ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ތިލަފުއްޓާއި، ގުޅީފަޅާއި، ވިލިގިއްޔާއި، މާލެ އަދި ހުޅުމާލެ ގުލާލުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހުސައިން މުނައްވަރުގެ މަޖިލީސް ޕްރައިމަރީ ކެމްޕޭން ފެއްޓެވުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، މިއަދު މާލޭގެ އެންމެ ބޮޑު އެއް ބޭނުމަކީ ބޯހިޔާވަހިކަން ކަމަށާއި، އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެސް ވައުދެއް ކަމަށް ވާއިރު، އެ ވައުދު ރަނުން ރަނަށް އަކުރުން އަކުރަށް ފުއްދައިދެއްްވާނެކަމަށެވެ.

"ވެށިފަހި މާލޭގެ ޕްރޮގްރާމަކީ މާލޭގެ ބިންކޮޅެއް އޮވެމެ ނުވަތަ މާލޭގެ ރައްޔިތަކަށްވެހުރެމެ ދިރިއުޅޭނެ ތަނެއް ނެތި ބިކަ ހާލުގައި އުޅެމުން އަންނަ ރައްޔިތުންނަށް ގޮތެއް ހޯދާދިނުމަށް އެކުލަވާލެވުނު މަޝްރޫއެއް. އޭގައި ވިސްނިފައި އޮތީ ތިލަފުއްޓާއި، ގުޅީފަޅާއި، ވިލިގިއްޔާއި، މާލެ އަދި ހުޅުމާލެ ގުލާލުމަށް. އަދި އަޅުގަނޑުމެންނަށް ފެންނަށް ފެނުމުގައި ކަޅިއްސުރެ ގިރާވަރު ކަނޑާއި ހަމައަށް ގުލާލެވޭ މަގެއްގައި މި މާލޭގެ ރައްޔިތުންގެ އަދި މި މާލޭގެ ތޮށްޖެހުން ފިލުވޭނެ" ނަޝީދު ވިދާޅުވިއެވެ.

މާލޭގެ ތޮށްޖެހުން ފިލުވުމުން ރާއްޖޭގެ ކުދިކުދި ރަށްތަކުގައި މަޝްރޫއުތައް ހިންގަން ޖެހޭނެ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި މާލެ އިތުރަށް ތޮށްޖެއްސުމަކީ ތަރައްގީގެ މިސްރާބަކަށް ވެގެން ނުވާނެ ކަމަށާއި، އެމްޑީޕީގެ ޖަޒީރާ މެނިފެސްޓޯގައި ވެސް އޮތީ އެގޮތަށްކަމަށް ނަޝީދު ފާހަގަކުރެެއްވިއެވެ. ދިވެހި ސަރުކާރުގެ އަމާޒަކަށް ވާން ޖެހޭނީ ކުދި ރަށްތައްވެސް ތަރައްގީ ކުރުން ކަމަށްވެސް ނަޝިދު ވިދާޅުވިއެވެ.

"އެމްޑީޕީގެ އަމާޒަކީ މުޅި ރާއްޖޭގެ ތަރައްގީ ހޯދުން. އަދި އެއާއެކު މާލެ ރައްޔިތުންގެވެސް އާއްމު ހާލަތު ރަނގަޅުވެ ދިއުން"، ނަޝީދު ވިދާޅުވިއެވެ.

ނަޝިދު ވިދާޅުވީ، ރާއްޖޭގެ މުއްސަނދިކަމާއި ވަސީލަތްތައް ދިވެހިންގެ ފައިދާއަށް ބޭނުން ކުރަން ފެށުނީމާ ދިވެހިން ތިބޭނީ ފުދިގެން ކަމަށެވެ. އަދި ރާއްޖެއަކީ މިއަދު ފަގީރު ރާއްޖެއެއް ނޫން ކަމަށާއި، ދުނިޔޭގެ ފަންތީގައިވެސް މެދު އާއްމުދަނީއެއް ލިބޭ ގައުމެއްކަމަށް ނަޝިދު ވިދާޅުވިއެވެ.

