މިރޭގެ ޖަލްސާގައި މިނިސްޓަރ އިމްރާން ވާހަކަފުޅު ދައްކަވަނީ – ފޮޓޯ: ޕީއެސްއެމް
މިނިސްޓަރ އިމްރާން ވާހަކަފުޅު ދައްކަވަނީ – ފޮޓޯ: ޕީއެސްއެމް

ހޯމް މިނިސްޓަރ އައްޝައިހް އިމްރާން އަބްދުﷲ މަގާމުން އިސްތިއުފާ ދެއްވުމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އިން ގޮވާލައިފިއެވެ.

މިނިސްޓަރ އިމްރާންގެ އިސްތިއުފާ އަށް ގޮވާލީ އެމްޓީޑީގެ އެއް ނައިބު ރައީސް ކަމަށްވާ އިސްމާއިލް އާސިފްއެވެ. އާސިފް މިނިސްޓަރ އިމްރާންގެ އިސްތިއުފާ އަށް ގޮވާލެއްވީ އެމްޓީޑީގެ ރައީސް އަހްމަދު އަދީބުގެ އޮޕަރޭޝަނެއް ކުރަން ޑޮކްޓަރު ލަފާދެއްވާފައި ވަނިކޮށް އަދީބު ޖަލަށް ގެންދިއުމުގެ މަސައްކަތް ކަރެކްޝަނަލް ސާވިސް އިން ފެށުމުންނެވެ.

އަދީބު ޖަލަށް ގެންދިއުމުގެ މަސައްކަތް ކުރާތީ އައިޖީއެމްއެޗްގައި ބޭއްވި އެމްޓީޑީގެ ކުއްލި ކައުންސިލްގެ ބައްދަލުވުމެއް ގައި ވަނީ ސަރުކާރުން ގާނޫނާއި ގަވައިދުތަކާ ހިލާފަށް އަދީބު ހައްޔަރުކޮށް ގެންދިއުން ކުށްވެރިކޮށް އެކަން ހުއްޓުވުމަށް ގަރާރެއް ވެސް ފާސްކޮށްފައެވެ.

ޤަރާރު ފާސްކުރީ ކައުންސިލްގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. މި ގަރާރު ފާސްކޮށްފައިވާ އިރު، އެމްޓީޑީން ބުނަމުން އަންނަނީ ސަރުކާރުން ވަނީ އަދީބު "ކިޑްނެޕް" ކޮށްފައި ކަމަށެވެ.

އަދީބު ޖަލަށް ގެންދަން އުޅެނީ އޭނާގެ އޮޕަރޭޝަނެއް ކުރަން ޑޮކްޓަރު ލަފާ ދެއްވާފައި ވަނިކޮށް ކަމަށް އެމްޓީޑީ އާއި އަދީބުގެ އާއިލާ އިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ސޭކް އިމްރާން އަކީ ދީން ވިއްކާލާފައިވާ ޝޭޙެއް.

 2. ޢަބުދުލް ވާހިދު

  ޢިސްމާއިލް އާސިފު ކަމުގައި ވިޔަސް ޤައްދާރުންނައި ބައިވެރިވާނަމަ ހަމަވާނީ ޤައްދާރަކަށް

 3. ވަގަށްނެގި ފައިސާ ދޭން ގޮވިނަމަ މީހުން ބަލައިގަތީސް

 4. އައި،ޖީ،އެމް،އެޗް ގަތަ ބޭއްވީ ސިޔާސީ ބައްދަލުވުންވެސް

 5. އާސިފު އިސްތިއުފާ

 6. އެއީ އެމްޓީޑީން ދީފަ ހުރި މަޤާމެއްތަ؟ ވަގުލާރި ޕާޓީއަކަށް ނޭނގޭނެ އިސްތިއުފާ ދޭންވީމަ..

 7. އެއީ ދިން އިރުވެސް ބާތިލް މަގާމެއް

 8. މިރާއްޖޭގަ އުފެދުނުނު އެންމެ ބޮޑު ވަގު އަދި އެންމެ އަނިޔާވެރި އެކަކު ސަލާމަތްކުރަން ތެޅިފޮޅޭނީވެސް ހަމަ އެފަދަ މީހުން !

 9. ދެންކޮބާހޭ ރައީތުންއަތުންކާލި ރުފިޔާ ގަނޑު އޭނަކަމެތްނޮކޮށްހުއްޓަތަ ހައްޔަރުކޮށްގެންއެއުޅެނީ ރައަިތުންގެ ހައްގުގަ އޭ ކިޔާފަ ޕާޓޭމެންތަކެތްލާގެން ފާޑެއްގެޕާޓީއެތްހެދިޔަކަސް ކަމަކުނުދާނޭ ތީ އަދީބުސަލާމަތްކުރަންހެދި ޕާޓީ އެތް ރައީތުން ހައްގުގަ ހަދައިގެންއުޅޭ ޕާޓީއެތްނޫން

 10. ރައީތުންނަށް ގައްދާރުވިޕާޓީ ބަލަ އޭނަކާލި ރުފިޔާއިން ރާއްޖެތެރޭގެ ކިތައްރަށުގަ ބަނދަރާ ނަރުދަމާ ޖަނަނޭޓަރުބެހެއްޓޭނެ ލާރިގަނޑު ހޯދަނީ ބަލަ އޭމަގޭގެވެސްލާރި

 11. ސީދާ ވަގެއް ތި އިމްރާނު ތީ 2.5މ ގެ ފުލެޓު ހޯދިގޮތެއް ރައްޔޮތުންނަށް ކިޔައިދީ ލޯނެއް ނެތް ވަޒީފާއެއް ނެތް ދެން ކޮންތާކުން ނެރުނު ލާރިތޯ ޖަވާބު ދެއްވާ ރައްޔޮތުންނަށް