އަދީބު އައިޖީއެމްއެޗް ގައި- ފޮޓޯ: އެމްޓީޑީ

މިހާރު އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޖަލަށް ގެންދިއުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް ޕާޓީ އިން ބުނެފިއެވެ.

އެމްޓީޑީ އިން ދެންމެ ކުރި ޓްވީޓެއްގައި ބުނީ އަދީބުގެ އޮޕަރޭޝަނެއް ކުރަން ޑޮކްޓަރު ލަފާދީފައި ވަނިކޮށް އެނިންމުން ބަދަލު ކުރުމަށް ޑޮކްޓަރަށް މަޖުބޫރުކޮށް އަދީބު ޖަލަށް ގެންދާތީވެ އައިޖީއެމްއެޗްގެ ޕްރައިވެޓް ރޫމަށް ހުރިހާ އެންމެން މިހާރު އައުމަށް އެދޭކަމަށެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރި ޓްވީޓެއްގައި ބުނީ އަދީބު ސާޖަރީއެއް ހެދުމަށް ޑޮކްޓަރު ލަފާދެއްވާފައި ވަނިކޮށް އަދީބު ހޮސްޕިޓަލުން ދޫކޮށްލުމަށް ޑޮކްޓަރަށް މަޖުބޫރު ކޮށްފައިވާކަމަށް ޑޮކްޓަރު ވިދާޅުވެއްޖެ ކަމަށެވެ.

"ޑޮކްޓަރު އެކަން އަންގާފައި ވަނީ ދެންމެ އަދީބު އެޑްމިޓް ކުރެވިފައިވާ ރޫމަށް ވަދެ މެޑިކަލް ޑޮކްޓަރު، ނަރުސް އަދި އެމްސީއެސް ގާޑްގެ ހާޒިރުގައި. ޑިސްޗާޖް ސަމަރީ ވެސް އޮތީ ޑިސްޗާޖް ކުރުމުގެ ކުރިން ތައްޔާރުކޮށްފައި. ޑޮކްޓަރު ވިދާޅުވީ އިތުރު ގޮތެއް ޑޮކްޓަރަށް ނެތް ކަމަށާއި މަޖުބޫރު ކޮށްފައިވާކަމަށް." ނަޝްވާ ވިދާޅުވިއެވެ.

ކިޑްނީގެ މައްސަލައަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ އަދީބު ގޭބަންދަށް ބަދަލުކުރީ އެފަދަ ބަލިމީހަކަށް އެކަށީގެންވާ މާހައުލަކަށް އޭނާ ބަދަލުކުރަން އައިޖީއެމްއެޗްގެ ޑޮކްޓަރުން ލަފާ ދެއްވުމުންނެވެ. ޑޮކްޓަރު ލަފާދެއްވި މުއްދަތު ހަމަވުމުގެ ކުރިން އަދީބު ޖަލަށް ބަދަލު ކުރިތާ ދެދުވަސް ފަހުން ވަނީ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދޭން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ތިއޮތީ އަތުން ފޭހުނު އިލޮށި ލޮލަށް ހެރިފަ، ދެން ލަލަލާ...........

  2. ގައުމު ހަލާކު ކުރާ ޕާޓީ އެހެންވެތާ އެންމެން އަންނަ ތި އަންގަނީ ކާކައްބިރު ދައްކަން

  3. ތިޔައީ ނުރައްކައުތެރި މީހެއް، ވަގެއް، ޤާތިލެއް، ކުށެއް ނެތް މީހަކު ފްރޭމްކޮށް، ނުޙައްގު އަދަބުދިން މީހެއް. ވީމާ ގޭގައި ބަހައްޓަން ހެޔޮނުވާނެ. ކޮން ޑޮކްޓަރެކޭތަ މިކިޔަނީ ޑޮކްޓަރު ބުނާނީ އޭނާ އަނގައިން އަނގަޔަށް އަޅާދޭ ބަސްތަކެއްނު؟ ގެންދޭ ގެންދޭ....!!!