"ނިކަމެތި ގައުމުތަކުގެ ސަފުން ދިވެހިރާއްޖެ ވަނީ އަރާފައި. މިއަދު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ވެސް އަދި ރާއްޖޭގެ ރައްޔިތުންގެ ބޮލަކަށް ޖެހޭ ނިސްބަތް މިވަނީ މެދު ފަންތީގެ ގައުމުތަކުގެ ސަފުގައި" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދެވޭނެ ކަަމަށެވެ. އެމްޑީޕީ އުފެދި އަދި އެ ޕާޓީ ހިނގަމުން އަންނަނީ ރާއްޖޭގެ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށްޓަކައި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، މަޖިލީސް 19 ތަފާތު ވާނެ ކަމަށާއި، އެ މަޖިލީސް ސިއްރުވެރިއެއް ނުވާނެ ކަމަށެވެ. އަދި އެ މަޖިލީސްގެ މެންބަރުން މާލީ ބަޔާންވެސް ހުށަހަޅައި، ދައުލަތުގެ ފައިސާވެސް ބަލަަހައްޓާނެ ކަމަށެވެ. އަދި އެ މަޖިލީހުގެ މެންބަރުން ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ކަންކަން ބަލަހައްޓާނެކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބޭނެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވި ވައުދުތައް ފުއްދުމަށް ބޭނުންވާނެ އެއް ވަސީލަތަކީ މަޖިިލީހުގެ އަގުލަބިއްޔަތުކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

  1. ރަސީދު

    ނުދޭނަން ކިތައްމެ ވަރެއްކިރިޔަސް ވޯޓެއް

    • ޙައްގުބަސް

      ނުވެސް ކުރެވޭނެ އެވަރުގެ މަސައްކަތެއް!! އެކެޕޭސިޓީއާ އެފަދަކަމެއް ވަށާޖެހޭގޮތަށް ރާވާ ވިސްނުންތެރިކަމާއެކު ރަގަނޅަށް ކުރުމުގެ އެއްވެސް ގާބިލްކަމެއްވެސް ނުހުންނާނެ!! ވޯޓް ކައރިވާތީ ކިޔާ އެއްޗެހި މީ!! ރިޔާސީ އިންތިޚާބު ބޯމަތިވެގެން އުޅުނު ދުވަސްވަރު އިބޫ ސޯލިހާއި އެހެން މީހުންވެސް ނޭވާނުލާ ބައިވަރު ވަޢުދުތަކެއް ވިއެއްނު!! ހަމަ ނުކުރެވޭނެ މާބޮޑުކަމެއް!! ރާއްޖޭގެ އިގްތިސޯދުވެސް ކުރިއަރުވާކަށް ނޭގޭނެ!! ރައިސް ޔާމީނުގެ ހުރި ގާބިލްކަމެއް މިއިން އެއްވެސް ރޮގެއްގައި ނުހުންނާނެ!! އެކަން މިހާރު ދިވެހި ރައްޔިތުންނަށް އެގޭނެ!! މިއީ ވަރަށް ދެރަކޮށްވިކަމެއް މިފަސް އަހަރުގެ ދައިރު ރައިސް ޔާމީނަށް ރައްޔިތުން ނުދިނުން!! ދެން މަޖްލިސް ގޮނޑިކޮޅެއް ރައިސް ޔާމީންގެ ފަޅިން ބަޔަކަށް ރައްޔިތުން ދީފިނަމަ އަދިވެސް އެމަގުން ކަންކަން ކުރުމަށްޓަކައި ބާރު އެޅޭނެ!!

  2. ކޮތަރު އިމްރާނު

    މީނަ ކޮން ހައިސިއްޔަތަކުން މި ވައުދު ވަނީ؟ އަދިވެސް ހީވަނީތޯއްޗެ ރައީސަކީ ތިމަންނައޭ. އައްޗީޑި!

