އެއްލައިދޫ ރިސޯޓް
އެއްލައިދޫ ރިސޯޓް

ރާއްޖޭގެ ރިސޯޓެއްގައި މީހެއްގެ މެޔަށް ކަތިވަޅިން ހަމަލާދީ މަރާލައިފިއެވެ.

މަރާލާފައި ވަނީ ސްރީލަންކާގެ ރައްޔިތެއްކަން "ވަގުތު" އަށް ވަނީ ކަށަވަރުވެފައެވެ.

މީހަކު މަރާލާފައި ވަނީ އެއްލައިދޫ ރިސޯޓްގައެވެ.

ފުލުހުން ވެސް ވަނީ އެއްލައިދޫ ރިސޯޓްގައި މާރާމާރީއެއް ހިނގިކަން ކަށަވަރު ކޮށްދެއްވާފައެވެ. މާރާމާރީ ހިނގީ މިރޭ 21:50 ހާއިރުއެވެ.

މާރާމާރީ ހިންގާފައި ވަނީ ލަންކާގެ ދެމީހުންގެ ދެމެދުގައެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަހިބަދޫގައި ތިބި ފުލުހުން މިހާރު ދަނީ ރިސޯޓަށް ދަތުރު ކުރަމުންނެވެ. މަރުވެފައިވާ މީހާގެ ހަށިގަނޑު އަދިވެސް އޮތީ ރިސޯޓްގައެވެ.

އެއްލައިދޫ ރިސޯޓްގައި މަސައްކަތް ކުރާ ދިވެއްސަކު "ވަގުތު" އަށް ބުނީ ލަންކާ މީހެއްގެ އަތުން ލަންކާ މީހެއްގެ ގަޔަށް ކަތިވަޅިން ހަމަލާ ދިނީ މަސްތުވެގެން ހުރެކަން ޔަގީންކަމާއި އެކު ބުނަން އެނގޭ ކަމަށެވެ.

އޭނާ ބުނީ މަސްތުވެގެން ތިބެ ސަކަރާތް ޖެހުމުގެތެރޭގައި އެކަކު ކޮށްޕާލުމުން ގޮސް ހަމަލާދިން މީހާގެ ގައިގައި ޖެހުމުން ދެމީހުންގެ ދެމެދުގައި ދެބަސްވުން އުފެދި އެންމެފަހުން އެކަކު ކަތިވަޅިން އަނެކަކަށް ހަމަލާދިނީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

 1. އިމްރާން އެމްސީ ހަމީދު އިބްރާހިމް މުހައްމަދު ސާލިހް އިސްތިއުފާ

  • ވެރިކަންވެްޓުނީމާ ދެންހަޅޭ ލެވިޔަސް ވެރިކަން ނުލިބޭނެ ލަންކާ ދެމީހުން މާރާމާރީ ހިންގުމަކީ ވެރިންކުރާނެ ކަމެއްނޫން މާތާހިރު ފޮރުވާފަހުރި ރައްޔިތުންގެ ފައިސާދެއްކިއްޔާ..

  • އިސްތިއުފާ އަށް ގޮވަ ގޮވާދެން ތިބޭ ކަމެއްވާ އިރައް އެންމެން އިސް ތިއުފާ އަށް ގޮވި އަސް ތި މީހުނނަށް މިގައްމުން ދެން ވައްކަން ކުރާނެ ފުރުސަތެއް ނުލިބޭނެ،

 2. ބޭރުތަ އެތެރެ ތަ

 3. ޓޫރިސްޓެއްތަ ބަންގާޅީއެއްތަ ދިވެއްސެއްތަ

 4. ކޮބާ މަރު ތަހުގީގު ކޮމިޝަން. މިއޮތީވެސް މަރެއް. މިވެރިކަމުގަވެސް މީހުން މަރާދޯ.

 5. މިހާރަކު ނުކުރާނެ ތިކަހަލަ ކަމެއް. މިއީ ޖަޒީރާ

 6. ކޮބާ ހައްލުކުރަން ވެރިކަމަށް އައިމީހުން.

 7. މިހާރަކު ނުކުރާނެ ތިކަހަލަ ކަމެއް. މިއީ ޖަޒީރާ.

 8. ސޯލިހު ސަރުކާރުގަ ތިވައްތަރުގެ ކަންތައް ނުހިގާނެ ސޮރީ

  • ކޮބާތަ ސްޕޯކުސް ޕާސަނާ ޑރ ސައިނީ . މިހަތަރު ލޮލަށް ތިކަންފެނިގެން

   ތިކަން ސާބިތުވާނީ . އެހެންނޫ ތިކަންވާނީ ނުހިނގާކަމަކަށް.

