ދުނިޔެއިން މޮޔަވެފައި، އެމްޑީޕީ ކޯލިޝަނުން ވެރިކަން ފޭރަން ރިޝްވަތު ލާރިގަނޑު ކާންދިން ގިނަކަމުން ގޮހޮރު ފުރިގެން ފަޅައިގެންދަނީ، ރ.ޔާމީނު ޕާޓީ ޕީއެންސީ ހިންގިޔަނުދޭން ފާޅުގައި ހުރަސްއަޅަމުން އެދަނީ، ޖައްބާރުވަގުން
އީ ސީ ސަރީފޫ ހަޖަމުކޮށް ބަލަ
ބަލަގަ އީސީ ޝަރީފޫ ވޯޓް އޮޅުވާލި ދުވަހު މައްސަލަ ޖެއްސި އިރު ތި ނަޒާހަތް ތެރި ކޮމިޝަން ކޮބާ. މިއަދު މާވަރަކށް ތިމައްސަލަބަލަނީ....އެވެސް ޕާޓީގެ މައްސަލަ ރައްޔިތުންގެ މަސްލަހަތަށް ނުބަލާ....
ހިތުން ރުހުމަކުން ނުން
މާނައަކީ މަޖިލިސްއިންތިޚާބުގައި އެދެޕާޓީންކުރެ އެއްޕާޓީއެއްގެ މީހަކުވާދަކުރާނެހާވަގުތުއޮއްވާ ތިޔަފޯމުތައް ަބަލާނުނިމޭނެއޭތޯ؟ އަދިވެސް ޤައުމާމެދު ވިސްނާލާނެވަގުތެއްނުލިބޭތޯ؟
ތިބަހަނާ ނުދައްކާ ޝަރީފް ބުނަންވީނު ޕީޕީ އެމްގައި ރަޖިސްޓްރީވި އެއްވެސްމީހަކަށް އިތުރުޕާޓީއެއް ނުއުފެއްދޭނެޔެ އަދީ އެޕާޓީން ވަކިވެސް ނުވެވޭނެކަމަށް