  3. ާތޯ

    ރަގަނޅު ވިސްނުމެއް

  4. ޖޮއްބެ

    ބުނާބަހާ ދިމާ އިދިކޮޅަށް ޢަމަލުކުރާ މީހެއްމިއީ. މިމީހުންގެ ވިސްނުންހުރިގޮތް އޮތީ ވަރަށް ރަނގަޅަށް ސާފުވެފަ އެއީ:- މަޖްލިހުގެ އަޣްލަބިއްޔަތު ހަމަ ލިބުމާއެކު މެންބަރުންނަށް ޕާޓީ ބަދަލު ނުކުރެވޭ ގޮތަށް (ކުރިންއޮތްގޮތަށް) ބަދަލުކުރުން. ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ހަދާ މިކަލޭގެ ބޮޑުވަޒީރަކަށް ވެ ސޯލިޙުގެ ބާރުކަނޑުވާލުން. އަދި މުޝްރިކުން ބޭނުންވާގޮތަށް އިސްލާމްދީނުގެ ބާރު ކަނޑުވާލާ ސެކިޔުލަރ އުޞޫލު ގާއިމުކުރުން. އޭރުން ހުރިހާ ދީނެއް މިގައުމުގައި އޮންނާނެ. އަދި އެ ދީންދީނުގެ އަޅުކަންކުރާ ތަންތަން ހުންނާނެ. ދެން އޮންނާނީ މީނާގެ ޚުދުމުޚުތާރު ވެރިކަމެވެ. އިދިކޮޅު ޕާޓީތަކާ، އިދިކޮޅު އަޑުތަށް ގަދަބާރުން ކަނޑުވާލާނެ. އެހައިރުން މީނާވާނީ އަނދިރިއަނދިރިން-2 އަށެވެ.

    • ސަަަަަަަަަަަަަަަަާަަަަާަާފަަާޒު

      މޮޔަވިިީތަާ

  5. ރަދުން

    ޝުކުރިއްޔާ ރައީސް ޔާމީން. މިގައުމުގެ ސިޔާސީންނަށް ތަރައްގީއޭ ކިޔާއެއްޗެއް ދަސްކޮށްދެއްވީތީ. ތަރައްގީނުކޮށް ދެންވެރިކަމަކު ނުތިބެވޭނެ. ރައްޔިތުންގެ ފުދުންތެރިކަން ބޮލަކަށް ޖެހޭމިންވަރު 10 ހާހަށް ހަދައިދިނީ ޔާމީނު.

    • Anonymous

      ރައްޔިތުންގެ ބޮލަކަށްޖެހޭ ދަރަނީގެ 1ލައްކަ 80ހާސް ބޮޑު ކޮއްލަދިނީ ތިޔަ ހީވާގި ރައީސް ޔާމީން. ސުކުރިއްޔާ މިލިޔަނާރ

      • ހާކިމް

        އިންޑިއާ އަތުން އެ ނެގި 21.5 ބިލިއަން އެއީ ހިލޭ އެހީތަ.

