އެއްލައިދޫ ރިސޯޓްގައި މިރޭ ލަންކާ މީހަކު މަރާލާފައި ވަނީ ބަނގުރާ ބޮއެގެން މަސްތުވެތިބެ މަޖާ ކުރުމުގެ ތެރޭގައި ކަމަށް ހާދިސާގެ މައުލޫމާތު އެނގޭ މީހަކު ބުނެފިއެވެ.

އެއްލައިދޫ ރިސޯޓްގައި މަސައްކަތް ކުރާ ދިވެއްސަކު "ވަގުތު" އަށް ބުނީ ލަންކާ މީހެއްގެ އަތުން ލަންކާ މީހެއްގެ ގަޔަށް ކަތިވަޅިން ހަމަލާ ދިނީ މަސްތުވެގެން ހުރެކަން ޔަގީންކަމާއި އެކު ބުނަން އެނގޭ ކަމަށެވެ.

އޭނާ ބުނީ މަސްތުވެގެން ތިބެ ސަކަރާތް ޖެހުމުގެތެރޭގައި އެކަކު ކޮށްޕާލުމުން ގޮސް ހަމަލާދިން މީހާގެ ގައިގައި ޖެހުމުން ދެމީހުންގެ ދެމެދުގައި ދެބަސްވުން އުފެދި އެންމެފަހުން އެކަކު ކަތިވަޅިން އަނެކަކަށް ހަމަލާދިނީ ކަމަށެވެ.

އެއްލައިދޫ ރިސޯޓްގައި ހިނގި މާރާމާރީ އާއި ގުޅިގެން ފުލުހުން އަދި ތަފްސީލެއް ނުދެއްވައެވެ. ނަމަވެސް ފުލުހުން ވެސް ވަނީ އެއްލައިދޫ ރިސޯޓްގައި މާރާމާރީއެއް ހިނގިކަން ކަށަވަރު ކޮށްދެއްވާފައެވެ. މާރާމާރީ ހިނގީ މިރޭ 21:50 ހާއިރުއެވެ.

މަރުވި މީހާއަށް ހަމަލާދިން މީހާއަށް އެއްވެސް އަނިޔާއެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ބޯހަލާކު

    ކަތިވަޅިން ތަ މަޖާ ކުރަނީ..

    • ބޭބެ

      އާނ!! ލަންކާ މީހުން މަޖާކުރަނީ ކަތިވަޅި ބޭނުންކޮށްގެން!! މިފަހަރު ރަގަނޅަށް ބޮވެވުނީމަ މަޖާ ރަގަނޅަށް އެވީ!!

  2. ޕިސްޕިސް

    ލަންކާ ދެމީހުންގެމެދުގަ ހިގިކަމެއް އެއީ. ކޮމެންޓު ލިޔާމީހުން ސިޔާސީވިޔަސް މީދެން ފުކެއްބޮޑުވަރު ކަންނޭގެ

  3. Anonymous

    ބޮއެގެން ޝައިތާނާއަށް އަމިއްލަ ހަށިގަނޑުގެ ފުލް ކޮންޓްރޯލް ދިނީމަ ދެން ނުކުރާނީ ކީއް؟

  4. އަހަންމާ

    ޖަޒީރާ ރައީސް އަށް ސަލާމް ބުނޭ ބޭނުން ހާގޮތަކަށް ރާލާއި މަސްދުވާ ތަކެތި ލިބެންހުރީމަ ވާގޮތް ޖަޒީރާ ރާއްޖެއިން ފެންނާނެކަން އެގޭ !!!!

    • ޙައްލު

      އަހަންމާ ކައެ ހޭބަލިވާވަރަށް ބޮއެ ތިތާ ހުރެ ކޮމެންޓް ކުރިޔަސް އިބޫ އަކަށް ނޭނގޭނެ.

    • ޛިޔާ

      ޟީގެ ކުރިންވެސް ރިސޯޓު ތަކުން ލިބޭއެއްޗެއްތީ.

    • ހެހެހެ

      ހަސަދަފިލުވާލީ. ޙިތްހަމަ ޖެހިއްޖެ ދޯ.