  4. މޯލަޑިވުސް ތާޑުވޭ ޑީ ގުޜޭޑު ޕާރޓީ އިން ގައުމުގަ ފިތުނަ އުފައްދަންވެގެން ތިގޮވަނީ އެންމެން އަންނާށޭ އެކުވެސް ނުދާނެ

  5. އަވަހައް ގެންދޭ

  6. އަދީބު ޖަލުގައިހުރިއިރު، ޔާމީންގެ ވެރިކަމުގައި، އަދީބު މިނިވަން ނުކޮށްގެން އެންމެބާރަށް ހަޅޭއްލެވީ ރީނދޫ އެމްޑީޕީއިންނެވެ. އަދި އެވަރުން ނުފުދިގެން ފްރީ އަދީބު ޖަހައިގެން ޕޯސްޓަރ ހަދައިގެން ފާރުތަކުގައި ތަތްކޮށްހެދިއެވެ. އަދި މިބައިގަނޑުގެ މުޒާހިރާ ތަކު ގައި. އަދީބު ދޫކޮށްލާށޭ ގޮވާ ހަޅޭއްލެވިއެވެ. ޙަގީގަތުގައި އެއީ އަދީބު ދޫ ނުކޮށްލައިގެން ކުރިކަމެއް ނޫނެވެ. އެމީހުންނަށް ރަނގަޅީވެސް އަދީބު ދޫނުކުރިއްޔާ އެވެ. އެމީހުންގެ ބޭނުމަކީ އަދީބުގެ ޢާއިލާ އާއި އަދީބުގެ ފަރާތުން މާލީ މަންފާތަކެއް ލިބިފައިތިބި މީހުންނާ އަދީބަށް ހަމްދަރުދީ ވާމީހުންގެ ވޯޓު ރިޔާސީ އިންތިޚާބުގައި އަތުލައިގަތުމެވެ.؟އެކަން ކިތައްމެ ރަގަޅަކަށްވެސް އެމީހުން ކުރިއެވެ. މިއަދު މިއޮތީ ރީނދޫ ސަރުކާރެވެ. ވީއިރު އަދީބު ދޫކޮށްލުމުގެ ހުރިހާބާރެއް އޮވެމެ ދޫނުކޮށްލާ އަލުން ޖަލަށް ގެންދަނީ ކީއްވެހެއްޔެވެ......؟؟؟

    • އޭ ނުރަބޭ.... މި އެމްޑީޕީ އޭ ކިޔާ ބައިގަނޑުވެސް މި ގަދީބު ދެކެ ބިރުގަނެޔޭ... އޭރު ހިނދުކޮޅުގައި ހުރެގެން ގަދީބު ދޫކުރަން ގޮވީ ރައްޔިތުންގެ ހިތުގައި ރައީސް ޔާމީނާމެދު ނަފުރަތު އުފައްދަން... މި ގަދީބު ދޫކޮއްލާފިއްޔާމުން މާދަން ނޫން ކަންނޭގެ އިބުރޭ ސޯލިހު ދުއްވާލާނީކީ....

    • އާނ.... މިކަމުންވެސް އެނގެނީ އަހަރެމެން ރައްޔިތުންގެ ގަޅި ކަން... އެމްޑީޕީ އިން ޖަހާ ރޮކެޓު ތަކައް ތަނެއްދޮރެއް ބެލުމެއްނެތި ހެއްދޭ ކަން.... ދެން ކުރާނެކަމެއް ނޯންނާނެ... ބުރޯ ދޭގޮޅިއައް

  7. ޑިސްޗާޖް ސަމަރީއަކީ ދޫކޮށްލުމުގެ ކުރިން ތައްޔާރުކުރާ އެއްޗެއް....ކަމަނާ ހޭފުޅުގައިތޯ؟

  8. ހޮސްޕިޓަލަށް މީހުން އެއްވުމަށް ގޮވާލުމަކީ ޤާނޫނީ ކުށެއް. މެމްބަރ ޔާމީން ހައްޔަރުކުރޭ!!

  9. ޢަބްދުލް ވާހިދު

    ކުއްވެރިން ތިބޭނީ ޖަލުގާ ބަންދު ކޮށްފަ

  10. އަލިފާން ކެވިއްޖެ ނު. ދެންވެސް ދައުލަތުން ނެގި ފައިސާ ހުރި ތަން ބުނެދީ. އޭރުން ވެސް ބޮލަށް ލުޔެއް ލިބޭނެ.