      • ޙައްގުބަސް

        ދަރަނީގެ ވާހަކަ ދައްކަން މިސަރުކާރު މިހާރު ލަދު ގަންނަންޖެހޭނެ!! މިސަރުކާރުގެ ފުރަތަމަ މަސް ދުވަހުގެތެރޭ މިވަނީ އިންޑިޔާއިން 1.2 ބިލިއަން ޑޮލަރު ދަރަނީގެ ގޮތުގައި ނަގާފަ!! 350 މިލިއަން ރުފިޔާގެ ޓީބިލް ވިއްކާފަ!! މިވެސް ދަރަނި އިންޓްރެސްޓް ބޮޑު!! ދެން ކޯޗެކޭ ކިޔާކަށް!! ރައިސް ޔާމީންގެ 5 ސް އަހަރުގެ ދައުރުގައި ދަރަނީގެ ގޮތުގައި އޮތީ 1.3 ބިލިއަން ޑޮލަރު! އެއީ އެތައް ބޮޑެތި އުމްރާނީ ތަރައްގީތަކެއް ކޮށްފަ!! އެހެރީ ފެންނަން ކުރި ތަރައްގީ!! ބަލާ 25 ބުރީގެ ހޮސްޕިޓަލް، ހުޅުމާލެ މާލެ ބްރިޖް. އެއަރޕޯޓްގެ އާ ރަންވޭ އާއި އެއަރޕޯޓްގައި ނިންމަމުން އެގެންދާ ބޮޑެތި މަސައްކަތްތައް!! ހުޅުމާލެ އަލަށް ހިއްކާ މަގުތައްހަދާ 25 ބުރީގެ 16 ހައުސިންގް ފްލެޓްތައް، މާލޭގެ ހާބަރު ކަޑަތަކާ މާލއިން ފެށިގެން ހުޅުމާލެއާ ހަމަޔަށް ހަދާފައިވާ ރީތި ބޮޑު މަގު، މާލެ އިންޑަސްޓްރިއަލް އޭރިޔާއޭ ކިޔާތަނެއް ހިއްކާ ހަދާފައިވާ ނަލަތަން!!! އަތޮޅުތަކުގައިވެސް އެތައްކަމެއްވަނީ ކުރައްވާފަ! މިކަހަލަ އެތައްކަމެއް އެވަނީ ކުރާއްވާފަ!! އެހެންވީމަ ވާހަކަ ނުދައްކާ! ކަލޭމެންގެ ވެރިކަން ނިމޭނީ މިގައުމު ހުރިހާގޮތަކުން ފަހަތަައް ފޮނުވާލާފަ!! ރައިސް ޔާމީން ވަރުގެ ގާބިލް މީހަކު އަދި މިރާއްޖޭގެ ވެރިކަމަކަށް ހަމަ ނާދޭ!!

  6. ނިހާސް

    ތިކަން މިސަރުކާރަށް ކުރެވިދާނެބާ ޔާމީން ވަނީ އޭނަބުނި ކަންތައްކޮއްފަ ވަރަށް ޕްރެސަރުގަ އަންނި ކޮއްފިއާމުން މޮޅޭ މަބުނާނަން އިނގިދާނެތާ

  7. ބުރިޖު

    ކިހިނެއް ބުރިޖު އެޅޭނީ! ރައީސް އެލެކްސް. ހެހެ.

  8. ކެނެރީ ބުއްޅަބޭ

    ނިކަމެތި ގައުމުތަކުގެ ސަފުން ދިވެހިރާއްޖެ ވަނީ އަރާފައި. މިއަދު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ވެސް އަދި ރާއްޖޭގެ ރައްޔިތުންގެ ބޮލަކަށް ޖެހޭ ނިސްބަތް މިވަނީ މެދު ފަންތީގެ ގައުމުތަކުގެ ސަފުގައި" ނަޝީދު ވިދާޅުވިއެވެ.

    ބަލަ ކެނެރީ އޫރާ ކަލޭގެ ޒައްރެއްގެ މިންވަރުގެ ހިއްސާވެސް ނޯބްނާނެ މި ގައުމު ތިބުނާ މެދުފަންތިއަށް×އަންނަން. ކަލޭ ކުރިކަމަކީ8 ފެބްރުއަރީގަ މި ގައުމުގަ ހުޅުޖަހާ އންދާލުން. ދއން މި ގައުމުގެ އިޖްތިމާއީ ފޭރާން ވެއްޔާ މޮޑެލުން. ކެނެރީ އޫރު އަގަ ނުގަޅާ މަޑޔން ހުރޭ

  9. ކޮވެލި

    ވައުދުފުއްދަން މަޖުލިސްމެޖޯރިޓީ ހޯދުން މެނިފެސްޓޯއަކުނެތް.
    މީނާ ދެއިރު ޕޯޑިއަމަށްއަރާ ވައުދުތައް ވާއިރު ހީވަނީ މިހާރު ރާއްޖޭގެ ރައީސަކީ މިއީހެން.