    • ސުހައަލް

      ސިޔަސިވެގެން ގޮސް ތިހުރީ ވަރަން ގޮސް ހިސަބަކައް ގޮސްފާ.ޔާމިން ގެ5އަހަރު ތެރޭ ހިގިހުރިހާ ކަމަކީ ޔަމިން ޖިއްމާނަގަން ޖެހެ ކަންތައް ކަމައްތޯ ތިޔަ ވިދާުވަނި؟

  5. ޙަސަނު

    އެލެކްސް އެބުނާ ކަހަލަ ބޮވެން ވާނެ ބޮވުނީމަ ވާގޮތް

  6. ޙާމިދާ

    ކޮން ލަންކާ އެއްފަންކާ އެއް ކިޔާނެ ކަމެއް ނެތް. ސިޔާސީވެސް ކުރާނަން. ކާދީނީ ބަިގަނޑު މާ ބޮޑަށް ނުފުއްޕާތި އިނގޭ. ދެންވެސް ތިވީ މޮޅާއިގެނ ތިބެވޭތޯ ބަލާ

  7. އަހަންމާއަށް

    އަޖައިބެއް! މީގެ ކުރިން ރަލާއި މަސްތުވާތަކެތި ނުހުރޭ ދޯ ލިބޭކަށް... ރިސޯޓްތަކުން އަލަށް ވިއްޔާ ރާ ލިބެނީ އެ... ކަލޭމެން މީހަކު ފޮޑިއެއް ޖެހިއްޔާ އެވެސް ސިޔާސީ ކުރަންޖެހޭނެ.. ކިހިނެއް ވެގެންތަ ތިއުޅެނީ...

  8. ބިން ޢަލީ

    ﷲ ޙަރާމްކުރެއްވި ތަކެތި ހުއްދަކޮށްގަތުމަށްފަހު ހޯދައިގަންނަ ގެއްލުމުގެ ވާހަކަ ކިތަންމެވަރަކަށް ދެއްކިޔަސް އެކަން ޙައްލެއް ނުވާނެ އެކަންކަން ދޫކޮށް ހެޔޮ މަގު ބަލައިގަތުމުން މެނުވީ.

  9. ކެޔޮޅު

    މިއަހަރު މަރާ މި ހުންގެ ޒިންމާ އުފުލާނީ ކޮން ރައީސެއް؟ ޔާމީނުބާ؟ ސޯލިހުބާ؟ ނޫނީ މީހަކުމަރާނުލަނީބާ؟؟؟؟ ކޮބާތަ ލިސްޱް ކުލާމީހުން

  10. ޭއެލެކްސް

    ބޮއިގެންނޭ ދޮންމީހުން އުޅޭހެން އުޅެވޭނީ އޭރުންނޭ ސަލާމަތް ވާނީ..

  11. އަހުން

    ބުއްޅަބެ ބުނި ބޮވެންވާނެޔޭ އަދި ނުބޮއެވާކަށް ނެތޭ ބޯންޖެހޭނެޔޭ ބުއީމައޭ އޭގެ ރަހަމީރުކަން އެނގޭނީ ބުއިމުންލިބޭ އަރާމު އެއްވެސް މީހަކަށް ނޭގެނިއްޔޭ ޖަޒީރާރާއްޖޭގެ ހާލަތުމީ.

  12. ބޭރުމީހާ

    ޜިސޯޓު ތަކުގަވެސް ތިހާފާޅުކަން ބޮޫޑުގޮތކަށް ސްޓާފުންނަށް ރާލިބިގެން ނުވާނެއެވެ.

  13. ނޭގުނު

    ކަތިވަޅިއެއް ލިބުނީ ކިހިނެތްތަ؟ އެ ދެ ލަންކާ މީހުންނަކީ އެތަނުގެ ސްޓާފުންތަ؟ ނޫނީ ފަތުރުވެރިން އުޅޭ ހިސާބުގަ ކަތިވަޅި ލިބޭ ގޮތަށް ބަހައްޓާފަ ހުރީތަ؟

  14. ހުޅުޖެހި ރައީސް

    2011 ވަނަ އަހަރު ވެރިއަކަށް ހުރމީހާ ގާޒީ އަކު ވަގަށް ނެގީ މަސްތުވެގެން މަޖާ ކުރުމުގެ ތެރޭގައި