    • ތަޅާ ކުދީންކޮޅަށާ މޯލްޑިވްސް ތާރޑް ޑީގުރޭޑު ޕާރޓީގައި އުޅޭ ޔާމީނުއަށް ދީ ހުސްކޮއްފި.. ބާކީ ލާރިކޮޅު މި ނަޝްވާޔާ އޭނާގެ ދަރިއައް މެލޭޝިއާގައި އުމުރު ދުވަހު އުޅެވޭ ވަރަށް އިންވެސްޓު ކޮއްފައި ހުރީ ދެން ނެތް

  11. ކޯޗެއް ވިދާޅުވާކައް....ކޮންތާކައް އައްނަން ތިގޮވަނީ ؟ ނަސްވާރު ދެންކަލޭ ހުކުން ކޮއްފަ ގޮޅީގަ ބާއްވަން ޖެހިދާނެ.....މަޑުން ހުރޭ ކަލޭ!

  12. ހޮސްޕިޓަލަކީވެސް މުޒާހަރާއަށް މީހުން އެއްކުރެވޭތަނެއްތަ

  13. މިހާރުހީވޭތަ ޔާމީނުކަންތައްތައް ކުރީ ރަގަޅަށްހެން އެއެތި ކޮޕީކުރަންޖެހޭނީ ނޫންނަމަ އިސްތިއުފާދީ

  14. އޭނާއަށް ހައްގުވަނީ ޖަލެވެ. ފާޅުކަން ބޮޑުކޮށް ދައުލަތް ދިރވާލައި ހަވާ ފަޓާސް ގޮއްވުމުގެ އަދަބެވެ.

  15. ޑޮކްޓަރުގެ ނިންމުން ބަދަލު ކުރުވަން ޖެހުނީ ޑޮކްޓަރަށް ގެންދިޔައިމައެއްނު. ގެންދާނެވެސް ކަމެއް ނެތް. ކުޑަ ގޮޅީގަ ވާނެ އެއްޗެއް ވާން ޗޯރު ކަލޭގެ ބާއްވަންވީ.

  16. އިމްރާނޫ ތިޔަ އަދީބު ޖަލުގަ ބަހައްޓާ ތިޔައީ މިގައުމުގެ ހަލާކު މިހާރުވެސް ޑީ ގުރޭޑު ޕާޓީން ރާވަމުން އެދަނީ ވެރިކަން ވައްޓާލަން އަދީބުވަނީ ލާރިގަނޑު ފޮރުވާފަ އަދި އެލާރިން މީހުން ނު އަގުގައި ގަނެ ޕުރޮޕަގެންޑާ ހިންގަމުން އެދަނީ.

  17. ހޯމްލީއެންވައިރަމެންޓް ގައި ބޭސްފަރުވާ ކުރަން ދޫކުރީމަ ބޭސްފަރުވާ ބަހައްޓާފައި ޕާރޓި ހަދަންމުން ދުވަންޏާ ވާނީ ތިޔަހެން... ދެން އޮވެލާ ގޮޅީގައި... ނަޝްވާވެސް ތި ބޮޑު ގޭންގްސްޓަރު ކައިރިން ވަރިވެގެން ދީންވެރި ރަގަޅު ފިރިހެނެއް ހޯދައިގެން އިނދޭ...

  18. އަދީބުއަށް ލަފާދޭ ޑޮކްޓަރުވެސް އޭނާއާއި އެއްކޮއް ގޮޅިއައް ވައްދަން ފެނޭ

  19. މިހާރު ތިތިބަ ފުއްނާބު އުސްމީހުންނަށް އިގެންވާނެ ރައީސް ޔާމީނު އަދީބު ހައްޔަރު ކުރަންޖެހުނީ ކީއްވެކަން. އެހެންވީމަ މާބޮޑައް ޑިމޮކްރަސީ އިގިގަނެގެން އުޅުނީމަ ކަމަކު ނުދާނެ ދެއްތޯ؟

  20. ތުރާކުނުތުރާ

    ޖަލު ހުކުމެއްގަ ހުރި މީހަކު ގެޔައްގެނެސް ހޮޓާ ހޮޓަލައް ސަޔައްދެވި ނުވިތާ ކަށް ޕާޓީ ހަދަން ފުރުސަތު ދިނުމަކީ ގާނޫނީ ބޮޑު ކުށެއް. ތިތިބަ އެއްމެން ހިފައި ހައްޔަރު ކުރަންޖެހޭ.