  10. ައަބުއާ

    ރައީސް ނަޝީދުގެ ވިސްނުން މިހާރު ހުރި މިސްރާބު ބަރާބަރު. ތާއީދު އިތުރުވާނެ.

  11. އެލެކްސް

    އަޖާބެއްތާ ދޯ. މިރާއްޖޭގެ މިހާރުގެ ރައީސް އަކީ ކާކުބާ

  12. އަރުޝީފް

    ވަގުތު ކުދިން ރަނގަޅަށް މަޢުލޫމާތު ހޯދަބަލަ! ރައީސް ނަޝީދު ވަނީ މާކުރިން ތިތަންތަން ގުޅާލުމުގެ ޕުލޭން އެކުލަވާލާފަ!

  13. އަބޯ

    ނަސީދަކަށް އަދި އެމްޑީޕީ އަކށް ތިޔަކަމެއްނުވާނެ. ތަރައްގީގެ އެއްވެސް ވިސްނުމެއްނެތް . ތަރައްގީ ކޮށްދޭކަށް ބޭނުމެއްވެސް ނުވޭ . ބޭނުންވަނީ ރިސްވަތު ބަހައިގެން ވެރިކަން ދެމެހެއްޓުން. ހެއްކަކީ ވައުދޭބުނެ ގާނޫނީ ހައިސިއްޔަތެއްނެތި ދޭންއުޅޭ ހެނދުނުގެ ނާސްތާ އެއީ ގާނޫނުއަސާސީގެ 97 އާއި 250 ގަ ބުނާފަދަ ގާނޫނެއްނެތި ދޭން އުޅޭ ނާސްތާ އެއް މިވާނީ ހަމަ ރިސްވަތަށް

  14. ޤައުމު

    އަމިއްލަ ޙިޔާލަށް އެފަދަ ކަމެއް އަންނަވަރަށްވުރެ ގަާރުކަންބޮޑު ގަޅިންނަށް މީހެއްގެ މޮޅުވިސްނުމުން ދޭ ހިޔާލެއް ނޫނީ ކުރަންފަށާ ކަމެއްގެ ފޮނިކޮޅު ދޯ ބޯލަން އެނގޭނީ.. ތިޔަކީ މިޔަދަކު ތިޔަ މަރުމޯލުގެ ފުށުން ފެނުނު ކަމެއް ނޫނޭ.. ފެށުނީއްސުރެ އެހެން އުޅޭ ގަމާރެއް ތިޔައީ...

  15. ޢަބްދުލް ވަހިދު

    ނަސީދު ތިޔަ ވިދާލުވާގޮތައް ވެއްޖެޔާ ރަނގަޅު ދެރައީ ކަންކަން އެމަގަށް ނުހިނގާތީ

  16. މުހައްމަދު

    މިހާރުރަސަކީ ކާކުކަންވެސްނޭނގު

  17. ލާމު

    ރައީސްގެ ފަރާތުން ނިންމެވި ކަމެއްތޯ ނުވަތަ ބޮޑުވަޒީރުގެ ފަރާތުންވި ވަޢުދެއްތޯ.

  18. އަބޯ

    ނަސީދު ދުނިޔެއަށް އަމުގެ ކުރިން ދޯ ނަސީދު އެހިޔާލު ދިނީ . ނަސީދަށް ދެވޭނީ ކޮންހިޔާލެއް ހަވާލުވި ވަޑަންގެއާކުންފުނި ބަގުރޫޓް ގައުމުބަގުރޫޓް ވަނީއޭ އައި އެމްއެފުން ބުނީމަ އަވަހަށް ދިނީ އިސްތިއުފާ ކިޔެވި އެއްޗެއްނެތް ގްރޭޑް 8 ން މަޖީދިއްޔާން ކަނޑާލި ހެދީ މެރިޓައިމް ހުންނަނީ ވިސްނަނީ ކޮންމެވެސްމީހަކަށް ލަނޑެއްދޭންކުރާނީ ކޮންކަމެއް. މިފަދަ މީހާގެ ހުންނާނީ ކޮންތަރައްގީގެ ހިޔާލެއް ތަ ؟

  19. ާަކަސަބު

    2018 ވަނަ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމުގެ ހުވާކުރީ މި ނަޝީދުތަ؟ މީ ދިވެހިންނަށް ޖެހިފައޮތް މުސީބާތަކަށް ވެއްޖެއްނު. ނުދަންނަ ކަމެއް، ނޭނގޭ ކަމެއް، ނުބެހޭ ކަމެއް ދުނިޔެމަތީ ނެތޭ...