 9. ވަގު ބުރާންތި ތަކާ މީހުން ނުމަރާނެ ވާހަކައެއް ނޫން ބުނީ ގޮއި ނޭނގޭ މަރުތަކުގެ ވާހަކަ ބުނީ.

  • ޑިމޮކްރަޓިސްޓް، ރ.ވާދޫ

   ކަލޭ ހާދަ ރޭސްވީ.. އޭރުގަ މިކަހަލަ ކަމެއްހިނގީމަ، ގޯސްވަނީ ސަރުކާރާ ވެރިމީހާ، ކަލޭވެސް އެވާހަކަދެއްކީ ހަމަ އެހެން! ދެން މިހާރު ސަރުކާރު ގޯހެއްނޫންތަ؟ ހެޔޮވެރިކަމުގަ މިކަހަލަ ކަންކަން ހިނގާތަ؟ ހަޖަމުކޮށްބަލަ، ތިހުންނަނީ ރީންދޫވެގެންގޮސް ރީންދޫހުންޖެހި ސަލާމަތްނުވެވިފަ!

 10. މިރާއްޖޭގައި ކުއްކުރާ މީހުންގެ ޙައްޤު ހަމައެކަނި އޮތީ. ޢެހެންމީހުންގެ އެއްވެސް ހައްގެއް ނެތް. މިއީ ކުޑަ ޔޫރަޕް.

 11. ާއަލީ ސްޕާރީ

  މިރާއްޖޭގައި ކުއްކުރާ މީހުންގެ ޙައްޤު ހަމައެކަނި އޮތީ. ޢެހެންމީހުންގެ އެއްވެސް ހައްގެއް ނެތް. މިއީ ކުޑަ ޔޫރަޕް.

 12. ރަލުގެ ސަބަބުންވާ ގެއްލުން އެގިއްޖެތަ؟މަސްތުވެފައިވާ މީހާއަށް ކުރެވޭ ނުކުރެވޭއެއް ނޭގޭތީއޭ ރާ ހަރާމްވަނީ. މީހެއްގެ ފުރާނަ ދުއްވާލާކަށްވެސް ޖެހިލުމެއްނުވޭ

 13. ސްރީލަންކާ 2 މީހެއް މާރާމާރީ ހިންގީ .... ބަދުނާމުވެ ގޯސްވީ ސަރުކާރު..
  ގަމާރު ލޮޖިކް 😂🤘

  • ޑިމޮކްރަޓިސްޓް، ރ.ވާދޫ

   ކުރިންވެސް ކަލޭމެން ވާހަކަދައްކާގޮތަށް މިވާހަކަދައްކަނީ... ހަޖަމުކޮށްބަލަ

  • ކިބުލެއް ފެނިގެން ޔާމީހު އަށް ދޮންޖެއްސެވި މީހުން ގެ ލޮޖިކް ގަމާރު ނުވެފަ

   މިހާރު މިކަމުގަ ލޮޖިކް ގަމާރުވީ ކީއްވެ.؟

 14. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  ބަލަ ހެޔޮވެރިކަމުގަ މީހުން މަރާތަ؟ ޔާމީނު ވެރިކަމުގަ ވިއްޔާ މުއައްސަސާތައް ފެއިލްވެފަ! ޔާމީނު އިސްތިއުފާދޭން ޖެހިފަ! ދެން މިހާރުއޯ؟؟ރީންދުލަށް ވޯޓުދިންމީހުން ޖަވާބުދީބަލަ!!

  • ޙަސަން ހަލީމް

   މިސަރުކާރުން އެކަމަށް އެއްބާރުލުން ދީގެން ކުރި ކަމެއްތަމިއީ. ނޫނީ ސަރުކާރުގެ އިސްވެރިންނަށްއިނގިގެން ހިނގި ކަމެއްތަ މިއީ.. ތިޔައީ ފެއިލްވި ޔާމީނުގެ އަޅުންނަށް އަރާ ވަރުތަކެއް

 15. މިއީވެސް ގޮތްނޭނގޭ މަރެއް ކޮމިސަންއިސްތިއުފާ ދީފަ ރަށަށްދޭބަލަ އިބޫގެސަރުކާރުގެ ހާލަތަކީ މީ.....

 16. ރިސޯޓެއްގައި މީހެއްގެ މެއަށް ކަތިވަޅިން ހަމަލާދީ މަރާލައިފި

  ރާއްޖޭގެ ޓޫރިޒަމަށް ލިމުނު ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއް.

  ހިތާމަހުރި .

 17. ސަރުކާރުއޮތީ އަތަށް ގޮވާފަ ރަށްޔިތުން ހަނާވަނީ