  20. މުހައްމަދު އަހުމަަދު

    "ނިކަމެތި ގައުމުތަކުގެ ސަފުން ދިވެހިރާއްޖެ ވަނީ އަރާފައި. މިއަދު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ވެސް އަދި ރާއްޖޭގެ ރައްޔިތުންގެ ބޮލަކަށް ޖެހޭ ނިސްބަތް މިވަނީ މެދު ފަންތީގެ ގައުމުތަކުގެ ސަފުގައި"
    މި ކުރިއެރުމުގައި، ނަޝީދުގެ ދައުރަކީ ކޮބައިތޯ؟؟ ރައީސް ޔާމިންގެ ދައުރަކީ ކިބައިތޯ؟ ނަޝީދު ލަދުގަނެބަލަ!!

  21. ވަގު ބާޣީ ޓެރަރިސްޓް (ތިން ލަގަބުގެ ވެރިޔާ)

    ޔާމީން ނޫނީ ރައްޔިތުންނަށް ކަމެއް ކޮށްދޭން ވައުދުވީ މީހެއް ނެތް. ކޮށްދޭން އެނގޭނެ މީހެއްވެސް ނެތް.

  22. ސަޓޯ

    ރައީސް ޔާމީނު ކުރިޔަސް ތި އަންނި އަކަށް ނުވާނެ. އޭނަ އެއުޅެނީ މިދައުރު ހަމަވުމުން ވެރިކަން އެމްޑީޕީ އަށް ގެއްލިދާނެތީވެ ރައްޔިތުން ހައްދަން... މިވެރިންނަށް މަޝްވަރާ ކުރުން ނޫން އިތުރު އެއްވެސްކަމެއް ނުކުރެވޭނެ

  23. ސޮއްބެ

    އޭ މީކާކުތަ ؟ މީކޮން ޖޯކަރެއް މިއުޅެނީ ؟؟؟ ކޮބާ އަހަރެން ވޯޓު ދިން އިބުރޭ ސޯލިހު.. އަނެއްކާ ބޭރުކޮއްލީތަ ؟

  24. ވިސްނާ

    ވައުދާހިލާފުވާބައެއްގެބަސްގަބުުުލުނުކުރުމަށްހަނދާންކުރައްވާ ދިމާއިދިކޮޅަށްކަންތަށްކުރާނި

  25. ޚަލޯބެ

    ކެނެރީގޭ ގުނބޯ!!! ކަލެއަކީ ޤައުމް ހިންގޭ ވަރަށްވުރެ ހިލްމީ ގޮތުން ދަށް މީހެއް. ކަލެއަކީ ޙިކްމަތު ޢަމަލީ މައިދާނުގައި ސުމެއް. ޢަހަރުމެން ކަލޭގެ ވެރިކަން ދެކެފީމު. ޢެމް ޑީ ޕީގެ ވެރިކަމަކީ ޤައުމް ފަނާކުރަނިވި ވެރިކަން. ޢިންޑިޔާއަށް އަޅުވެތިވެ އޮވެ ކޮން ވެރިކަމެއް ކަލޭމެންނަށް ކުރެވޭނީ. ކަލެއާއި، އިބޫ ސާލިހް ގެ ހުރީ ކުރަފި ސިކުނޑި. ޢެކަކު ގްރޭޑް 9 ން ވެރިކަމަށް! ޢަނެކަކީ ސިކުނޑީގައި ތެތްކަމެއް ނެތް ކުރަތްޕެއް. މިޤައުމް މިދާ ރޭޓުން ދަންޏާ 5 އަހަރު ނިމޭއިރު އޮންނާނީ އަމިއްލަ ވަންތަކަން ކެނޑި އިންޑިޔާގެ އަވަށެއްގެ ގޮތުގައި. ޢަހަރެމެން އެމް ޑީ ޕީ އަށް ސަޕޯޓް ނުކުރެވެނީ އެއީ ތަރައްޤީ އާއި އަމިއްލަ ވަންތަކަމާއި ދުރު އަދި ޤާބިލް ބަޔަކަށްނުވާތީ.! ކަލެއަށައި ކަލޭމެންގެ ވެރިކަން މާތް ﷲ ދެމެހެއްޓުމަށް އިރާދަ ނުކުރަށްވާށި! ޢާމީން.

  26. އަދުވާ

    ރ ޔާމީން ކުރެއްވި ކަމަކާ ކުރަން ފެއްޓެވި ކަމެއްގެ ވާހަކަ ދައްކާނެ ފެންވަރުވެސް ނަސީދުގެ ނެތޭ.

  27. ައާމިނަތު

    އޮޅިއްޖެ.މީނަތަ ރައީސަކީ؟؟

  28. ށަވިޔަނި

    ނިކަމެތީން ގިނައީ.. މުއްސަނދީ މާލޭ ބޭފުޅުން. ބަޖެޓަށް ސަލާމް ޖަހަނީ މުޅި ދުނިޔޭގައި.. ސިޔާސީ މީހުން ބޮޑުމުސާރާގައި އެހާ ގިނަ..

  29. ިިއިބުރާހީމް

    ދިވެހިރާއްޖެއަށް ބޯހިޔާވަހިކަމާ ބޭސްފަރުވާ އާއި މިނޫނަސް އަސާސީކަންކަމުގެ މަގު ފަހިކޮށްދިނީ އެމްޑީޕީގެވެރިކަމުގައި ރައީސް ނަޝީދު ކަން ސާފުކޮށް އެގޭ . ހުރިހާކަމެއްވެސްވާނެ .

  30. އަހުމަދު އަދީބު

    މީދެން ކާކުތަ....މިދުވަސްކޮޅު ހާދަ ކާޅު ގޮވާއަށުގަދައޭ

  31. عبدالله

    އެއްވެސް ރޭވުމެއް ޕްލޭނެއްނެތި ހަމަހުރެލާފައި އެއްޗެކޭ ބުނާއިރު، މިބުނެވެނީ، ކީކޭކަމެއް ނޭނގުމަކީ، އެމީހެއްގެ ސިކުނޑީގެ ޙާލަތު ވަޒަންކުރެވޭ ކަންކަމެވެ. 5 އަހަރުގެ ވެރިކަމެއްގައި މިހާރު ކިތައް ދުވަސް ވެއްޖެތޯ ބަލައިލާއިރު، ކުރެވުނުކަމެއް ނުފެންނައިރު، ވޭތުވެދިޔަ ދުވަސްތަކުގައި ކޮށްފައިވާ ގިނަގުނަ ވަޢުދުތައް ފުއްދުމުގެ އެއްވެސް އުންމީދެއް ގެނަސް ދެއްވާފައި ނުވާއިރު، ފުލުފުލުގައި ވަޢުދު ވަމުންދާއިރު، ތިޔައީ މުޅިން ބޭކާރު ވަޢުދެވެ.

  32. ހުޅުޖެހި ރައީސް

    މިހާރު ރައީސަކީ ކާކުކަންވެސްނޭނގު

    ވާނުވާ ނޭޭގިގެން ކޮސް ގޮވަން ފެށީމާ ދެން ހަކުރު ގިނވޭ

  33. ބޯހަލާކު

    ނަޝީދު ކޮން ހައިސިއްޔަތަކުން ވެވަޑައިގެންނެވި ވައުދެއް؟